Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި

އެ ހާދިސާގައި އީރާނުން ފޮނުވާލި ދެ މިސައިލްގެ ތެރެއިން އެއް މިސައިލް، ދަތުރު މަތީގައި ފެއިލްވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ. އަދި ދެ ވަނަ މިސައިލް އަމާޒަށް ދަތުރު ކުރަމުން ދަނިކޮށް، އެމެރިކާގެ އަސްކަރީ މަނަވަރަކުން އެސްއެމް-3 މަރުކާޒުގެ އިންޓަސެޕްޓަރެއް ބޭނުން ކޮށްގެން އެ މިސައިލް ވައްޓާލުމަށް މަސައްކަތް ކުރި ކަމަށް ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މާރިޗު 2026 | ހޮނިހިރު 04:57
ޑިއޭގޯ ގާސިއާ މަތިން ފެންނަ މަންޒަރެއް

ޑިއޭގޯ ގާސިއާ މަތިން ފެންނަ މަންޒަރެއް | ރޮއިޓާސް

އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ، ޑިއޭގޯ ގާސިއާ އަަށް އަމާޒުކޮށް އީރާނުން ހަމަލާ ފޮނުވާލާފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ރިޕޯޓު ކޮށްފައި ވަނީ، ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް އީރާނުން ފޮނުވާފައި ވަނީ މެދު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް ކަމަށެވެ. އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވާ ގޮތުގައި، އީރާނުން ހަމަލާ ދޭން މަސައްކަތް ކުރި ނަމަވެސް، އެއްވެސް މިސައިލެއް އެ މަރުކަޒަށް އަރާފައި ނުވެ އެވެ. 

އެ ހާދިސާގައި އީރާނުން ފޮނުވާލި ދެ މިސައިލްގެ ތެރެއިން އެއް މިސައިލް، ދަތުރު މަތީގައި ފެއިލްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ދެ ވަނަ މިސައިލް އަމާޒަށް ދަތުރު ކުރަމުން ދަނިކޮށް، އެމެރިކާގެ އަސްކަރީ މަނަވަރަކުން އެސްއެމް-3 މަރުކާޒުގެ އިންޓަސެޕްޓަރެއް ބޭނުން ކޮށްގެން އެ މިސައިލް ވައްޓާލުމަށް މަސައްކަތް ކުރި ކަމަށް ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވެ އެވެ. ނަމަވެސް، އެމެރިކާގެ މަނަވަރުން ދިން ހަމަލާ ކާމިޔާބުވެ، މިސައިލް ވައްޓާލެވުނުކަން އަދި ކަށަވަރު ކުރެވެފައި ނުވާ ކަމަށް ބުނެފައިވެ އެވެ. 

އެކަމާ ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައުޓް ހައުސް އާއި، އެމެރިކާގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީ އާއި، އިނގިރޭސިވިލާތުގެ މިނިސްޓްރީ އޮފް ޑިފެންސްގެ ބަހެއް ހޯދުމަށް ރޮއިޓާސް އިން މަސައްކަތް ކޮށްފައި ވީ ނަމަވެސް، އެއްވެސް އިދާރާ އަކުން ބަހެއް ބުނެފައި ނުވެ އެވެ. 

ޑިއޭގޯ ގާސިއާ އަކީ އިންޑިއާގެ ކަނޑުގެ މެދު ތެރޭގައި އޮންނަ، އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ ބޭނުން ތަކަށް ބޭނުން ކުރާ ވަރަށް މުހިންމު ސްޓްރެޓީޖިކް މަރުކަޒެކެވެ. މި މަރުކަޒަށް އަމާޒުކޮށް އީރާން އިން ހަމަލާއެއް ދިނުމަށް މަސައްކަތް ކުރި ކަމަށް ފެންމަތިވި ރިޕޯޓު ތަކަކީ، މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ފެންމަތިވި ސީރިއަސް މައުލޫމާތު ތަކެކެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޑިއެގޯ ގާސިއާ

އިތުރަށް ކިޔާލަން

21 މާރިޗު 2026

މުޖުތަބާ ޚާމަނާއީގެ މެސެޖެއް: އީރާންގެ ދުޝްމަނުން ދަނީ ބަލިވަމުން

21 މާރިޗު 2026
މުޖުތަބާ ޚާމަނާއީގެ މެސެޖެއް: އީރާންގެ ދުޝްމަނުން ދަނީ ބަލިވަމުން
21 މާރިޗު 2026

ހަނގުރާާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ބޭނުމެއް ނޫން، އަހަރަމެން މޮޅުވެއްޖެ: ޓްރަމްޕް

21 މާރިޗު 2026
ހަނގުރާާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ބޭނުމެއް ނޫން، އަހަރަމެން މޮޅުވެއްޖެ: ޓްރަމްޕް
21 މާރިޗު 2026

ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ

21 މާރިޗު 2026
ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ
20 މާރިޗު 2026

އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

20 މާރިޗު 2026
އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި
19 މާރިޗު 2026

ހަކަތައިގެ ތަންތަނަށް ހަމަލާ ދިނުމަކީ ހެދި ބޮޑު ގޯހެއް، ރައްދުގައި ދޭ ހަމަލާތައް އަދި ނުނިމޭ: އީރާން

19 މާރިޗު 2026
ހަކަތައިގެ ތަންތަނަށް ހަމަލާ ދިނުމަކީ ހެދި ބޮޑު ގޯހެއް، ރައްދުގައި ދޭ ހަމަލާތައް އަދި ނުނިމޭ: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު