Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސުންގެ ގުޅިފައިވާ ބަޔާން

3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

ރައީސް މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް އަމަލުކޮށް، ދައުލަތުގެ ބާރުތަކުގެ މިނިވަންކަން ގެއްލުވާލައި، ގައުމު ޚުދުމުޚުތާރު މިސްރާބަކަށް ގެންދާ ކަމަށް އެމްޑީޕީގެ ގަރާރުގައި ވަނީ ބުނެފައި. މީގެ އިތުރުން އިގްތިސާދު ހީނަރުވެ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅި، ޑިމޮކްރަސީގެ ހަމަތައް ގެއްލެމުންދާ ކަމަށް ބަޔާންކޮށްފައިވޭ. އެހެންކަމުން ގައުމު ހަމަމަގަށް އެޅުވުމަށް ތިން ރައީސުން ފައްޓަވާފައިވާ މަސައްކަތުގައި ބައިވެރިވެ، އެ ބޭފުޅުންގެ ގުޅިފައިވާ ބަޔާން ތަންފީޒުކުރުމަށް އެމްޑީޕީން ވަނީ އިގުރާރުވެފައި.

މަޚްތޫމް
މަޚްތޫމް | 19 މެއި 2026 | އަންގާރަ 13:07
ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ނަޝީދު އާއި، ރައީސް ސޯލިޙް އަދި ރައީސް ޔާމީން.

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ނަޝީދު އާއި، ރައީސް ސޯލިޙް އަދި ރައީސް ޔާމީން. | ސަން އޮންލައިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތައް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ. 

ތިން ރައީސުންގެ ގުޅިފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަން ހިމެނޭ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްއެވެ. އަދި އެ ގަރާރަށް ތާއިދުކުރެއްވީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމެވެ. މި ގަރާރު ފާސްކޮށްފައިވަނީ ގަރާރަށް ބަހުސްކުރުމަށްފަހު އެ ވަގުތު ޖަލްސާއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ. 

Advertisement - newsAdvertisement

ގަރާރުގައި ބުނެފައިވަނީ  ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފާޅުގައި އަރައިގަނެ، ޤަނޫނޫ އަސާސީންނާއި ޤާނޫނުތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަން ގެއްލިފައިވުމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. 

އަދި ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވައި، ގާނޫނު ހަދާ މަޖިލީހުގެ ބާރު ކަނޑުވާލުމަށްފަހު، ފަނޑިޔާރުގެ އާއި ދައުލަތުގެ މުއްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލައި، ދައުލަތުގެ ބާރުތަކުގެ މައްޗަށް އޮތް ފާރަވެރިވުމުގެ ނިޒާމު ހަލާކުކޮށް، ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކޮއްލައި، ހެޔޮވެރިކަމުގެ ނިޒާމު ހީނަރުކޮށް، ޚުދުމުޚުތާރު ވެރިކަމަކަށް ރާއްޖޭގެ މިސްރާބު ބަދަލުކޮށްފައިވަނީ ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގި ކަމެއްގެ ގޮތުގައި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ދިވެހިރާއްޖޭގެ އިގްތިސާދު ހީނަރުވެ، އަމިއްލަ ވިޔަފާރިތަކާއި، އިގްތިސާދީ މަސައްކަތްތައް ދަށަށް ގޮސް، ތަކެތީގެ އަގު އެތައް ގުނައަކުން އުފުލި، ދިވެހިރާއްޖޭގެ އާންމު ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށަށް ގޮސް، ރައްޔިތުންނަށް އެތަކެއް ތަކުލީފުތައް އުފުލާން ޖެހި، ސަރުކާރުގެ ތެރޭގައި އިންތިހާ އަށް އިސްރާފް އިތުރުވެ، ރާއްޖޭގެ ރަށްރަށުގައި ތަރައްގީއަށް ފެށިފައި ހުރި މަސައްކަތްތައް ހުއްޓި، ދަރަނީގެ މިންވަރު ބޮޑުވެ، ދަރަނި އަދާކުރާނެ ރަނގަޅު އުސޫލެއް ނެތި ރާއްޖޭގެ ކުރިމަގު ބޮޑު ބަނަކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ. 

އަދި އަދުގެ ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ނޫސް އިދާރާ އެއް ރެއިޑްކޮށް، ނޫސްވެރިންނާއި، ސުލްހަވެރި އިހްތިޖާޖުގެ ބައިވެރިން ޖަލަށްލައި، އެއްވެ އުޅުމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ގެއްލުވާލައި، ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއް ވަންދެން މަސައްކަތް ކޮށްގެން ދިވެހިން ހޯދި ޑިމޮކްރަސީގެ ހަމަތައް ފޮހެވިގެންގޮސް، ސަރުކާރާ މެދު ރައްޔިތުންގެ ހިތުގައި އޮންނަން ޖެހޭ އިތުބާރު ގެއްލިގެންދާ ހިސާބަށް ގައުމުގެ ހާލަތު ގޮސްފައިވުމާއެކު، ގައުމު ހަމަ މަގަށް އެޅުވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ، ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އަބްދުﷲ ޔާމީން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްނަންގަވައިގެން ފައްޓަވާފައިވާ މަސައްކަތުގައި މި ޕާޓީން ބައިވެރިވުމަކީ ދިވެހި ގައުމާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތް ކަމަށް ގަބޫލު ކުރެވޭތީ، އެ ތިންބޭފުޅުން އެއްބަސްވެވަޑައިގެން، 15 މެއި 2026 ގައި ނެރުއްވި ގުޅިފައިވާ ބަޔާން ބަލައިގަނެ އެ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާޓީގެ ގައުމީ މަޖިލީހުން އިގުރާރުވާ ކަމަށެވެ. 

އިބްރާހިމް މުހައްމަދު ސޯލިހުމުހައްމަދު ނަޝީދުއަބްދުﷲ ޔާމީންއެމްޑީޕީއެމްޑީޕީ ގައުމީ މަޖިލިސް

އިތުރަށް ކިޔާލަން

19 މެއި 2026

ހުރިހާ ރައްޔިތުން މިތިބީ ބޮޑު ޖަލެއްގެ ތެރޭގައި ގޮތް ހުސްވެފައި: ޣަފޫރު

19 މެއި 2026
ހުރިހާ ރައްޔިތުން މިތިބީ ބޮޑު ޖަލެއްގެ ތެރޭގައި ގޮތް ހުސްވެފައި: ޣަފޫރު
19 މެއި 2026

އަޅުގަނޑާއި ރައީސް ނަޝީދު މި ތިބީ ސޯބެ އަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ތައްޔާރަށް: ރައީސް ސޯލިހު

19 މެއި 2026
އަޅުގަނޑާއި ރައީސް ނަޝީދު މި ތިބީ ސޯބެ އަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ތައްޔާރަށް: ރައީސް ސޯލިހު
18 މެއި 2026

މީކާއިލްގެ "އިތުބާރު" ކެމްޕޭން ކާށިދޫ އަދި ގާފަރުގައި

18 މެއި 2026
މީކާއިލްގެ "އިތުބާރު" ކެމްޕޭން ކާށިދޫ އަދި ގާފަރުގައި
18 މެއި 2026

މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ

18 މެއި 2026
މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ
18 މެއި 2026

އައްޑޫ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސޯބެ: ޖަލުގެ ތޭރިތަކުން ވެސް އިސްލާހީ މަސައްކަތުގައި ދެއްކެވީ ސާބިތުކަން!

18 މެއި 2026
އައްޑޫ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސޯބެ: ޖަލުގެ ތޭރިތަކުން ވެސް އިސްލާހީ މަސައްކަތުގައި ދެއްކެވީ ސާބިތުކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު