Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

އީރާންގެ މިސައިލްތައް މިހާރު އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަންގެ އިތުރުން، ފްރާންސްގެ ވެރި ރަށް ޕެރިހާއި، ޖަރުމަނުގެ ވެރި ރަށް ބާލިން އަދި ޔޫރަޕުގެ ބޮޑެތި ސިޓީ ތަކަށް ވެސް ފޯރާނެ ކަމަށް އައިޑީއެފް އިން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 10:33
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ | ގެޓީ އިމޭޖަސް

އީރާން އިން އުފައްދާފައިވާ ދުރު ރާސްތާގެ މިސައިލް ތަކުން މިހާރު، އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަން އަށް ހަމަލާ ދިނުމުގެ ޤާބިލުކަން ލިބިފައިވާ ކަމުގެ އިންޒާރު، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އަށް ދީފި އެވެ. 

މި އިންޒާރު ދީފައި ވަނީ ޗާގޯސް ޖަޒީރާގައި އޮންނަ ޑިއޭގޯ ގާސިއާގައި ހުންނަ އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާން އިން މިސައިލް ހަމަލާ ތަކެއް ދީފައިވާ ކަމުގެ ރިޕޯޓުތައް އައިސްފައި ވަނިކޮށެވެ. ނަމަވެސް، އީރާންގެ އިސް އޮފިޝަލަކު އަލް ޖަޒީރާ އަށް ވިދާޅުވެފައި ވަނީ، އެ ޤައުމުން އެފަދަ ހަމަލާއެއް ދީފައި ނުވާ ކަމަށެވެ. 

އިޒްރޭލްގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނެފައިވާ ގޮތުގައި، އެ ހަމަލާ އިން ދޭހަ ވަނީ އީރާންގެ ޓެރަރިސްޓު ސަރުކާރަކީ މުޅި ދުނިޔެ އަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އެ ޤައުމުގެ މިސައިލްތައް މިހާރު އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަންގެ އިތުރުން، ފްރާންސްގެ ވެރި ރަށް ޕެރިހާއި، ޖަރުމަނުގެ ވެރި ރަށް ބާލިން އަދި ޔޫރަޕުގެ ބޮޑެތި ސިޓީ ތަކަށް ވެސް ފޯރާނެ ކަމަށް އައިޑީއެފް އިން ބުނެފައިވެ އެވެ. 

ޑިއޭގޯ ގާސިއާ އަކީ އެމެރިކާ އިން މެދު އިރުމަތީގައި ހިންގާ އަސްކަރީ އޮޕަރޭޝަން ތަކުގައި ބޭނުން ކުރާ މުހިންމު މަރުކަޒެކެވެ. އެ ތަނުގައި ބޮޑު އެއާ ފީލްޑަކާއި، ތެޔޮ ރައްކާ ކުރާ ނިޒާމު ތަކާއިި، ރާޑަރު ތަކުގެ އިތުރުން ފުން ކަނޑުގެ ބަނދަރެއް އޮވެ އެވެ. އެ ރަށުގައި ގާތް ގަނޑަކަށް 2500 އެއްހާ ސިފައިން ހަރަކާތްތެރިވާއިރު، އޭގެ ތެރޭގައި ގިނައީ އެމެރިކާގެ ސިފައިންނެވެ. 

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ އިވެޓް ކޫޕާ ވަނީ، އީރާން އިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އީރާން އަށް އަމާޒުކޮށް އެމެރިކާ އިން ދެމުންދާ ހަމަލާ ތަކުގައި އިނގިރޭސިވިލާތުން ބައިވެރި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޫޕާ ވިދާޅުވީ، އިނގިރޭސިވިލާތުގެ އަމާޒަކީ މި ހަމަ ނުޖެހުން ތަކަށް ވީހާ ވެސް އަވަހަކަށް ޙައްލެއް ހޯދުން ކަމަށާއި، އިނގިރޭސި ސިފައިން ޙަރަކާތްތެރި ވަނީ ހަމައެކަނި ދިފާއީ ކަންކަމުގައި ކަމަށެވެ. 

އެ ހަމަލާތައް ދީފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، އިނގިރޭސިވިލާތުގެ އިދިކޮޅު ފަރާތް ތަކުން އަންނަނީ ބޮޑު ވަޒީރު ސްޓާމާ އާއި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. 

މަސްދަރު: ޓެލެގްރާފް

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާންއިޒްރޭލު ޑިފެންސް ފޯސަސްއިނގިރޭސިވިލާތްކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

22 މާރިޗު 2026
ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

22 މާރިޗު 2026
ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ

ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ

22 މާރިޗު 2026
ހުއްދައާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ، ބަންދު ކުރީ ދުޝްމަނުންނަށް އެކަނި: އީރާން

ހުއްދައާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ، ބަންދު ކުރީ ދުޝްމަނުންނަށް އެކަނި: އީރާން

22 މާރިޗު 2026
ސައުދީގެ ވަލީ އަހުދު މުޙައްމަދާއި، މިޞްރުގެ ރައީސް އައް ސީސީ އީރާންއާ ދެކޮޅަށް އިންޒާރެއް ދެއްވައިފި

ސައުދީގެ ވަލީ އަހުދު މުޙައްމަދާއި، މިޞްރުގެ ރައީސް އައް ސީސީ އީރާންއާ ދެކޮޅަށް އިންޒާރެއް ދެއްވައިފި

22 މާރިޗު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު