Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީރާން ހަނގުރާމަ

ހަނގުރާމައިގައި ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން ރައީސް އަށް އެނގިވަޑައި ނުގަންނަވާ

ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަކަށް އެދުނު ކަމަށާއި، އެކަން ރިޖެކްޓު ކޮށްފައިވާ ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވި ނަމަވެސް، އެ ޤައުމެއްގެ ނަމާއި އެކަމުގެ މައުލޫމާތު އެމަނިކުފާނާ ހަމައަށް އައިސްފައި ނުވާ ކަމަށް ރައީސް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 07:00
2026 މާޗު 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ

2026 މާޗު 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ | ރައީސް އޮފީސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ތެރޭގައި، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން އެނގި ވަޑައި ނު ގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެސް ވިދާޅުވެ، އެ ޤައުމުގެ ނަން ހާމަކުރެއްވުމަށް ދެކޮޅު ހައްދަވައިފި އެވެ.

މާޗު މަހުގެ 12 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް ވަނީ، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ކަމަށް ހާމަ ކުރައްވައިފަ އެވެ. ނަމަވެސް، ރާއްޖެ އިން އެ ހުއްދަ ދީފައި ނުވާ ކަމަށާއި، އެއްވެސް ޤައުމަކަށް އެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އެ ދުވަހު ޚަލީލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އޭގެ ފަހުން އާދީއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެއީ ކޮން ޤައުމެއްތޯ ސުވާލު ކުރުމުން، ޚަލީލް ވަނީ އެ ޤައުމު ހާމަ ކުރެއްވުމަށް އިންކާރު ކުރައްވައިފަ އެވެ. އޭގެ ބަދަލުގައި ޚަލީލް ވިދާޅުވީ، ޤައުމުތަކާ އެކު ކުރެވޭ އެކަހަލަ މުއާމަލާތް ތަކަކީ އެ ޤައުމު ތަކުގެ އިޒުނައާ އެކު ނޫނީ ހާމަކުރާ މައުލޫމާތު ތަކެއް ނޫން ކަމަށެވެ.

ހަނގުރާމައިގެ ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ކަމަށް ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވެއްޖެ
Raajje.mv

ހަނގުރާމައިގެ ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ކަމަށް ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވެއްޖެ

ހޯމަ ދުވަހު ރައީސް މުޢިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީ އިން ވަނީ، ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމު ހާމަ ކޮށްދިނުމަށް ސުވާލު ކޮށްފަ އެވެ. އެގޮތުން އެމެރިކާ އާއި އިޒްރޭލް އިން ހަނގުރާމަ ކުރަމުން އަންނައިރު، އިޒްރޭލް އަކީ ރާއްޖެ އިން އެއްވެސް ގުޅުމެއް ބާއްވާ ޤައުމަކަށް ނުވާއިރު، ދެން އޮތީ އެމެރިކާ ކަމަށާއި، އެ ހުއްދަ އަށް އެދުނީ އެމެރިކާ އިންތޯ ސުވާލު ކޮށްފައިވެ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނީ ކޮން ޤައުމެއްކަން އެނގި ވަޑައި ނުގަންނަވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަކަށް އެދުނު ކަމަށާއި، އެކަން ރިޖެކްޓު ކޮށްފައިވާ ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވި ނަމަވެސް، އެ ޤައުމެއްގެ ނަމާއި އެކަމުގެ މައުލޫމާތު އެމަނިކުފާނާ ހަމައަށް އައިސްފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި، ރާއްޖެ އިން ވަނީ އެމެރިކާ އާއި އިޒްރޭލްގެ ހަމަލާތައް ކުށްވެރި ކުރުމަށް ވެސް ފަސް ޖެހިފަ އެވެ. އެގޮތުން މާޗު މަހުގެ ދެ ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ރާއްޖެ އޮންނާނީ އަރަބި އަދި އިސްލާމީ ޤައުމުތަކާ އެކު އެއް ބްލޮކެއްގައި ކަމަށެވެ. 

ރައީސް އެހެން ވިދާޅުވެފައިވާއިރު، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި އަރަބި އަދި އިސްލާމީ ޤައުމު ތަކުން ވަނީ އީރާން ކުށްވެރި ކޮށްފަ އެވެ. އެމެރިކާ އާއި އިޒްރޭލް އިން ދިން ހަމަލާތައް ކުށްވެރި ކުރުމުގެ ބަދަލުގައި، އެ ޤައުމު ތަކުން ކުށްވެރި ކޮށްފައި ވަނީ ރައްދުގައި އީރާން އިން ދެމުން އަންނަ ހަމަލާ ތަކެވެ. އަދި އެ ޤައުމު ތަކުން ވަނީ އީރާންއާ ދެކޮޅަށް އިންޒާރު ވެސް ދީފަ އެވެ.

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ދިވެހިރާއްޖެރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

22 މާރިޗު 2026
ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

22 މާރިޗު 2026
ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

22 މާރިޗު 2026
ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ

ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ

22 މާރިޗު 2026
ހުއްދައާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ، ބަންދު ކުރީ ދުޝްމަނުންނަށް އެކަނި: އީރާން

ހުއްދައާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ، ބަންދު ކުރީ ދުޝްމަނުންނަށް އެކަނި: އީރާން

22 މާރިޗު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު