Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން ސައުދީ އަށް ދިން ހަމަލާތައް ފަލަސްޠީނުން ކުށްވެރި ކޮށްފި

ސައުދީގެ ޕްރެސް އެޖެންސީ އިން ބުނެފައިވާ ގޮތުގައި، އެ ފޯނު ކޯލުގައި ފަލަސްޠީނުގެ އިންޓީރިއާ މިނިސްޓަރު ވަނީ އިސްލާމީ ޤައުމު ތަކަށާާއި ސަރަހައްދުގެ ގައުމުތަކަށް އީރާން އިން ދެމުން ގެންދާ ހަމަލާތަކާ ދެކޮޅު ކަމަށް ހާމަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 މާރިޗު 2026 | އާދީއްތަ 07:28
ފަލަސްތީނުގެ އިންޓީރިއާ މިނިސްޓަރު ޒިއާދު ހަބް އަލް ރީހް

ފަލަސްތީނުގެ އިންޓީރިއާ މިނިސްޓަރު ޒިއާދު ހަބް އަލް ރީހް | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ރައްދުގައި އީރާން އިން ސައުދީ އަރަބިއްޔާ އާއި މެދު އިރުމަތީގައި ހުރި އެމެރިކާގެ ބޭސް ތަކަށް އަމާޒުކޮށް ހަމަލާ ދެމުން އަންނައިރު، ސައުދީ އަރަބިއްޔާ އަށް ދީފައިވާ ހަމަލާތައް ކުށްވެރި ކުރާ ކަމަށް ފަލަސްޠީނުން ހާމަ ކޮށްފި އެވެ. 

މިކަން ހާމަ ކޮށްފައި ވަނީ ފަލަސްޠީނުގެ އިންޓީރިއާ މިނިސްޓަރު ޒިޔާދު ހަބް އައްރީހް އާއި، ސައުދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓަރު ޕްރިން ޢަބްދުލް ޢަޒީޒް ބިން ސައުދު ނާއިފް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގަ އެވެ. އެ ފޯނު ކޯލުގައި ދެ ބޭފުޅުން ވަނީ މެދު އިރުމަތީގެ ސަރަހައްދުގައި މިހާރު ހިނގަމުން އަންނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. 

ސައުދީގެ ޕްރެސް އެޖެންސީ އިން ބުނެފައިވާ ގޮތުގައި، އެ ފޯނު ކޯލުގައި ފަލަސްޠީނުގެ އިންޓީރިއާ މިނިސްޓަރު ވަނީ އިސްލާމީ ޤައުމު ތަކަށާާއި ސަރަހައްދަށް އީރާން އިން ދެމުން ގެންދާ ހަމަލާތަކާ ދެކޮޅު ކަމަށް ހާމަ ކުރައްވައިފަ އެވެ. އަދި އީރާންގެ އަމަލުތައް ފަލަސްޠީނުން ކުށްވެރި ކުރާ ކަމަށް އިންޓީރިއާ މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ޕްރެސް އެޖެންސީ އިން ވަނީ ބުނެފަ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާާންއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އީރާން އިން ގެންދަނީ މެދު އިރުމަތީގެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. އެ ހަމަލާތައް ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި، ބައެއް ޤައުމު ތަކުގެ އެކި އެކި ސަރަހައްދު ތަކަށް ހަމަލާ އަމާޒުވެފައިވެ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ފަލަސްތީނުސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

22 މާރިޗު 2026

ހަނގުރާމަ ހުއްޓާ ނުލައި، ދުޝްމަނުން ފުނޑު ފުނޑު ކޮށްލަން ޖެހޭ: އިޒްރޭލްގެ ސެކިއުރިޓީ މިނިސްޓަރު

22 މާރިޗު 2026
ހަނގުރާމަ ހުއްޓާ ނުލައި، ދުޝްމަނުން ފުނޑު ފުނޑު ކޮށްލަން ޖެހޭ: އިޒްރޭލްގެ ސެކިއުރިޓީ މިނިސްޓަރު
22 މާރިޗު 2026

ހަނގުރާމަ ރާއްޖެ އާ ގާތައް، އެމެރިކާގެ ބޮން އަޅާ ބޯޓުފަހަރު ސްޓޭޝަން ކޮށްފައިވާ ޑިއޭގޯ ގާސިއާ އީރާނަށް ހަމަލާ ދިނުމަށް ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ ހަނގުރާމައިގައި ބައިވެރިވުން ކަމަށް އެ ގައުމުން ބުނެފި

އީރާނުގެ ކަރަންޓު ނެޓްވޯކަށް ހަމަލާއެއް ދީފިނަމަ، ސަރަހައްދުގައި ހުރި ހަކަތައާއި ފެނުގެ ވަސީލަތްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި

22 މާރިޗު 2026
އީރާނުގެ ކަރަންޓު ނެޓްވޯކަށް ހަމަލާއެއް ދީފިނަމަ، ސަރަހައްދުގައި ހުރި ހަކަތައާއި ފެނުގެ ވަސީލަތްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި
22 މާރިޗު 2026

އީރާނުގެ ހަނގުރާމައާ ގުޅޭގޮތުން ފުށު އަރާ އެތައް ވާހަކަ އެއް ޓްރަމްޕް ދައްކަވައިފި

22 މާރިޗު 2026
އީރާނުގެ ހަނގުރާމައާ ގުޅޭގޮތުން ފުށު އަރާ އެތައް ވާހަކަ އެއް ޓްރަމްޕް ދައްކަވައިފި
21 މާރިޗު 2026

އީރާނުގެ ބަސީޖް ފޯސްގެ ޑެޕިއުޓީ ކޮމާންޑަރު އަވަހާރަ ކޮށްލައިފި

21 މާރިޗު 2026
އީރާނުގެ ބަސީޖް ފޯސްގެ ޑެޕިއުޓީ ކޮމާންޑަރު އަވަހާރަ ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު