Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް އޮފީހުގައި ހިނގާ ކަންކަން

ރައީސް އޮފީހުގައި ހިނގާ ކަންކަން ރިޕޯޓްކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި އެކީގައި ތިބޭނަން: ރައީސް ސޯލިހު

ރައީސް އޮފީހުގައި ހިނގާ ކަންކަން ރައްޔިތުންނަށް ހާމަކުރާ ނޫސްވެރިންނާއެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި. މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ކެރޭ ބޭފުޅުން އިންތިޚާބު ކުރަންޖެހޭ ކަމަށާއި، މިހާރު އޮތް ސަރުކާރަކީ ވަގުތުން ބަދަލުކުރަންޖެހިފައިވާ ސަރުކާރެއް ކަމަށް އެމަނިކުފާނު ވިދާޅުވި. މީގެއިތުރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ސޯލިހު ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 19 މެއި 2026 | އަންގާރަ 14:34
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. | ރާއްޖެ އެމްވީ

ރައީސް އޮފީހުގައި ހިނގާ ހުރިހާކަމެއް ހާމަވާންޖެހޭ ކަމަށާއި އެކަން ރިޕޯޓްކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި އެކީގައި ތިއްބާވެނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި-އިލެކްޝަންގައި ވާދަކުރައްވާ ސޯބެގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް އޮފީހުގައި ހިނގާ ހުރިހާކަމެއް ސާފުކޮށް ރައްޔިތުންނާ ހިސާބަށް ހާމަވާންޖެހޭނެ ކަމަށެވެ. އެތަނުގައި ހުންނަ ސޯފާއެއް ކަމަށްވިޔަސް، ދިގު ގޮނޑިއެއް ކަމަށްވިޔަސް، ވަށްމޭޒެއް ކަމަށްވިޔަސް އެ ވާހަކަތައް ހާމަވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރަށް ދެ އަހަރު ބައި ވިއިރުގައި ރައްޔިތުން މިހާރު މި ސަރުކާރާ ދޭތެރޭގައި ގޮތް ނިންމައިފި ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައާއި ރިފްރޭންޑަމްގައި ސާފުކޮށް ރައްޔިތުން ބުނީ މި ސަރުކާރު މިހާރު ތިމަންނަމެން ބޭނުމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއީ ބަދަލުކުރަންޖެހިފައި، ވަގުތުން ވަގުތަށް ބަދަލުކުރަންޖެހިފައި އޮތް ސަރުކާރެއް ކަމަށާއި އިތުރަށް ފުރުސަތު ދިންވަރަކަށް މި ޤައުމު ދާނީ ހަލާކުގެ ތެރެއިން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ޤައުމުގެ ޙާލަތު މިހާރު ގޮސްފައި އޮތް ހިސާބަކީ ރައީސް އޮފީހުގައި ހިނގާ އެއްވެސް ކަމެއްގެ ޚަބަރެއް ނުލިޔެވޭ ކަމަށެވެ. ރައީސް އޮފީސް ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އެއްވެސް ކަމެއްގެ ޚަބަރެއް ރައްޔިތުންނާ ހިސާބަށް ގެނައުން އެއީ ކުށަކަށްވާނެ ކަމަށެވެ. އެހެންނަމަވެސް، އެއީ އެކަން ހިނގަންޖެހޭނެ ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޤައުމުގެ ޙާލަތު މި ދެންނެވިހެން މިހާރު ގޮސްފައި އޮތް ހިސާބަކީ ރައީސް އޮފީހުގައި ހިނގާ އެއްވެސް ކަމެއްގެ ޚަބަރެއް ނުލިޔެވޭ. ރައީސް އޮފީސް ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އެއްވެސް ކަމެއްގެ ޚަބަރެއް ރައްޔިތުންނާ ހިސާބަށް ގެނައުން އެއީ ކުށަކަށްވާނީ. އެހެންނަމަވެސް، އެއީ އެކަން ހިނގަންޖެހޭނެ ގޮތެއް ނޫން. އެތާ ހިނގާ ހުރިހާ ކަމެއް، ސާފުކޮށް، ކުރާ ހުރިހާ ކަމެއް، ނިންމާ ހުރިހާ ނިމުމެއް ރައްޔިތުންނާ ހިސާބަށް ހާމަވާން ޖެހޭނެ. އެކަން މިއަދު ނޫސްވެރިން ކުރަމުންގެންދިޔައީ. އެއީ އެތާ ހުންނަ ސޯފާއެއް ކަމަށް ވިޔަސް، ދިގު ގޮނޑިއެއް ކަމަށް ވިޔަސް، ވަށްމޭޒެއް ކަމަށް ވިޔަސް، އެ ވާހަކަތައް ހާމަވާންޖެހޭނެ. އަޅުގަނޑުމެން އުޅެފައި އައިތަނެންހެން. އަޅުގަނޑުމެން އުޅެފައި އައިތަނެން އެއީ. އެ ވާހަކަތަކެއް އަޑެއް ނީވޭ. އެތާ ހިނގިއްޔާ ހިނގި ހުރިހާ ކަމެއް ގައިމުވެސް ހާމަވެފައި އޮންނާނެ. އެހެންވީމާ، މި ވާހަކަތައް ހާމަކުރުމަށް އެއްވެސް ހުރަހެއް އޮވެގެނެއް ނުވާނެ. ރައީސް އޮފީހުގައި ހިނގާ ހުރިހާ ކަމެއް ބަރާބަރަށް ހާމަކުރެވެން ޖެހޭނެ. އަޅުގަނޑުމެން މި ތިބީ އެ ނޫސްވެރިންނާއެކުގައި. އެކަން ހާމަކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ކޮންމެ ކަމަކަށް، ކޮންމެ ކަމަކަށް އަޅުގަނޑުމެން އެ ބޭފުޅުންނާ އެކީގައި ތިބޭނެކަމުގެ ޔަޤީންކަން އަރުވަން.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރު މިހާލަތަށް އައިއިރުގައި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި، ހަމަމަގަށް އެޅުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހޭ ތަނަކީ، ކުރެވޭނެ ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެތާ ތިއްބަވަންޖެހޭނެ ކެރިގެން ޖަވާބުދާރީ ކުރެވޭ ވަރުގެ ބޭފުޅުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސޯބެ ރައްޔިތުންގެ މަޖިލީހުގައި ފަޚުރުވެރިވާވަރުގެ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި ހިތަދޫ އުތުރު ދާއިރާގެ ހުރިހާ ބޭފުޅުން ނުކުމެވަޑައިގެން ސޯބެޔަށް ވޯޓުދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ. ލާމަރުކަޒީ ނިޒާމަށް މިހާރު ކުރިމަތިވެފައި އޮތް ހުރަސްތައް، ދަތިތައް ނައްތާލައި، އަލުން ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް މަޖިލީހުގެ ތެރެއިން ކޮށްދޭނެ ކަމަށް ސޯބެ ވިދާޅުވެފައިވާ ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

އަސާސީ ޙައްޤުތަކަށް އަރައިގެންފައި އޮތް އޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މިހާރު އޮތް ގޮންޖެހުން ނައްތާލުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ސޯބެ ވިދާޅުވެފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އިބްރާހިމް މުހައްމަދު ސޯލިހުރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

19 މެއި 2026
ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން ބުނި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާކަމަށް!

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން ބުނި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާކަމަށް!

19 މެއި 2026
 މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ފައްޓަވައިފިން، އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން: ކުރީގެ ރައީސް ނަޝީދު

މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ފައްޓަވައިފިން، އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން: ކުރީގެ ރައީސް ނަޝީދު

19 މެއި 2026
މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ

މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ

18 މެއި 2026
މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

18 މެއި 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު