Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގިރާވަރުފަޅު

‏ގިރާވަރުފަޅުގެ ބިން އެއްކޮށް ހިއްކާ ގޯތި ދޫކުރާނެ އައު ތާރީހެއް އަނެއްކާ ވެސް ރައީސް މުއިއްޒު ދެއްވައިފި

ރައީސް މުއިއްޒު ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރިލް މަހަށް ނިންމައި، ޖޫން މަހު ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށް. އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 97.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މީގެ ކުރިންވެސް މި މަސައްކަތް ނިންމުމަށް އެކި ފަހަރިމަތިން ތާރީޚުތައް ސަރުކާރުން ދީފައިވޭ. މި ފަޅުން ޖުމްލަ 4،072 ގޯތި ދޫކުރުމަށް ނިންމާފައިވީ ނަމަވެސް، މަޝްރޫއު ލަސްވާތީ ގޯތި ލިބުނު ފަރާތްތަކުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 މާރިޗު 2026 | ހޮނިހިރު 10:28
ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް

‏ގިރާވަރުފަޅުގެ ބިން އެއްކޮށް ހިއްކައި ގޯތި ދޫކުރާނެ އައު ތާރީހެއް އަނެއްކާ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ހޮނިހިރު ދުވަހު އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރިއަށްދާ ކަމަށެވެ. 

Advertisement - newsAdvertisement

މިމަޝްރޫއުގެ މަސައްކަތް އޭޕްރިލް މަހު އެއްކޮށް ނިމޭނެކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ސަރވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ 30 ޖެނުވަރީ 2026 ގަ އެވެ. ކުރީގެ ރައީސް އިބްހިރާމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މިމަޝްރޫއު ކުރިއަށް ނު ގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އޮތީ ދޫކޮށްލާފަ އެވެ. މިމައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ގިރާވަރުފަޅުން ގޯތި ލިބުނު މީހުން މީގެ ކުރިން މުޒާހަރާ ކޮށްފައިވެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ބިންވެރިޔާގެ ސްކީމުން ގޯތި ލިބުނު މީހުންނަށް ގޯތި ދޫ ކުރުމަށް އިސްކަން ނުދޭ ކަމަށާއި، އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ރަސްމާލެ ތަރައްގީ ކުރުމަށް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. 

މީގެ އިތުރުން އެތައް ފަހަރެއްގެ މަތީން ގިރާވަރުފަޅު ގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ގޯތި ލިބިފައިވާ މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށްގު ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ގިރާވަރުފަޅު ބިން ހިއްކުމުގެ މަޝްރޫއު އޭޕްރީލް މަހު ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ އެތައް ތާރީހުތަކެއް ދެއްވާފަ އެވެ. 

އެގޮތުން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު މައްޗަންގޯޅި ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ޖެނުއަރީ މަހުގެ ކުރީކޮޅު ގިރާވަރު ފަޅުގެ ހިއްކުމުގެ އަމަލީ މަސައްކަތް ފަށައި މާރިޗު މަހުގެ ނިޔަލަށް މި މަޝްރޫއު ވެސް އެއްކޮށް ނިންމާނެ ކަމަށެވެ. 

ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އެމްއޭސީއެލުން ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ.

ގިރާވަރުފަޅުން ޖުމުލަ 4 ސައިޒެއްގެ 4،072 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

އެއީ، 1250 އަކަފޫޓުގެ 2605 ގޯތި، 1650 އަކަފޫޓުގެ 1213 ގޯތި، 2050 އަކަފޫޓުގެ 253 ގޯތި އަދި 2450 އަކަފޫޓުގެ 1 ގޯއްޗެވެ. 

ގިރާވަރުފަޅުބިންވެރިޔާރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ އަސާސީ ހައްގުތައް ގުޅިފައި އޮތީ އިންތިޚާބުތަކާ، އެ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ދީގެން ނުވާނެ: މެންބަރު މައުރޫފް

ރައްޔިތުންގެ އަސާސީ ހައްގުތައް ގުޅިފައި އޮތީ އިންތިޚާބުތަކާ، އެ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ދީގެން ނުވާނެ: މެންބަރު މައުރޫފް

19 މާރިޗު 2026
ޑިމޮކްރަސީގެ އެންމެ އަސާސީއެއް ސިފަ ކަމަށްވާ ''ރައްޔިތުންގެ ގާތަށް ދިއުމުގެ ސިފަ'' ނައްތާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އިހުސާން

ޑިމޮކްރަސީގެ އެންމެ އަސާސީއެއް ސިފަ ކަމަށްވާ ''ރައްޔިތުންގެ ގާތަށް ދިއުމުގެ ސިފަ'' ނައްތާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އިހުސާން

18 މާރިޗު 2026
ހަނގުރާމައާ ގުޅިގެން އެއްވެސް ހާސް ކަމެއް ނެތް، ތެލުގެ ދަތި ކަމެއް ވެސް ނެތް! އެކަމަކު ތެލުގެ އަގު އެންމެ ބޮޑު ކުރި ޤައުމު ތަކުގެ ހަތް ވަަނައިގައި ރާއްޖެ!

ހަނގުރާމައާ ގުޅިގެން އެއްވެސް ހާސް ކަމެއް ނެތް، ތެލުގެ ދަތި ކަމެއް ވެސް ނެތް! އެކަމަކު ތެލުގެ އަގު އެންމެ ބޮޑު ކުރި ޤައުމު ތަކުގެ ހަތް ވަަނައިގައި ރާއްޖެ!

17 މާރިޗު 2026
ގިނިކާ މާ ދޫންޏެއްގެ ބަނޑުދަށުގައި ތިބި ދޫނިތަކަށް ވޯޓު ދީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް: ޝާތިރު

ގިނިކާ މާ ދޫންޏެއްގެ ބަނޑުދަށުގައި ތިބި ދޫނިތަކަށް ވޯޓު ދީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް: ޝާތިރު

16 މާރިޗު 2026
ޝަރުއީ ދާއިރާއަށް އޮތް ނުފޫޒު ކުޑަ ކުރެވޭތޯ އެބަ ބަލަން: ރައީސް މުއިއްޒު

ޝަރުއީ ދާއިރާއަށް އޮތް ނުފޫޒު ކުޑަ ކުރެވޭތޯ އެބަ ބަލަން: ރައީސް މުއިއްޒު

15 މާރިޗު 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު