Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ދައުރު ދަންމާލައިގެން ކުރަން ޖެހޭ "މުހިއްމު މަސައްކަތަކީ" ނާޒިމް ވަކިކުރުން

20 މެއި 2026 | ބުދަ 06:03

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި ގިނަ ޖަލްސާތަކެއް ކެންސަލްކޮށް، މުހިއްމު ބިލްތަކުގެ މަސައްކަތްތައް އަވަސްއަރުވާލައިގެން ނިންމަމުންދާކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ. މުހިއްމު މަސައްކަތްތަކެއް ހުރިކަމަށް ބުނެ ދައުރު ދަންމާލުމަށްފަހު ވެސް ޖަލްސާތައް ނުބާއްވައި އޮތީ، މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ ސިޔާސީ އެޖެންޑާ ކުރިއަށްގެންދިއުމަށް ކަމަށް ބެލެވޭ. އެންމެ ކަމެއްގެ ބޭނުމުގައި މިގޮތަށް ކޮމިޓީ މަރުހަލާގެ އިދާރީ ކަންކަން ބާރަށް ކުރިއަށްދާއިރު ވެސް، މުޅި މަޖިލީހުގެ ސާފު އަޣުލަބިއްޔަތުން ރައްޔިތުންނަށްޓަކައި ކުރަންޖެހޭ އަސާސީ ގާނޫނީ މަސައްކަތްތައް އޮތީ މުޅިން ހުއްޓިފަ. ދައުރު ދަންމާލުމަށް ފަހު "މުހިއްމު މަސައްކަތް" ކުރަން ޖަލްސާއެއް ބޭއްވިފައި ނުވުމަކީ، މަޖިލީހުގެ މުޅި ނިޒާމު ހަމައެކަނި ވަކި ފަރާތެއް މަގާމުން ދުރުކުރުމުގެ ސިޔާސީ އެޖެންޑާއަކަށް ހުސްވެފައިވާ ކަމުގެ ސާފު ހެއްކެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 މެއި 2026 | ބުދަ 06:03
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް | ރާއްޖެއެމްވީ

20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ހުރިހާ ގޮތަކުން ވެސް ތަފާތު މަޖިލީހެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީގެ "މެގަ" މެޖޯރިޓީ އޮތް މި މަޖިލީހަކީ ރައީސް މުއިއްޒަށް ސަނާ ކިޔުއްވަން މެންބަރުންތަކެއް އައްޔަނު ކުރައްވައިގެން އުޅޭ މަޖިލީހެއްތޯ ހިތަށްއަރާ ފަހަރު ވެސް މަދެއް ނޫނެވެ. ސަރުކާރުން ބިލެއް ހުށަހަޅައިފި ނަމަ އޮންނަނީ ރައީސަށް ފަށްފަށުން ޝުކުރު ދެންނެވުމެވެ. އެއީ ބިލަށް އެ ބޭފުޅުން ކުރައްވާ ބަހުސެވެ. 2 ގަޑިއިރުން ބަހުސް ނިންމަވާލައްވަން ފަރިތަ މި މަޖިލީހުން ކޮމިޓީ މަރުހަލާގައި ކުރާ މަސައްކަތް އަދި މާ ޚާއްސަ އެވެ. 

މުހިއްމު، ބޮޑެތި ގާނޫނުތަކަށް އިސްލާހު ގެނައުމުން ފެށިގެން ގޮސް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ވެސް ކޮމިޓީގައި އެ ހޭދަކޮށްލަނީ 5 ވަރަކަށް މިނެޓެވެ. ހައިރާންވަނީ މާ ބޮޑު ކަމެއް ކުރަން ނޯންނަ، ބައެއްް ބިލުތައް އިސްލާހު ކުރަން މަސް ދުވަހަށް ވުރެ ގިނަ ދުވަސް ނަގާތީ އެވެ. 

މި އަހަރުގެ ފުރަތަމަ ދައުރަށް ބަލާއިރު ވެސް ބާއްވާފައި ވަނީ އެންމެ 19 ޖަލްސާ އެވެ. 2 މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު މި އަހަރަށް މަޖިލިސް ހުޅުވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އެވެ. ޖަލްސާތައް ނުބާއްވާ ޖަލްސާތައް ކެންސަލް ކުރަމުން ދިއަ ސަބަބު ވެސް ހާމަކުރާކަހަލަ ޚިޔާލެއް ނެތެވެ. މި އަހަރުގެ ފުރަތަމަ ދައުރުގައި މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހާ 11 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް ފަހުން ދެން ބޭއްވީ އެ މަހުގެ 17 ވަނަ ދުވަހުގަ އެވެ. ދެން ޖަލްސާއެއް ބޭއްވީ ގާތްގަނޑަކަށް ތިން ހަފުތާގެ މެދުކެނޑުމަކަށްފަހު މާރިޗު 8 ގަ އެވެ. 

އަނެއްކާ ވެސް އެއްކަލަ ޖަލްސާތައް މެދުކެނޑުނެވެ. 2026 ވަނަ އަހަރުގެ ޖަލްސާތައް ވާއެއް ނުވާއެއް ނޭނގި ކެންސަލް ކުރަމުންގޮސް ޖަލްސާއެއް ނުބާއްވާތާ 35 ދުވަހަށް ފަހު މަޖިލީހުގެ ޖަލްސާތައް ދެން ފެށީ އޭޕްރީލް 13 ވަނަ ދުވަހުގަ އެވެ. ފޫހިވީމާ ކުޅޭ ކުޅިވަރެއް ގޮތަށް ބާއްވަމުން އައި ޖަލްސާތައް ބާއްވަން ޖެހޭ ގަވާއިދެއް ވެސް އޮވެ އެވެ. ނަމަވެސް އެ ގަވާއިދު ވީ ތަނެއް އެނގޭ މީހަކު ޕީއެންސީގައި ހުރިހެނެއް ހިޔެއް ނުވެ އެވެ. 

މިހާރު ކޮށްގެން މިއުޅެނީ އަދި މާ ހެއްވާ ކަމެކެވެ. 2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މެއި މަހުގެ 15 ވަނަ ދުވަހަށް ހަމަވާއިރު ގަވާއިދުގައިވާ ގޮތުގެ މަތިން ދައުރު ނިންމާ ޖަލްސާ ބާއްވަނީ އެ ދައުރުގެ ތެރޭގައި އޮންނަ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހުގަ އެވެ. އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ބޭއްވި ނަމަވެސް ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، "މުހިންމު މަސައްކަތްތަކެއް" ހުރި ކަމަށް ވިދާޅުވެ ދައުރު ދަންމާލުމަށް ހުށަހަޅުއްވައިފަ އެވެ.

ބުރާސްފަތި ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން އަބްދުއްރަހީމް ވަނީ ހޯމަ ދުވަހު ޖަލްސާ އޮންނާނެކަން އިއުލާނު ކުރައްވާފަ އެވެ. ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާ ކެންސަލް ކޮށްފައިވާއިރު ޖަލްސާ ކެންސަލް ކޮށްފައިވާ ސަބަބު ހާމަ ކޮށްފައެއް ނުވެ އެވެ. ރައްޔިތުންގެ ބޮޑެތި މަސްލަހަތުތަކާ ގުޅުންހުރި މުހިންމު ބިލްތަކާއި މަސައްކަތްތައް ނިންމުމުގެ ބަހަނާގައި ދައުރު ދަންމާލި ފަހުން، ތާވަލުކުރެވުނު ޖަލްސާތަކެއް ނުބާއްވަ އެވެ. ހޯމަ ދުވަސް ގޮސް، އަންގާރަ ދުވަސް ފާއިތުވެ، ބުދަ ދުވަސް ދިޔަ އިރު ވެސް ޖަލްސާއެއްގެ ހިލަމެއް ނެތެވެ. ކެންސަލް ކުރީ ކަމެއް، ބާއްވަން ބޭނުން ނުވަނީ ކަމެއް ވެސް ނޭނގެ އެވެ. އެންމެ ކުޑަ މިނުން އިދިކޮޅު މެންބަރުންނަށް ވެސް ވާނުވާ ނާންގަނީ އެވެ.

މިއަދު އެބުނާ "މުހިއްމު މަސައްކަތް" މިއީ ކޮން އެއްޗެއްކަން ކޮންމެވެސް ވަރަކަށް ފަހުމް ވެއްޖެ އެވެ. އިދިކޮޅު މެންބަރުން ތުހުމަތު ކުރައްވާ ގޮތަށް ދައުރު ދަންމާލީ މަސައްކަތެއް ކުރަން ކަމަށް ނުވެދާނެ އެވެ. ނަމަވެސް މިއީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ ވީ އެންމެ އަވަހަކަށް ނިންމާލުމަށް ކޮށްގެން އުޅޭ ކަމަކަށް ވެދާނެ އެވެ. 

ތަޅުން ފަޅުކޮށް ބޭއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް އެޖެންޑާ ކޮށްފި އެވެ. ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. މަޖިލީހުގެ އާންމު ކޮމިޓީން މިހާރު ދަނީ ނައިބު ރައީސް އަހުމަދު ނާޒިމް ވަކިކުރުމުގެ ގަރާރުގެ ބަހުސް ކުރިއަށް ގެންދާނެ ގޮތުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. މީގެ ތެރޭގައި ބަހުސްގައި ވާހަކަދައްކާނެ މެންބަރުންގެ އަދަދާއި، ކޮންމެ މެންބަރަކަށް ލިބޭނެ ވަގުތުގެ އިތުރުން، ނައިބު ރައީސްއަށްާ އަމިއްލަ ދިފާއުގައި ވާހަކަދެއްކުމަށް އެރުވޭނެ ފުރުސަތުތައް ކަނޑައެޅުމަށް މި ވަނީ ނިންމާފަ އެވެ.

އެންމެ ކަމެއްގެ ބޭނުމުގައި މިގޮތަށް ކޮމިޓީ މަރުހަލާގެ އިދާރީ ކަންކަން ބާރަށް ކުރިއަށްދާއިރު ވެސް، މުޅި މަޖިލީހުގެ ސާފު އަޣުލަބިއްޔަތުން ރައްޔިތުންނަށްޓަކައި ކުރަންޖެހޭ އަސާސީ ގާނޫނީ މަސައްކަތްތައް އޮތީ މުޅިން ހުއްޓިފަ އެވެ. ދައުރު ދަންމާލުމަށް ފަހު "މުހިއްމު މަސައްކަތް" ކުރަން ޖަލްސާއެއް ބޭއްވިފައި ނުވުމަކީ، މަޖިލީހުގެ މުޅި ނިޒާމު ހަމައެކަނި ވަކި ފަރާތެއް މަގާމުން ދުރުކުރުމުގެ ސިޔާސީ އެޖެންޑާއަކަށް ހުސްވެފައިވާ ކަމުގެ ސާފު ހެއްކެކެވެ. މި އަހަރުގެ ފުރަތަމަ ދައުރުން އެކަނިވެސް ހާމަވީ ހަމަ އެންމެ ކަމެކެވެ. 20 ވަނަ މަޖިލީހަ އެންމެ ބޭފުޅަކު ޖައްސަވާ ބެރަކަށް ނަށަން ހޭވައްލާ ތައްޔާރަށް ތިބި މެންބަރުންތަކެއް ތިއްބެވި ތަނެއްކަމެވެ. އިދިކޮޅު މެންބަރުން ފިޔަވަ އެވެ. 

ޑރ. މުހައްމަދު މުއިއްޒުޕީއެންސީ20 ވަނަ ރައްޔިތުންގެ މަޖިލީސްއަހްމަދު ނާޒިމްއަބްދުއްރަހީމް އަބްދުﷲރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

ރާއްޖެ އޮތީ ސައުދީއާއެކު ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގައި ކުރިއެރުން ހިއްސާކުރަން ތައްޔާރަށް: ރައީސް މުއިއްޒު

24 ސެޕްޓެމްބަރު 2026
ރާއްޖެ އޮތީ ސައުދީއާއެކު ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގައި ކުރިއެރުން ހިއްސާކުރަން ތައްޔާރަށް: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2026

ރާއްޖެއާއި ސައޫދީއިން ގުޅިގެން މަޝްރޫއުތަކަށް އިންވެސްޓުކުރުމުން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަދަހިވާނެ: ރައީސް މުއިއްޒު

23 ސެޕްޓެމްބަރު 2026
ރާއްޖެއާއި ސައޫދީއިން ގުޅިގެން މަޝްރޫއުތަކަށް އިންވެސްޓުކުރުމުން ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ބަދަހިވާނެ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2026

ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!

23 ސެޕްޓެމްބަރު 2026
ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!
23 ސެޕްޓެމްބަރު 2026

އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ގޮވާލާއިރު، "ގަޓަރ ޕްރެސް" މަތިން ހަނދުމަފުޅު ނެތްތޯ؟

23 ސެޕްޓެމްބަރު 2026
އިހުތިރާމް ކެމްޕޭނުގައި ބައިވެރިވާން މީޑިއާތަކަށް ގޮވާލާއިރު، "ގަޓަރ ޕްރެސް" މަތިން ހަނދުމަފުޅު ނެތްތޯ؟
22 ސެޕްޓެމްބަރު 2026

ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟

22 ސެޕްޓެމްބަރު 2026
ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟
21 ސެޕްޓެމްބަރު 2026

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

21 ސެޕްޓެމްބަރު 2026
އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!
21 ސެޕްޓެމްބަރު 2026

20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު

21 ސެޕްޓެމްބަރު 2026
20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު
21 ސެޕްޓެމްބަރު 2026

ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟

21 ސެޕްޓެމްބަރު 2026
ހުޅުމާލޭގެ ތަރައްގީއަކީ ސިޔާސީ ވެރިން މޮޑޭ ފުށްގަނޑެއްތަ؟
21 ސެޕްޓެމްބަރު 2026

ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ

21 ސެޕްޓެމްބަރު 2026
ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ
21 ސެޕްޓެމްބަރު 2026

އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ

21 ސެޕްޓެމްބަރު 2026
އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް