Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އިޒްރޭލުގެ ނިއުކްލިއާ މަރުކަޒު ހުންނަ ޑިމޯނާ ސަރަހައްދަށް އީރާނުން ވަރުގަދަ ހަމަލާތަކެއްދީ ސިއްސުވާލައިފި

އީރާނުގެ އައި.އާރް.ޖީ.ސީން އިޒްރޭލާއި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފި. މި އޮޕަރޭޝަންގައި އިޒްރޭލުގެ ނިއުކްލިއާ މަރުކަޒު ހުންނަ ދިމޯނާ ހިމެނޭހެން މުހިންމު ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށް އީރާނުން ބުނޭ. މި ހަމަލާތަކަކީ އިޒްރޭލުގެ ދިފާއީ ނިޒާމުތައް ފޭލްކޮށްލުމަށްފަހު ދީފައިވާ ކާމިޔާބު ހަމަލާތަކެއް ކަމަށްވެސް އީރާނުން ބުނޭ.

ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 00:45
އިޒްރޭލުގެ އަޔަން ޑޯމް ސިސްޓަމުން އީރާނުގެ މިސައިލް ހުއްޓުވުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އެ މިސައިލް އިޒްރޭލުގެ ޑިމޯނާ ސަރަހައްދުގެ ކައިރިއަށް އަރައިފި.

އިޒްރޭލުގެ އަޔަން ޑޯމް ސިސްޓަމުން އީރާނުގެ މިސައިލް ހުއްޓުވުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އެ މިސައިލް އިޒްރޭލުގެ ޑިމޯނާ ސަރަހައްދުގެ ކައިރިއަށް އަރައިފި. | އެކްސް

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނި ގޮތުގައި، އިޒްރޭލާ ދެކޮޅަށް ކުރިއަށްގެންދާ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ ފަހުގެ މަރުހަލާގައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށާއި، މީގެ ސަބަބުން ހަނގުރާމައިގެ ބާރުތައް ދުޝްމަނުންނާ ދެކޮޅަށް ވަރަށް ބޮޑަށް ބުރަވެފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި އެ ފައުޖުން ބުނީ، މި އޮޕަރޭޝަންގެ 73 ވަނަ ރާޅުގައި އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތައް ދީފައިވާ ކަމަށެވެ.

މި ހަމަލާތަކަކީ އީރާނުގެ އެއަރ ޑިފެންސް ދާއިރާގެ ޝަހީދުންގެ ހިތްވަރުގަދަކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، އައި.އާރް.ޖީ.ސީގެ އެއަރޯސްޕޭސް ފޯސްގެ މިސައިލާއި ޑްރޯން ސިސްޓަމްތައް ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކެއް ކަމަށް އެ ބަޔާނުގައިވެއެވެ.

އައި.އާރް.ޖީ.ސީން ބުނި ގޮތުގައި، އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުތައް ފޭލްވުމާ ގުޅިގެން އަރާދު، ޑިމޯނާ، އެއިލަޓް، ބީރު ޝެބާ އަދި ކިރްޔަތު ގަޓްގައި ހުރި އަސްކަރީ މަރުކަޒުތަކާއި ސަލާމަތީ މަރުކަޒުތަކަށް ވަނީ ހަމަލާދީފައެވެ.

މީގެ އިތުރުން، މި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ކަމަށްވާ ކުވެއިތުގައި ހުންނަ އަލީ އަލް-ސާލިމް މަރުކަޒާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް-މިންހާދު އަދި އަލް-ޛަފްރާ މަރުކަޒަށް ވެސް ހަމަލާދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި އޮޕަރޭޝަންގެ 73 ވަނަ ރާޅުގައި ފައްތާހު، ގަދަރު އަދި އިމާދު މަރުކާގެ މިސައިލް ސިސްޓަމްތަކުގެ އިތުރުން ހަމަލާދޭ ޑްރޯންތައް ބޭނުންކޮށްފައިވެއެވެ.

މަރުވި މީހުންގެ އަދަދާއި މީޑިއާގެ ހުރަސްތައް

އައި.އާރް.ޖީ.ސީގެ ބަޔާނުގައި މައިދާނުން ލިބުނު ރިޕޯޓްތަކާ ހަވާލާދީ ބުނެފައިވަނީ، ބަދަލުހިފުމުގެ މި ހަމަލާތަކުގެ ފަހުގެ މަރުހަލާގެ ކުރީކޮޅު 200 އަށްވުރެ ގިނަ މީހުން މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށެވެ.

އަދި ލިބުނު ގެއްލުންތަކާއި މަރުވި މީހުންގެ އަދަދުތައް ސިއްރުކުރުމަށްޓަކައި، ޒަޔަނިސްޓް އިދާރާތަކުން ނޫސްވެރިންނަށާއި މަންޒަރު ދުށް މީހުންނަށް ކުރިމަތިކޮށްފައިވާ އިތުރުކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ހިޒްބުﷲގެ ދައުރު ފާހަގަކުރުން

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުން ލުބުނާނުގެ އިސްތިގުލާލު ދިފާއުކުރުމަށް ކުރަމުންދާ "ފަޚުރުވެރި މަސައްކަތްތަކަށް" އައި.އާރް.ޖީ.ސީން ވަނީ ތައުރީފުކޮށްފައެވެ. އަދި އެ ޖަމާއަތުން އިޒްރޭލުން ހިފާފައިވާ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގައި "ވަރުގަދަ އަދި ބޮޑު ޕްރެޝަރެއް އޮތް ހަނގުރާމައިގެ މައިދާނެއް" ހުޅުވާފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން، މި ކާމިޔާބީއާ ގުޅިގެން ލުބުނާނުގެ ރައްޔިތުންނަށާއި ސަރަހައްދުގެ މުސްލިމުންނަށް އެ ބަޔާނުގައި މަރުހަބާ ކިޔާފައިވެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓުން ގެންގުޅޭ ނުރައްކާތެރި ސިޔާސަތުތަކުގެ ސަބަބުން، ހިފާފައިވާ ބިންތަކުގައި އުޅޭ ވަޒަންވެރިންގެ ހާލަތު އޮތީ "ބިރުވެރި އަދި އެހީތެރިކަމެއް ނެތް" ހާލަތެއްގައި ކަމަށް އައި.އާރް.ޖީ.ސީން ސިފަކުރިއެވެ.

ޚާއްޞަކޮށް، އާންމުން ދިރިއުޅޭ ސަރަހައްދުތަކާ ކައިރީގައި ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތައް ހުރުމުގެ ސަބަބުން، އެ ސަރަހައްދުތަކުގައި އުޅޭ ވަޒަންވެރިންގެ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށްވެސް އިތުރުކޮށްފައިވެއެވެ.

'ހަނގުރާމައިގެ އުސޫލުތައް' ބަދަލުވުން

އައި.އާރް.ޖީ.ސީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، "ހަނގުރާމައިގެ އުސޫލުތައް ހަލުވިކަމާއެކު ބަދަލުވަމުންދާ" ކަމަށާއި، ހިފާފައިވާ ބިންތައް ދިފާއުކުރުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ކުރާ މަސައްކަތްތައް "ފުނޑުފުނޑުވަމުން" ދާ ކަމަށެވެ.

ޑިމޯނާއަށް އަމާޒުކޮށް އީރާނުން ދިން މިސައިލް ހަމަލާތަކުގައި މަރުވި މީހުންގެ އަސްލު އަދަދު ސިއްރުކުރަން މަސައްކަތް ކުރި ނަމަވެސް، އެ ސަރަހައްދުން ލިބުނު ރިޕޯޓްތަކުން އެނގޭ ގޮތުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ޑިމޯނާއަކީ އިޒްރޭލުގެ ނުރައްކާތެރި ނިއުކްލިއާ ރިއެކްޓަރު ހުންނަ ސަރަހައްދު ކަމަށްވާތީ، އެ ސިޓީއަކީ އާދަޔާ ޚިލާފަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވާ ތަނެކެވެ.

ރަސްމީ މަސްދަރުތަކުން 50 އެއްހާ މީހުން ޒަޚަމްވި ކަމަށް ރިޕޯޓްކޮށްފައިވީ ނަމަވެސް، އަނިޔާވި މީހުން އުފުލުމަށް އެތައް އެމްބިއުލާންސްތަކަކާއި އަސްކަރީ ހެލިކޮޕްޓަރުތަކެއް ހަރަކާތްތެރިވުމުން، އާންމުންގެ ރިޕޯޓްތައް ހަގީގަތާ ގާތްކަމަށް ބެލެވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ފަހުން، އިޒްރޭލުގެ "ހޯމް ފްރަންޓް" އަށް ކުރިމަތިވި އެންމެ އުނދަގޫ ރެޔަކަށްވީ އީރާނުގެ މި ހަމަލާތައް ދިން ރޭ ކަމަށް އިޒްރޭލުގެ ނޫހެއް ކަމަށްވާ "ޔެދިއޮތް އަހްރޮނޮތް" އިން ވަނީ ރިޕޯޓްކޮށްފައެވެ. 

އައިއާރުޖީސީއޮޕަރޭޝަން ޓްރޫ ޕްރޮމިސްހިޒްބުﷲޑިމޯނާއީރާންއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓާލުމަށް ސުވިޒަލޭންޑް ސަރުކާރުން ނިންމައިފި

އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓާލުމަށް ސުވިޒަލޭންޑް ސަރުކާރުން ނިންމައިފި

20 މާރިޗު 2026
އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

20 މާރިޗު 2026
ގަލްފުގެ ތެލާއި ގޭސް ސަޕްލައި އާންމު ހާލާތަކަށް އަންނާނީ ހަމަސް ދުވަސް ފަހުން: އައި.އީ.އޭ

ގަލްފުގެ ތެލާއި ގޭސް ސަޕްލައި އާންމު ހާލާތަކަށް އަންނާނީ ހަމަސް ދުވަސް ފަހުން: އައި.އީ.އޭ

20 މާރިޗު 2026
އިންޑިއާގެ އެއާލައިންތަކުން ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ބައެއް ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

އިންޑިއާގެ އެއާލައިންތަކުން ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ބައެއް ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

20 މާރިޗު 2026
ޗެކް ރިޕަބްލިކް ގައި ހުންނަ އިޒްރޭލުގެ ހަތިޔާރު ފެކްޓަރީގައި ރޯކޮށްލައިފި

ޗެކް ރިޕަބްލިކް ގައި ހުންނަ އިޒްރޭލުގެ ހަތިޔާރު ފެކްޓަރީގައި ރޯކޮށްލައިފި

20 މާރިޗު 2026

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު