Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ސައުދީގެ ވަލީ އަހުދު މުޙައްމަދާއި، މިޞްރުގެ ރައީސް އައް ސީސީ އީރާންއާ ދެކޮޅަށް އިންޒާރެއް ދެއްވައިފި

ސައުދީގެ އިސްތިޤުލާލަށާއި، ސަލާމަތަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ދެކޮޅަށް އެ ޤައުމާ އެކު ސާބިތުކަމާ އެކު މިޞްރު ދެމި އޮންނާނެ ކަމުގެ ޔަޤީންކަން، އައް ސީސީ ވަނީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަށް ދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 07:34
ސައުދީީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އާއި، މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލް ސީސީ

ސައުދީީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އާއި، މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލް ސީސީ | ރޮއިޓާސް

ސައުދީީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އާއި، މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އައް ސީސީ ބައްދަލު ކުރައްވައި، ގަލްފުގެ ޤައުމު ތަކަށް އަމާޒުކޮށް އީރާން އިން ދެމުންދާ ހަމަލާ ތަކަކީ މުޅި ސަރަހައްދުގެ ހަމަ ޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އިންޒާރު ދެއްވައިފި އެވެ.

ސައުދީގެ ޕްރެސް އެޖެންސީ އިން ބުނެފައިވާ ގޮތުގައި މުޙައްމަދު ބިން ސަލްމާން އާއި އައް ސީސީ ބައްދަލު ކުރައްވާފައި ވަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގަ އެވެ. ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، މެދު އިރުމަތީގެ ސަރަހައްދުގައި މިހާރު ހިނގަމުން އަންނަ ހަމަ ނުޖެހުންތަކާއި، އޭގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ސަލާމަތަށް ކުރާނެ އަސަރުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފަ އެވެ. 

އެ ބައްދަލު ކުރެއްވުުމުގައި ދެ ޤައުމުގެ ލީޑަރުން ވަނީ ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ޤައުމު ތަކަށާއި، އެ ޤައުމު ތަކުގެ މުހިންމު އުމްރާނީ ވަސީލަތް ތަކަަށް އަމާޒުކޮށް އީރާން އިން ތަކުރާރުކޮށް ދެމުންދާ ހަމަލާ ތަކަކީ، ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އަދި މިފަދަ އަމަލު ތަކުގެ ސަބަބުން ސަރަހައްދުގެ ރައްކާތެރިކަމާއި، ހަމަޖެހުމަށް ބޮޑެތި ގޮން ޖެހުން ތަކެއް ކުރިމަތިވަމުންދާ ކަމަށް ދެ ބޭފުޅުން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެ އިތުރުން މިޞްރުގެ ރައީސް އައް ސީސީ ވަނީ ސައުދީ އަރަބިއްޔާ އަށާއި، ސަރަހައްދުގެ އެހެން ޤައުމު ތަަކަށް އަމާޒުކޮށް އީރާން އިން ދޭ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ވެސް ކުރައްވައިފަ އެވެ. އަދި ހަމަ އެހެންމެ، ސައުދީގެ އިސްތިޤުލާލަށާއި، ސަލާމަތަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ދެކޮޅަށް އެ ޤައުމާ އެކު ސާބިތުކަމާ އެކު މިޞްރު ދެމި އޮންނާނެ ކަމުގެ ޔަޤީންކަން، އައް ސީސީ ވަނީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަށް ދެއްވައިފަ އެވެ.

މިޞްރުގެ ރައީސް އައް ސީސީ، ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅަކީ ސަރަހައްދީ މަސްލަހަތު ހިމާޔަތް ކުރުމަށާއި، ގަލްފުގެ ޤައުމުތަކާ އެކު އޮތް ގުޅުން ބަދަހި ކުރުމަށް ފެށްޓެވި ދަތުރުގެ ތެރެއިން ކުރެއްވި ޒިޔާރަތެއް ކަމަށް ބުނެފައިވެ އެވެ. ސައުދީ އަށް ވަޑައިގެންނެވުމުގެ ކުރިން މިޞްރުގެ ރައީސް އައް ސީސީ ވަނީ ބަހްރެއިން އަށް ވަޑައިގެން، އެ ޤައުމުގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އަބްދުލް ފަތާހު އަލް-ސީސީސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާން އިން ސައުދީ އަށް ދިން ހަމަލާތައް ފަލަސްޠީނުން ކުށްވެރި ކޮށްފި

އީރާން އިން ސައުދީ އަށް ދިން ހަމަލާތައް ފަލަސްޠީނުން ކުށްވެރި ކޮށްފި

22 މާރިޗު 2026
ހަނގުރާމަ ހުއްޓާ ނުލައި، ދުޝްމަނުން ފުނޑު ފުނޑު ކޮށްލަން ޖެހޭ: އިޒްރޭލްގެ ސެކިއުރިޓީ މިނިސްޓަރު

ހަނގުރާމަ ހުއްޓާ ނުލައި، ދުޝްމަނުން ފުނޑު ފުނޑު ކޮށްލަން ޖެހޭ: އިޒްރޭލްގެ ސެކިއުރިޓީ މިނިސްޓަރު

22 މާރިޗު 2026
ހަނގުރާމަ ރާއްޖެ އާ ގާތައް، އެމެރިކާގެ ބޮން އަޅާ ބޯޓުފަހަރު ސްޓޭޝަން ކޮށްފައިވާ ޑިއޭގޯ ގާސިއާ އީރާނަށް ހަމަލާ ދިނުމަށް ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ ހަނގުރާމައިގައި ބައިވެރިވުން ކަމަށް އެ ގައުމުން ބުނެފި

އީރާނުގެ ކަރަންޓު ނެޓްވޯކަށް ހަމަލާއެއް ދީފިނަމަ، ސަރަހައްދުގައި ހުރި ހަކަތައާއި ފެނުގެ ވަސީލަތްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި

އީރާނުގެ ކަރަންޓު ނެޓްވޯކަށް ހަމަލާއެއް ދީފިނަމަ، ސަރަހައްދުގައި ހުރި ހަކަތައާއި ފެނުގެ ވަސީލަތްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި

22 މާރިޗު 2026
އީރާނުގެ ހަނގުރާމައާ ގުޅޭގޮތުން ފުށު އަރާ އެތައް ވާހަކަ އެއް ޓްރަމްޕް ދައްކަވައިފި

އީރާނުގެ ހަނގުރާމައާ ގުޅޭގޮތުން ފުށު އަރާ އެތައް ވާހަކަ އެއް ޓްރަމްޕް ދައްކަވައިފި

22 މާރިޗު 2026

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު