Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

އެކަމާ ގުޅޭ ގޮތުން ހައުސިންގ ސެކްރެޓަރީ ސްޓީވް ރީޑް ވިދާޅުވީ، ޓްރަމްޕް އަކީ އަމިއްލަފުޅަށް ވާހަކަ ދެއްކެވުމުގެ ޤާބިލުކަން ހުރި ބޭފުޅެއް ކަމަށް. އަދި ޓްރަމްޕް ދައްކަވާ ވާހަކަ ތަަކަށް އިނގިރޭސިވިލާތުގެ ސަރުކާރުން ޖަވާބުދާރީ ވާން ނުޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 10:26
އިނގިރޭސިވިލާތުގެ ހައުސިންގ ސެކްރެޓަރީ ސްޓީވް ރީޑް

އިނގިރޭސިވިލާތުގެ ހައުސިންގ ސެކްރެޓަރީ ސްޓީވް ރީޑް | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ އަމިއްލަފުޅަށް ވާހަކަ ދެއްކެވޭނެ ބޭފުޅެއް ކަމަށާއި، ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން އިނގިރޭސިވިލާތުން ޖަވާބުދާރީ ވާން ނުޖެހޭނެ ކަމަށް، އެ ޤައުމުގެ ހައުސިންގ ސެކްރެޓަރީ ސްޓީވް ރީޑް ވިދާޅުވެއްޖެ އެވެ.

މީޑިއާތަކާ ވާހަކަ ދައްކަވަމުން އިނގިރޭސިވިލާތުގެ ހައުސިންގ ސެކްރެޓަރީ މިހެން ވިދާޅުވީ، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އީރާން އިން ހޮރްމޫޒް ކަނޑު އޮޅި މުޅިން އެއްކޮށް ހުޅުވާ ނުލައިފި ނަމަ، އެ ޤައުމުގެ ކަރަންޓު އުފައްދާ މަރުކަޒު ތަކަށް ހަމަލާދީ، އެ ތަންތަން ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައި ވަނިކޮށެވެ. 

އެކަމާ ގުޅޭ ގޮތުން ހައުސިންގ ސެކްރެޓަރީ ސްޓީވް ރީޑް ވިދާޅުވީ، ޓްރަމްޕް އަކީ އަމިއްލަފުޅަށް ވާހަކަ ދެއްކެވުމުގެ ޤާބިލުކަން ހުރި ބޭފުޅެއް ކަމަށެވެ. އަދި ޓްރަމްޕް ދައްކަވާ ވާހަކަ ތަަކަށް އިނގިރޭސިވިލާތުގެ ސަރުކާރުން ޖަވާބުދާރީ ވާން ނުޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އިނގިރޭސި ސަރުކާރުގެ ސިޔާސަތު ހާމަ ކުރައްވަމުން ރީޑް ވިދާޅުވީ، އިނގިރޭސިވިލާތުން އެއްވެސް ހަނގުރާމައެއްގެ ތެރެއަށް ނުވަންނާނެ ކަމަށާއި، އެ ފުުރުސަތު ވެސް ނުދޭނެ ކަމަށެވެ. ނަމަވެސް، ޤައުމުގެ މަަސްލަޙަތު ހިމާޔަތް ކުރުމުގައި ދެމި އޮންނާނެ ކަމަށާއި، މެދު އިރުމަތީގެ މަސްރަޙު ފިނި ކުރުމަށްޓަކައި ބައިނަލްއަޤުވާމީ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

މީގެ އިތުރުން އިނގިރޭސިވިލާތުގެ އަމާޒަކީ ސަރަހައްދީ ހަމަޖެހުން ޤާއިމު ކުރުން ކަމަށާއި، ހަމަޖެހުންތައް އިތުރަށް ގޯސް ވިޔަ ނުދިނުމަށް ޓަކައި ޑިޕްލޮމެޓިކް އުސޫލުން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ރީޑް ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕްގެ އިންޒާރުތަކާ އެކު، މެދު އިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިޑު އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އިނގިރޭސިވިލާތުން މި ވަނީ އެ ޤައުމުން އިސްކަން ދޭނީ ސުލްޙަވެރިކަން އިސް ކުރުމަށް ކަމަށް ހާމަ ކޮށްފަ އެވެ. 

އީރާން އާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެފައި ވަނީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހޮރްމޫޒް ކަނޑު އޮޅި ބަންދު ކުރުމާ ގުޅިގެންނެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިއިނގިރޭސިވިލާތްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްސްޓީވް ރީޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

22 މާރިޗު 2026
ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ

ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ

22 މާރިޗު 2026
ޓްރަމްޕްގެ ޚާއްސަ ތަހުގީގު ކުރިއަށް ގެންދިޔަ މިއުލާ މަރުވެއްޖެ، ޓްރަމްޕް ވިދާޅުވީ އެކަމާ ވަރަށް އުފާވާ ކަމަށް

ޓްރަމްޕްގެ ޚާއްސަ ތަހުގީގު ކުރިއަށް ގެންދިޔަ މިއުލާ މަރުވެއްޖެ، ޓްރަމްޕް ވިދާޅުވީ އެކަމާ ވަރަށް އުފާވާ ކަމަށް

22 މާރިޗު 2026
ހުއްދައާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ، ބަންދު ކުރީ ދުޝްމަނުންނަށް އެކަނި: އީރާން

ހުއްދައާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ، ބަންދު ކުރީ ދުޝްމަނުންނަށް އެކަނި: އީރާން

22 މާރިޗު 2026
ސައުދީގެ ވަލީ އަހުދު މުޙައްމަދާއި، މިޞްރުގެ ރައީސް އައް ސީސީ އީރާންއާ ދެކޮޅަށް އިންޒާރެއް ދެއްވައިފި

ސައުދީގެ ވަލީ އަހުދު މުޙައްމަދާއި، މިޞްރުގެ ރައީސް އައް ސީސީ އީރާންއާ ދެކޮޅަށް އިންޒާރެއް ދެއްވައިފި

22 މާރިޗު 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު