Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހުއްދައާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ، ބަންދު ކުރީ ދުޝްމަނުންނަށް އެކަނި: އީރާން

ކަނޑު ދަތުރު ފަތުރުގެ ރައްކާތެރިކަން އިތުރު ކުރުމަށާއި، ކަނޑު ފަޅުގައި މަސައްކަތް ކުރާ މީހުންގެ ހިމާޔަތުގައި އައިއެމްއޯ އާއި އެހެނިހެން ޤައުމުތަކާ އެކު ގުޅިގެން މަސައްކަތް ކުރުމަށް އީރާން އޮތީ ތައްޔާރަށް ކަމަށް ވެސް މޫސަވީ ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 މާރިޗު 2026 | އާދީއްތަ 07:48
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އަށް އީރާން އިން ކަނޑަ އަޅާފައިވާ ހުންނަވާ މަންދޫބު އަލީ މޫސަވީ

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އަށް އީރާން އިން ކަނޑަ އަޅާފައިވާ ހުންނަވާ މަންދޫބު އަލީ މޫސަވީ | ރޮއިޓާސް

އީރާންގެ ހުއްދައާ އެކު ބޭރުގެ އުޅަނދު ފަހަރަށް ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ ކަމަށް، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އަށް އީރާން އިން ކަނޑަ އަޅާފައި ހުންނަވާ މަންދޫބު އަލީ މޫސަވީ ވިދާޅުވެއްޖެ އެވެ.

މޫސަވީ މިހެން ވިދާޅުވީ ސަލާމަތީ އަދި ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން އީރާން ސަރުކާރާ އެކު ވިލަރެސްކޮށްގެން ބޭރުގެ އުޅަނދު ފަހަރަށް އެ ސަރަހައްދުން ދަތުރު ކުރުމުގެ ފުރުސަތު އަދި ވެސް އޮތްކަން ހާމަ ކުރައްވަމުންނެވެ. 

އިނގިރޭސިވިލާތަށް އީރާން އިން ކަނޑަ އަޅާފަފައި ހުންނަވާ ސަފީރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ މޫސަވީ، އީރާންގެ މެހެރު ނިއުސް އެޖެންސީ އަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން އުފުލަން ޖެހޭ ޒިންމާތަކާ އެކު، އީރާންގެ ސަރަހައްދީ ނަޒާހަތްތެރިކަމަށާއި، އެ ޤައުމުގެ ޙައްގު ތަކަށް ވެސް އިޙުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

ކަނޑު ދަތުރު ފަތުރުގެ ރައްކާތެރިކަން އިތުރު ކުރުމަށާއި، ކަނޑު ފަޅުގައި މަސައްކަތް ކުރާ މީހުންގެ ހިމާޔަތުގައި އައިއެމްއޯ އާއި އެހެނިހެން ޤައުމުތަކާ އެކު ގުޅިގެން މަސައްކަތް ކުރުމަށް އީރާން އޮތީ ތައްޔާރަށް ކަމަށް ވެސް މޫސަވީ ވަނީ ވިދާޅުވެފަ އެވެ.

މޫސަވީ އިތުރަށް ވިދާޅުވި ގޮތުގައި ހޮރްމޫޒް ކަނޑު އޮޅި ބަންދު ކުރެވިފައި ވަނީ ހަމައެކަނި އީރާންގެ ދުޝްމަނުންނަށެވެ. އަދި ގަލްފު ސަރަހައްދާއި، ހޮރްމޫޒް ކަނޑު އޮޅީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ އަސްލަކީ އެމެރިކާ އާއި އިޒްރޭލް އިން ކުރަމުން އަންނަ ހަނގުރާމަ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. 

ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާ ކުރާ ހޮރްމޫޒް ކަނޑު އޮޅީގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން އީރާން އިން މި މޭރުމުން ވާހަކަ ދައްކާފައި މި ވަނީ، އެ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ވަގުތެއްގަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިއިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން

އިތުރަށް ކިޔާލަން

22 މާރިޗު 2026

ސައުދީގެ ވަލީ އަހުދު މުޙައްމަދާއި، މިޞްރުގެ ރައީސް އައް ސީސީ އީރާންއާ ދެކޮޅަށް އިންޒާރެއް ދެއްވައިފި

22 މާރިޗު 2026
ސައުދީގެ ވަލީ އަހުދު މުޙައްމަދާއި، މިޞްރުގެ ރައީސް އައް ސީސީ އީރާންއާ ދެކޮޅަށް އިންޒާރެއް ދެއްވައިފި
22 މާރިޗު 2026

އީރާން އިން ސައުދީ އަށް ދިން ހަމަލާތައް ފަލަސްޠީނުން ކުށްވެރި ކޮށްފި

22 މާރިޗު 2026
އީރާން އިން ސައުދީ އަށް ދިން ހަމަލާތައް ފަލަސްޠީނުން ކުށްވެރި ކޮށްފި
22 މާރިޗު 2026

ހަނގުރާމަ ހުއްޓާ ނުލައި، ދުޝްމަނުން ފުނޑު ފުނޑު ކޮށްލަން ޖެހޭ: އިޒްރޭލްގެ ސެކިއުރިޓީ މިނިސްޓަރު

22 މާރިޗު 2026
ހަނގުރާމަ ހުއްޓާ ނުލައި، ދުޝްމަނުން ފުނޑު ފުނޑު ކޮށްލަން ޖެހޭ: އިޒްރޭލްގެ ސެކިއުރިޓީ މިނިސްޓަރު
22 މާރިޗު 2026

ހަނގުރާމަ ރާއްޖެ އާ ގާތައް، އެމެރިކާގެ ބޮން އަޅާ ބޯޓުފަހަރު ސްޓޭޝަން ކޮށްފައިވާ ޑިއޭގޯ ގާސިއާ އީރާނަށް ހަމަލާ ދިނުމަށް ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ ހަނގުރާމައިގައި ބައިވެރިވުން ކަމަށް އެ ގައުމުން ބުނެފި

22 މާރިޗު 2026
ހަނގުރާމަ ރާއްޖެ އާ ގާތައް، އެމެރިކާގެ ބޮން އަޅާ ބޯޓުފަހަރު ސްޓޭޝަން ކޮށްފައިވާ ޑިއޭގޯ ގާސިއާ އީރާނަށް ހަމަލާ ދިނުމަށް ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ ހަނގުރާމައިގައި ބައިވެރިވުން ކަމަށް އެ ގައުމުން ބުނެފި
22 މާރިޗު 2026

އީރާނުގެ ކަރަންޓު ނެޓްވޯކަށް ހަމަލާއެއް ދީފިނަމަ، ސަރަހައްދުގައި ހުރި ހަކަތައާއި ފެނުގެ ވަސީލަތްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި

22 މާރިޗު 2026
އީރާނުގެ ކަރަންޓު ނެޓްވޯކަށް ހަމަލާއެއް ދީފިނަމަ، ސަރަހައްދުގައި ހުރި ހަކަތައާއި ފެނުގެ ވަސީލަތްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު