Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީރާން ހަނގުރާމަ

ހަނގުރާމައިގެ ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ކަމަށް ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވެއްޖެ

ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވީ ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކޮށްގެން ހަމަލާ ދިނުމުގެ ހުއްދަ އަށް އެދި ރިކުއެސްޓުތައް އަންނަ ކަމަށް. ނަަމަވެސް، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އެއްވެސް ޤައުމަކަށް ދީފައި ނުވާ ކަމަށް ޚަލީލް ވިދާޅުވި. އެހެން ނަމަވެސް، ހުއްދަ އަށް އެދުނު ޤައުމު ތަކުގެ ނަމެއް ފޮރިން މިނިސްޓަރު ވިދާޅުވެފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2026 | ބުރާސްފަތި 11:46
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ ޅަލީލް

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ ޅަލީލް | ސޯޝަލް މީޑިއާ

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާއިރު، ހަނގުރާމައިގައި ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދިފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ ކޮމެޓީ އިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވީ، ރާއްޖޭގެ އަމާންކަމާއި އިޤްތިޞާދު ހިމާޔަތް ކުރުމަށް ކޮމެޓީ އިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ޤައުމަކަށް ހަމަލާ ދިނުމުގެ ބޭނުން ކުރެވިފައި ނުވާ ކަމަށް ޚަލީލް ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި ޚަލީލް ވިދާޅުވީ ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކޮށްގެން ހަމަލާ ދިނުމުގެ ހުއްދަ އަށް އެދި ރިކުއެސްޓުތައް އަންނަ ކަމަށެވެ. ނަަމަވެސް، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އެއްވެސް ޤައުމަކަށް ދީފައި ނުވާ ކަމަށް ޚަލީލް ވިދާޅުވި އެވެ. އެހެން ނަމަވެސް، ހުއްދަ އަށް އެދުނު ޤައުމު ތަކުގެ ނަމެއް ފޮރިން މިނިސްޓަރު ވިދާޅުވެފައި ނުވެ އެވެ. 

ރާއްޖޭގެ އަމަންކަމާއި އިޤްތިޞާދު ހިމާޔަތް ކުރުން އެންމެ ފުރަތަމަ ކަމަކަށް. އޭގެ ދަށުން ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ޤައުމަކަށް، ހަމަލާ ދިނުމުގައި ބޭނުން ކުރެވިފައިވާ ނުވާނެކަން އަޅުގަނޑު ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާ ކަން އަޅުގަނޑު ތިބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން. އެއްވެސް ޤައުމަކަށް އެކަމުގެ ހުއްދައެއް، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައެއް ނުދޭކަން ތިބޭފުޅުންނަށް ހަމަ ދަންނަވާލަން.
ފޮރިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް

އެމެރިކާ އާއި އިޒްރޭލް އިން އިސްވެ އީރާނަށް ހަމަލާ ދީފައި ވަނީ މިިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އޭގެ ފަހުން އީރާން އިން އަންނަނީ ރައްދުގައި ގިނަ ހަމަލާ ތަކެއް ދެމުންނެވެ. މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ލޮޅުން ތަކެއް އަރަމުން އަންނައިރު، ދުނިޔޭގެ ޤައުމު ތަކުން ފިޔަވަޅު އަޅަން ފަށާފައިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

މި ހަނގުރާމައިގައި ރާއްޖޭގެ ސްޓޭންޑަކީ އަރަބި ޤައުމުތަކާ އެކު "އެއް ބްލޮކެއްގައި" އޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ހަނގުރާމަ އަށް ދެ ހަފުތާ ވާން ކައިރިވެފައިވާއިރު، މިހާތަނަށް މި ކަމުގައި ފޮރިން މިނިސްޓަރު ޚަލީލް ހުންނެވީ އެއްވެސް އެއްޗެއް ވިދާޅު ނުވެ އެވެ. ނަމަވެސް، ދާދި ފަހުން ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ވަނީ ހަނގުރާމަ ކުށްވެރި ކޮށްފަ އެވެ. 

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-އެމެރިކާމެދުއިރުމަތީގެ ހަނގުރާމަފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް

އިތުރަށް ކިޔާލަން

12 މާރިޗު 2026

ހަކަތައިގެ ބާޒާރަށް ކުރިމަތި ވެފައިވާ ލޮޅުމާ ގުޅޭ ގޮތުން، އެމެރިކާ އާއި ރަޝިޔާ އިން މަޝްވަރާ ކޮށްފި

12 މާރިޗު 2026
ހަކަތައިގެ ބާޒާރަށް ކުރިމަތި ވެފައިވާ ލޮޅުމާ ގުޅޭ ގޮތުން، އެމެރިކާ އާއި ރަޝިޔާ އިން މަޝްވަރާ ކޮށްފި
12 މާރިޗު 2026

އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، ރޮމޭނިއާގައި ހުރި އެމެރިކާގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އެ ޤައުމުގެ ރައީސް ދެއްވައިފި

12 މާރިޗު 2026
އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، ރޮމޭނިއާގައި ހުރި އެމެރިކާގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އެ ޤައުމުގެ ރައީސް ދެއްވައިފި
12 މާރިޗު 2026

އެމެރިކާގެ ބިމަށް އީރާން އިން ހަމަލާ ދީފާނެ ކަމުގެ އިންޒާރެއް، ޓްރަމްޕް ވިދާޅުވީ ބިރު ނުގަންނަ ކަމަށް

12 މާރިޗު 2026
އެމެރިކާގެ ބިމަށް އީރާން އިން ހަމަލާ ދީފާނެ ކަމުގެ އިންޒާރެއް، ޓްރަމްޕް ވިދާޅުވީ ބިރު ނުގަންނަ ކަމަށް
12 މާރިޗު 2026

ހަނގުރާމަ ފެށުނު ފަހުން ބަހްރެއިން އިން މިހާތަނަށް 300 ޑްރޯން އާއި މިސައިލް ހުއްޓުވައިފި

12 މާރިޗު 2026
ހަނގުރާމަ ފެށުނު ފަހުން ބަހްރެއިން އިން މިހާތަނަށް 300 ޑްރޯން އާއި މިސައިލް ހުއްޓުވައިފި
12 މާރިޗު 2026

އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި

12 މާރިޗު 2026
އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު