Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހަނގުރާމަ ހުއްޓާ ނުލައި، ދުޝްމަނުން ފުނޑު ފުނޑު ކޮށްލަން ޖެހޭ: އިޒްރޭލްގެ ސެކިއުރިޓީ މިނިސްޓަރު

އިޒްރޭލް އޮތީ ހަނގުރާމައެއްގެ ތެރޭގައިކަން ހަނދާން ކުރަން ޖެހޭ ކަމަށާއި، އެ ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި ހުއްޓުމެއް ނެތް ހަމަލާ ތަކެއްދީ، ދުޝްމަނުން ފުނޑު ފުނޑު ކޮށްލަން ޖެހޭ ކަމަށް ވެސް ބެން ގްވީރު ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 03:24
އިޒްރޭލްގެ ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރު

އިޒްރޭލްގެ ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރު | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ ހުއްޓާ ނުލައި، އީރާން ފުނޑު ފުނޑު ކޮށްލަން ޖެހޭ ކަމަށް އިޒްރޭލްގެ ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރު ވިދާޅުވެއްޖެ އެވެ. 

އީރާން އިން އިޒްރޭލްގެ އަރާދު ސަރަހައްދަށް އަމާޒުކޮށް ހަމަލާ ތަކެއް ދީފައިވާއިރު، ބެން ގްވީރު ވަނީ އެ ސަރަހައްދަށް ޒިޔާރާތް ކޮށްފަ އެވެ. އެ ސަރަހައްދުގެ ޙާލަތު ބައްލަވައިލެއްވުމަށް ކުރެއްވި ޒިޔާރަތަށް ފަހު ބެން ގްވީރު ވިދާޅުވީ، އޭނާ އެ ސަރަހައްދަށް ވަޑައިގެންނެވީ އެ ސަރަހައްދުގެ ރައްޔިތުންނަށް ހިތްވަރުދީ، އިޒްރޭލްގެ ސަރުކާރުން އޮތީ އެމީހުންނާ އެކުކަން ހާމަ ކުރުމަށް ކަމަށެވެ. 

އިޒްރޭލްގެ ރައްޔިތުންނަކީ ވަރަށް ވަރުގަދަ އަދި އެހާމެ އަޒުމު ވަރުގަދަ ބައެއް ކަމަށް ވެސް ބެން ގްވީރު ވަނީ ވިދާޅުވެފަ އެވެ. އަދި އިޒްރޭލްގެ ރައްޔިތުން ތިބީ ވަރަށް ސާބިތުކަމާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ބެން ގްވީރު ވިދާޅުވީ އިޒްރޭލްގެ ދުޝްމަނުން މަސައްކަތް ކުރަނީ އެ ޤައުމަށް ގެއްލުން ދިނުމަށް ކަމަށެވެ. ނަމަވެސް، އިޒްރޭލް އޮތީ ހަނގުރާމައެއްގެ ތެރޭގައިކަން ހަނދާން ކުރަން ޖެހޭ ކަމަށާއި، އެ ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި ހުއްޓުމެއް ނެތް ހަމަލާ ތަކެއްދީ، ދުޝްމަނުން ފުނޑު ފުނޑު ކޮށްލަން ޖެހޭ ކަމަށް ވެސް ބެން ގްވީރު ވިދާޅުވި އެވެ. 

އިޒްރޭލްގެ ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން އީރާން އިން ވެސް ގެންދަނީ ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. އެ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ހަރުކަށި ފިކުރުގެ މިނިސްޓަރުން ގެންދަވަނީ ވަރަށް ވަރުގަދަ އިންޒާރުތައް ދެއްވަމުންނެވެ. އެގޮތުން ބެން ގްވީރުގެ މި ވާހަކަ ތަކަކީ ވެސް ހަނގުރާމަ އިތުރަށް ފުޅާކޮށް، އަސްކަރީ ގޮތުން ވަރުގަދަ ފިޔަވަޅު ތަކެއް އެޅުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން ދެއްކެވި ވާހަކައެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ފާހަގަ ކުރެ އެވެ. 

އިޒްރޭލްގެ ސަލާމަތީ ކަންކަމާ ބެހޭ މިނިސްޓަރު މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ، މެދު އިރުމަތީގެ މަސްރަހު ވަނީ ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގައި އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިޓަމާރ ބެން-ގްވިރް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމަ ރާއްޖެ އާ ގާތައް، އެމެރިކާގެ ބޮން އަޅާ ބޯޓުފަހަރު ސްޓޭޝަން ކޮށްފައިވާ ޑިއޭގޯ ގާސިއާ އީރާނަށް ހަމަލާ ދިނުމަށް ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ ހަނގުރާމައިގައި ބައިވެރިވުން ކަމަށް އެ ގައުމުން ބުނެފި

22 މާރިޗު 2026
އީރާނުގެ ކަރަންޓު ނެޓްވޯކަށް ހަމަލާއެއް ދީފިނަމަ، ސަރަހައްދުގައި ހުރި ހަކަތައާއި ފެނުގެ ވަސީލަތްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި

އީރާނުގެ ކަރަންޓު ނެޓްވޯކަށް ހަމަލާއެއް ދީފިނަމަ، ސަރަހައްދުގައި ހުރި ހަކަތައާއި ފެނުގެ ވަސީލަތްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި

22 މާރިޗު 2026
އީރާނުގެ ހަނގުރާމައާ ގުޅޭގޮތުން ފުށު އަރާ އެތައް ވާހަކަ އެއް ޓްރަމްޕް ދައްކަވައިފި

އީރާނުގެ ހަނގުރާމައާ ގުޅޭގޮތުން ފުށު އަރާ އެތައް ވާހަކަ އެއް ޓްރަމްޕް ދައްކަވައިފި

22 މާރިޗު 2026
އީރާނުގެ ބަސީޖް ފޯސްގެ ޑެޕިއުޓީ ކޮމާންޑަރު އަވަހާރަ ކޮށްލައިފި

އީރާނުގެ ބަސީޖް ފޯސްގެ ޑެޕިއުޓީ ކޮމާންޑަރު އަވަހާރަ ކޮށްލައިފި

21 މާރިޗު 2026
އީރާންގެ ވަފާތެރި އެކުވެރިއެއްގެ ގޮތުގައި އޮންނާނެ ކަމުގެ ޔަޤީންކަން ޕުޓިން ދެއްވައިފި

އީރާންގެ ވަފާތެރި އެކުވެރިއެއްގެ ގޮތުގައި އޮންނާނެ ކަމުގެ ޔަޤީންކަން ޕުޓިން ދެއްވައިފި

21 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު