Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު

މިހާރު އޮތް ސަރުކާރުން ލާމަރުކަޒީ ނިޒާމު ރޫޅާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި، ވީހާވެސް އަވަހަކަށް ވެރިކަން ބަދަލުކުރުމަކީ އެމްޑީޕީގެ މައިގަނޑު މަސްއޫލިއްޔަތު ކަމަށް ރައީސް ނަޝީދު ވިދާޅުވި. އިންސާފާއި ތަނަވަސްކަމަށްޓަކައި ތިނަދޫ ރައްޔިތުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އެމްޑީޕީ އަލުން ވެރިކަމަށް ގެނައުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 19 މެއި 2026 | އަންގާރަ 18:30
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންގާރަ ދުވަހުގެ ރޭވި ބޮޑުބަދަލު ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ 19.05.2026

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންގާރަ ދުވަހުގެ ރޭވި ބޮޑުބަދަލު ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ 19.05.2026 | ރާއްޖެ އެމްވީ

މިހާރު ކުރަން ޖެހޭ ކަންކަމާއި، އަދާކުރަން ޖެހޭ މަސްއީލިއްޔަތު ވަރަށް ސާފު ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ވެރިކަން ބަދަލުކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ތިނަދޫ އާއި މާލޭގައި އެއް ފަހަރާ ކުރިއަށް ގެންދިޔަ ބޮޑު ބަދަލު ކެންޕޭން ޖަލްސާގައި ވާހަކަދައްކަވަމުން، ވީހާވެސް އަވަހަކަށް މި ވެރިކަމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެކަން އެމްޑީޕީ އިން އިރާދަކުރެއްވިއްޔާ ހާސިލް ކުރާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވެރިކަމަށް އައުމުގެ ކުރިންނާއި އޭގެ ފަހުން ޕާޓީގެ މަސައްކަތްތަކުގައި ތިނަދޫ އިން އަދާކުރި އިސް ދައުރު ފާހަގަކުރައްވާފަ އެވެ. 

އެގޮތުން، އެމްޑީޕީގެ ވަރަށް ގިނަ މަސައްކަތްތައް ރާއްޖޭގައި އިސްނަގައިގެން ކުރަމުން ދިޔައީ ތިނަދޫގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ތިނަދޫގެ ރައްޔިތުންނަކީ އިންސާފާއި ތަނަވަސްކަމަށްޓަކައި ބަދަލަށް ބޭނުން ވެގެން ވަރަށް ބޮޑަށް މަސައްކަތް ކުރި ބައެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިހާރު އޮތް ސަރުކާރުން ލާމަރުކަޒީ ނިޒާމާއި ޚިލާފަށް ކުރި ކަންކަމުގެ އަސަރުތަކާއި އެންމެ ބޮޑަށް ކުރިމަތިލާން ޖެހުނު އެއް ތަނަކީ ތިނަދޫކަން އެ މަނިކުފާނު ފާހަގަކުރައްވި އެވެ. ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމް ރޫޅާލާ އެ ނިޒާމުގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ކުރި މަންޒަރު ވަރަށް ސާފުކޮށް ފެނިގެން ދިޔަ ކަމަށެވެ.

"އެ ނިޒާމުގެ މައްޗަށް ގަދަވެ، ލާމަރުކަޒީ ނިޒާމް ރޫޅާން ސަރުކާރުން ދިމާކުރީ. އެތަން ވަރަށް ސާފުކޮށް ފެނުނު." ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ އަލުން އަނބުރާ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނުގެ ވާހަކައިގައި ވިދާޅުވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުކުރީގެ ރައީސް މުހައްމަދު ނަޝީދުތިނަދޫއެމްޑީޕީލާމަރުކަޒީ ނިޒާމު

އިތުރަށް ކިޔާލަން

19 މެއި 2026

ސަރުކާރު ވައްޓާލަން ނުކުތުމަށްވުރެ ޕާޓީގެ އިންތިޒާމުތަކާއި އެތެރޭގެ ހަމަޖެހުން ގާއިމްކޮށް 2028 އަށް ތައްޔާރުވާންޖެހޭ: މީކާއިލް

19 މެއި 2026
ސަރުކާރު ވައްޓާލަން ނުކުތުމަށްވުރެ ޕާޓީގެ އިންތިޒާމުތަކާއި އެތެރޭގެ ހަމަޖެހުން ގާއިމްކޮށް 2028 އަށް ތައްޔާރުވާންޖެހޭ: މީކާއިލް
19 މެއި 2026

3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

19 މެއި 2026
3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި
19 މެއި 2026

ހުރިހާ ރައްޔިތުން މިތިބީ ބޮޑު ޖަލެއްގެ ތެރޭގައި ގޮތް ހުސްވެފައި: ޣަފޫރު

19 މެއި 2026
ހުރިހާ ރައްޔިތުން މިތިބީ ބޮޑު ޖަލެއްގެ ތެރޭގައި ގޮތް ހުސްވެފައި: ޣަފޫރު
19 މެއި 2026

މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ފައްޓަވައިފިން، އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން: ކުރީގެ ރައީސް ނަޝީދު

19 މެއި 2026
 މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ފައްޓަވައިފިން، އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން: ކުރީގެ ރައީސް ނަޝީދު
19 މެއި 2026

އަޅުގަނޑާއި ރައީސް ނަޝީދު މި ތިބީ ސޯބެ އަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ތައްޔާރަށް: ރައީސް ސޯލިހު

19 މެއި 2026
އަޅުގަނޑާއި ރައީސް ނަޝީދު މި ތިބީ ސޯބެ އަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ތައްޔާރަށް: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު