Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

އާދީއްތަ ދުވަހު އީރާންގެ އިސް އޮފިޝަލަކު އަލް ޖަޒީރާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޑިއޭގޯ ގާސިއާ މަރުކަޒަށް ދިން ހަމަލާ ތަކުގެ ޒިންމާ އެ ޤައުމުން ނުއުފުލާނެ ކަމަށް. އަދި އެއީ އީރާން އިން ކުރި ކަމެއް ނޫން ކަމަށް ވެސް އެ އޮފިޝަލު ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 09:02
އިންޑިއާ ކަނޑުގެ މެދުގައި އޮންނަ ޗާގޯސް އާކިޕެލާގޯގެ ނުވަތަ ފޯޅަވަހީގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ، މި ރަށުގައި އެމެރިކާގެ އަސްކަރީ މުހިންމު ބޭހެއް ގާއިމު ކޮށްފައިވޭ

އިންޑިއާ ކަނޑުގެ މެދުގައި އޮންނަ ޗާގޯސް އާކިޕެލާގޯގެ ނުވަތަ ފޯޅަވަހީގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ، މި ރަށުގައި އެމެރިކާގެ އަސްކަރީ މުހިންމު ބޭހެއް ގާއިމު ކޮށްފައިވޭ | ރޮއިޓާސް

އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާގައި ހުންނަ އަސްކަރީ މަރުކަޒަށް އަމާޒުކޮށް ދިން މިސައިލް ހަމަލާ ތަކުގެ ފަހަތުގައި އޮތީ އެ ޤައުމު ނޫން ކަމަށް، އީރާން އިން ބުނެފި އެވެ. 

އާދީއްތަ ދުވަހު އީރާންގެ އިސް އޮފިޝަލަކު އަލް ޖަޒީރާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޑިއޭގޯ ގާސިއާ މަރުކަޒަށް ދިން ހަމަލާ ތަކުގެ ޒިންމާ އެ ޤައުމުން ނުއުފުލާނެ ކަމަށެވެ. އަދި އެއީ އީރާން އިން ކުރި ކަމެއް ނޫން ކަމަށް ވެސް އެ އޮފިޝަލު ވަނީ ވިދާޅުވެފަ އެވެ. 

އީރާން އިން މިކަން ދޮގު ކޮށްފައިވާއިރު، މިދިޔަ ހުކުރު ދުވަހުގެ ރޭ އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައި ވަނީ، ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފައިވާ ކަމަށެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ، އީރާން އިން ދެ މިސައިލެއް ފޮނުވާލި ނަމަވެސް، އޭގެ ތެރެއިން އެއްވެސް ހަމަލާއެއް އެ މަރުކަޒަށް އަރާފައި ނުވާ ކަމަށެވެ. 

މިކަމާ ގުޅިގެން ބައެއް ނޫސް މީޑިއާ ތަކުން ވަނީ އެމެރިކާގެ ސެކްރެޓެރީ އޮފް ވޯ އާއި، ޕެންޓަގަންގެ ބަހެއް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، މިހާތަނަށް އެ އިދާރާ ތަކުން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. އެމެރިކާގެ އިތުރުން އިނގިރޭސިވިލާތުން ވެސް މިކަމުގައި ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. 

އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި
Raajje.mv

އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި

ޑިއޭގޯ ގާސިއާ އަކީ، އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ އާއި އަސްކަރީ ޙަރަކާތް ތަކުގައި ބޭނުން ކުރުމަށް އިނގިރޭސިވިލާތުން އެމެރިކާ އަށް ހުއްދަ ދީފައިވާ ދެ މަރުކަޒުގެ ތެރެއިން އެއް މަރުކަޒެވެ. އީރާން އިން ވަނީ އެ ޤައުމަށް އަމާޒުކޮށް ހަމަލާ ދޭ ކޮންމެ ބޭސް އަކީ، އެ ޤައުމުގެ ޓާގެޓަކަށް ވާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

އީރާން އިން ޑިއޭގޯ ގާސިއާ އަށް ހަމަލާ ދިން ކަމުގެ ރިޕޯޓާ އެކު، ގިނަ ބައެއްގެ ސަމާލުކަން ވަނީ އެކަމަށް ހުއްޓިފަ އެވެ. ޑިއޭގޯ ގާސިއާ އާއި އީރާންއާ ދެމެދު 4000 ކިލޯ މީޓަރު، ނުވަތަ 2،485 މޭލު ހުންނާނެ އެވެ. އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ، އީރާން އަށް އެއްވެސް ހަމަލާއެއް ދިނުމަށް އެ ޤައުމުގައި ހުރި ބޭސް ތަކެއް ބޭނުން ކޮށްފި ނަމަ، އެއީ އީރާންއާ ދެކޮޅަށް ހިންގާ އަސްކަރީ ޙަރަކާތުގައި ބައިވެރިވުން ކަމަށް ބަލާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތަށް ދީފަ އެވެ. 

އިންޑިއާގެ ކަނޑުގެ މެދު ތެރޭގައި އޮންނަ ޗާގޯސް އާކިޕެލާގޯގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި، 1970ގެ އަހަރު ތަކުން ފެށިގެން އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒެއް އަންނަނީ ހިންގަމުންނެވެ. މި ރަށަކީ ދުރު ރާސްތާގެ ބޮން އަޅާ ބޯޓު ފަހަރާއި، އެ ނޫން ވެސް އިސްތިރާތީޖީ އަސްކަރީ ވަސީލަތްތައް ޤާއިމު ކޮށްފައިވާ މުހިންމު މަރުކަޒެކެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޑިއެގޯ ގާސިއާއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ

ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ

22 މާރިޗު 2026
ހުއްދައާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ، ބަންދު ކުރީ ދުޝްމަނުންނަށް އެކަނި: އީރާން

ހުއްދައާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ، ބަންދު ކުރީ ދުޝްމަނުންނަށް އެކަނި: އީރާން

22 މާރިޗު 2026
ސައުދީގެ ވަލީ އަހުދު މުޙައްމަދާއި، މިޞްރުގެ ރައީސް އައް ސީސީ އީރާންއާ ދެކޮޅަށް އިންޒާރެއް ދެއްވައިފި

ސައުދީގެ ވަލީ އަހުދު މުޙައްމަދާއި، މިޞްރުގެ ރައީސް އައް ސީސީ އީރާންއާ ދެކޮޅަށް އިންޒާރެއް ދެއްވައިފި

22 މާރިޗު 2026
އީރާން އިން ސައުދީ އަށް ދިން ހަމަލާތައް ފަލަސްޠީނުން ކުށްވެރި ކޮށްފި

އީރާން އިން ސައުދީ އަށް ދިން ހަމަލާތައް ފަލަސްޠީނުން ކުށްވެރި ކޮށްފި

22 މާރިޗު 2026
ހަނގުރާމަ ހުއްޓާ ނުލައި، ދުޝްމަނުން ފުނޑު ފުނޑު ކޮށްލަން ޖެހޭ: އިޒްރޭލްގެ ސެކިއުރިޓީ މިނިސްޓަރު

ހަނގުރާމަ ހުއްޓާ ނުލައި، ދުޝްމަނުން ފުނޑު ފުނޑު ކޮށްލަން ޖެހޭ: އިޒްރޭލްގެ ސެކިއުރިޓީ މިނިސްޓަރު

22 މާރިޗު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު