Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބީއެމްއެލް ބަޣާވަތް

ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!

ބީއެމްއެލްގެ ނިންމުމަކާ ގުޅިގެން މާލީ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ކުރެވުނު ތުހުމަތުތަކުގައި ޖިނާއީ މައްސަލައެއް ނެތް ކަމަށް ފުލުހުން ނިންމައިފި. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ދިން ޖަވާބެއްގައި ފުލުހުން ބުނީ، އެ މައްސަލައިގައި ތަހުގީގެއް ހިންގަންޖެހޭ ފަދަ ހާލަތެއް ނެތުމުން މިހާރު އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް. މި މައްސަލައަކީ ރުފިޔާ ކާޑުން ޑޮލަރު ދޫކުރުން ބޭންކުން ހުއްޓާލުމާ ގުޅިގެން، ސަރުކާރުން ބަޣާވާތެއްގެ ގޮތުގައި ސިފަކޮށް ތަހުގީގު ފެށި މައްސަލައެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 07:12
ބީއެމްއެލް އިން އޭޓީއެމް ނެޓްވޯކް ފާފު އަތޮޅުގައި ގާއިމް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ބީއެމްއެލް އިން އޭޓީއެމް ނެޓްވޯކް ފާފު އަތޮޅުގައި ގާއިމް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ބަޣާވާތްކުރިކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތުން ފެށި ތަހުގީގުގައި ޖިނާއީ މައްސަލައެއް ފެންނަން ނެތުމުން އެ މައްސަލަ ފައިލްކޮށްފިއެވެ.

ފުލުހުން އެކަން ހާމަކޮށްފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'މަހޯލި' ޕޯޓަލް މެދުވެރިކޮށް އާންމު ފަރާތަކުން ހުށަހެޅި ސުވާލަކަށް ފޮނުވި ޖަވާބުގައެވެ.

Advertisement - newsAdvertisement

ފުލުހުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ، އެ ޚިދުމަތުގެ ރިކޯޑްތަކުން ދައްކާގޮތުން، 2024 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ ނިންމުމަކާ ގުޅިގެން އުފެދުނު ކަންތައްތަކާ އެކު ކުރެވުނު ތުހުމަތުތައް ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ފަދަ ޙާލަތެއް ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ފައިލްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދިވެހިންގެ ޤައުމީ ބޭންކް، ބީއެމްއެލްއަށް ބަޣާވާތުގެ ތުހުމަތު ކުރެއްވީ ރައީސް ޑރ މުޙައްމަދު މުއިއްޒެވެ. އެގޮތުން ރުފިޔާ ކާޑުން ޑޮލަރު ނުލިބޭ ގޮތް ބީއެމްއެލްއިން ހެދުމާ ގުޅިގެން އެއީ ސީދާ ބަޣާވާތެއް ހިންގަން އުޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު  ވަނީ ވިދާޅުވެފައެވެ.

ރައީސް އޭރު ވިދާޅުވީ، އެއީ އެމްޑީޕީން އަޑީގައި އޮވެގެން ބީއެމްއެލް މެދުވެރިކޮށް ކުރުވި ކަމެއް ކަމަށާއި، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވިސްނާލުމުން މިއީ ބަޣާވާތެއްކަން އެނގޭނެ ކަމަށެވެ.

އޭރު ފުލުހުންވެސް އޮތީ ބަޣާވާތުގެ ތުހުމަތުގެ ތަހުގީގު ފަށާފައެވެ. ނަމަވެސް މިހާރު އެ މައްސަލަ މިވަނީ ފައިލްކޮށްފައެވެ. އަދި އޭރު އެ ފެންމަތިވި ތުހުމަތުތަކާއެކު ބީއެމްއެލްގެ ހިންގުމަށްވެސް މި ސަރުކާރުން ބޭނުންވާ ބަދަލުތައް ވަނީ ގެނެސްފައެވެ.

މީގެ އިތުރުން، އޭރު ރައީސް ބަޣާވާތެއްކަމަށް ވިދާޅުވި ކަންކަން ދިފާއުކޮށް މިއަދު ސަރުކާރުން ގެންދަނީ ބޭންކުން ރުފިޔާ ކާޑުން ޑޮލަރު ދޫކުރުން ލިމިޓު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ދިފާއުކޮށް ވާހަކަ ދައްކަމުންނެވެ. 

ރާއްޖޭގެ ބޭންކުތައްދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުޑރ. މުޙައްމަދު މުޢިއްޒުމަހޯލިއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަހުދީ މަރާގުޅޭ ޢާއްމުންގެ ސުވާލުތަކެއް. ސިފައިންގެ ވެރިޔާ ސިޔާސީ ވާހަކަތަކެއް

މަހުދީ މަރާގުޅޭ ޢާއްމުންގެ ސުވާލުތަކެއް. ސިފައިންގެ ވެރިޔާ ސިޔާސީ ވާހަކަތަކެއް

20 މެއި 2026
ދައުރު ދަންމާލައިގެން ކުރަން ޖެހޭ "މުހިއްމު މަސައްކަތަކީ" ނާޒިމް ވަކިކުރުން

ދައުރު ދަންމާލައިގެން ކުރަން ޖެހޭ "މުހިއްމު މަސައްކަތަކީ" ނާޒިމް ވަކިކުރުން

20 މެއި 2026
އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު

އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު

19 މެއި 2026
ސަރުކާރު ވައްޓާލަން ނުކުތުމަށްވުރެ ޕާޓީގެ އިންތިޒާމުތަކާއި އެތެރޭގެ ހަމަޖެހުން ގާއިމްކޮށް 2028 އަށް ތައްޔާރުވާންޖެހޭ: މީކާއިލް

ސަރުކާރު ވައްޓާލަން ނުކުތުމަށްވުރެ ޕާޓީގެ އިންތިޒާމުތަކާއި އެތެރޭގެ ހަމަޖެހުން ގާއިމްކޮށް 2028 އަށް ތައްޔާރުވާންޖެހޭ: މީކާއިލް

19 މެއި 2026
3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

19 މެއި 2026

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު