Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރްޓީއައި ޤާނޫނު

ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!

މައުލޫމާތު ހާމަކުރުމުގައި ސަރުކާރުގެ އިދާރާތަކުން އިހުމާލުވަމުންދާކަން އިންފޮމޭޝަން ކޮމިޝަނަރު ހާމަކުރެއްވި ތަފާސްހިސާބުތަކުން އެނގެއެވެ. ގިނަ އިދާރާތަކުން މައުލޫމާތު ދިނުމަށް އުޒުރުވެރިވެ، ގާނޫނާ ޚިލާފަށް މުއްދަތު އިތުރުކުރަމުންދާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މައުލޫމާތު ހޯދަން އާރްޓީއައި ހުށަހަޅަން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އިދާރާތަކުން މައުލޫމާތު ހާމަކުރާ މިންވަރު ހުރީ ވަރަށް ދަށްކޮށެވެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މެއި 2026 | ބުދަ 08:29
ރައީސް މުއިއްޒުގެ ކެބިނެޓް

ރައީސް މުއިއްޒުގެ ކެބިނެޓް | ރައީސް އޮފީސް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ  ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަން ލާޒިމުކުރާ މައުލޫމާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވަނީ އެންމެ 38 އިންސައްތަ މައުލޫމާތުކަން ހާމަވެއްޖެއެވެ.

އެކަން ހާމަވެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އެކްސްގައި ހިއްސާކުރެއްވި ތަފާސްހިސާބުތަކުންނެވެ. އާހިދު ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، އެވްރެޖްކޮށް ސަރުކާރުގެ އިދާރާތަކުން މި ޤާނޫނުގައި ބުނާ މިންގަނޑަށް މައުލޫމާތު ހާމަކޮށްފައިވަނީ އެންމެ 34 އިންސައްތަ އިދާރާއިންނެވެ.

Advertisement - newsAdvertisement

ވަކިވަކި މިނިސްޓްރީތަކަށް ބަލާއިރުވެސް މި އަދަދު އިންތިހާއަށް ދަށްކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބައެއް މިނިސްޓްރީތައް 15 އިންސައްތައަށްވުރެވެސް ދަށެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވަނީ އެންމެ 38 އިންސައްތަ މައުލޫމާތުކަން އާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

އެކިއެކި އިދާރާތަކަށް ހުށަހަޅާ އާރްޓީއައިއަކަށް ޖަވާބު ނުދީ ބެހެއްޓުމަށްފަހު، ވަރަށް ގިނަ އިދާރާތަކުން ވަގުތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅަމުންދާކަމަށްވެސް ދާދި ފަހުން އާހިދު ވަނީ ވިދާޅުވެފައެވެ. އެގޮތުން އާހިދު ވިދާޅުވީ، ވަރަށް ގިނަ އިދާރާތަކުން މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅަމުންދާ ކަމަށާއި، އެކަން ކުރަމުންދަނީވެސް ޤާނޫނުގައި ބުނާ ގޮތަކަށް ނޫން ކަމަށެވެ. އާހިދު ވިދާޅުވި ގޮތުގައި މުއްދަތު އިތުރު ކުރުމަށްފަހު ދެން ލިބޭ ޖަވާބަކީ އެ މައުލޫމާތަކީ ދެވެން ނެތް މައުލޫމާތެއްކަމަށެވެ. އަދި އެއީ ޤާނޫނުގައި އޮތް މުއްދަތުގެ ތެރޭގައިވެސް ބުނެވެން އޮތް އެއްޗެއްކަން އާހިދު ފާހަގަ ކުރެއްވިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހަޅާ އާރްޓީއައިތަކަށް ޖަވާބުދިނުމުގައި މި ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ އާންމުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމަށް ދެކޮޅުހަދަމުންދާކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޤާނޫނުގައި ބުނާ މިންގަނޑުން މައުލޫމާތު ހާމަކުރުމުގައި ބޮޑެތި ލަސްތަކެއް އުޅެއެވެ.

އެހެންނަމަވެސް މި ސަރުކާރުގެ މައުލޫމާތުތައް ނުލިބިގެން، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) ފޯމު ހުށަހަޅަން ޖެހޭ ހިސާބަށް ނުދާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

 

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އާހިދު ރަޝީދުމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫއިންފޮމޭޝަން ކޮމިޝަނަރުޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

20 މެއި 2026

ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!

20 މެއި 2026
ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!
20 މެއި 2026

މަހުދީ މަރާގުޅޭ ޢާއްމުންގެ ސުވާލުތަކެއް. ސިފައިންގެ ވެރިޔާ ސިޔާސީ ވާހަކަތަކެއް

20 މެއި 2026
މަހުދީ މަރާގުޅޭ ޢާއްމުންގެ ސުވާލުތަކެއް. ސިފައިންގެ ވެރިޔާ ސިޔާސީ ވާހަކަތަކެއް
20 މެއި 2026

ދައުރު ދަންމާލައިގެން ކުރަން ޖެހޭ "މުހިއްމު މަސައްކަތަކީ" ނާޒިމް ވަކިކުރުން

20 މެއި 2026
ދައުރު ދަންމާލައިގެން ކުރަން ޖެހޭ "މުހިއްމު މަސައްކަތަކީ" ނާޒިމް ވަކިކުރުން
19 މެއި 2026

އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު

19 މެއި 2026
އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު
19 މެއި 2026

ރައީސް އޮފީހުގައި ހިނގާ ކަންކަން ރިޕޯޓްކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި އެކީގައި ތިބޭނަން: ރައީސް ސޯލިހު

19 މެއި 2026
ރައީސް އޮފީހުގައި ހިނގާ ކަންކަން ރިޕޯޓްކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި އެކީގައި ތިބޭނަން: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު