Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުން ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ފަތުރުވެރިކަމާއި މުނިފޫހިފިލުވުމަށް ޚާއްސަ މަންޒިލްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދިނުމާ ގުޅިގެން، މެދުއިރުމަތީގެ ބޭރުން އެކި ސަރަހައްދުތަކަށް ނުރައްކާ އޮތް ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައި. އިޒްރޭލުން އީރާނުގެ ގޭސް ފީލްޑަކަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން، އީރާނުގެ ޑްރޯންތަކުން ކުވެއިތުގެ އެންމެ ބޮޑު އެއް ތެޔޮ ސާފުކުރާ ކާރުޚާނާއަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައި. މި ހަމަލާތަކާއެކު ގަލްފުގެ އަރަބި ގައުމުތަކުގައި ހުރި ހަކަތަ އުފައްދާ މަރުކަޒުތަކަށް އޮތް ނުރައްކާ މިހާރު ވަނީ އިތުރަށް ބޮޑުވެފައި.

ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 01:15
12 ނޮވެމްބަރު 2008 ގައި، އީރާނުގެ ހާމަނުކުރާ ސަރަހައްދަކުން އެ ގައުމުގެ "ސަޖީލް" މަރުކާގެ ބިމުން ބިމަށް ފޮނުވާލެވޭ މިސައިލެއް އުދުއްސާލަނީ.

12 ނޮވެމްބަރު 2008 ގައި، އީރާނުގެ ހާމަނުކުރާ ސަރަހައްދަކުން އެ ގައުމުގެ "ސަޖީލް" މަރުކާގެ ބިމުން ބިމަށް ފޮނުވާލެވޭ މިސައިލެއް އުދުއްސާލަނީ. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ޣައިރު ގާނޫނީ ހަނގުރާމައަށް ތިން ހަފުތާ ވެފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ފަތުރުވެރިކަމުގެ މަންޒިލްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އީރާނުން ބަދަލުހިފުމުގެ ގޮތުން ދޭ ހަމަލާތައް ފުޅާކޮށް، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހުރި މުނިފޫހިފިލުވުމާއި ފަތުރުވެރިކަމަށް ޚާއްސަ ތަންތަނަށް ހަމަލާދޭނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

އީރާނުގެ އަސްކަރިއްޔާގެ އިސް ތަރުޖަމާނު ޖެނެރަލް އަބުލްފަޒްލް ޝެކަރްޗީ އިންޒާރު ދެއްވި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ޕާކުތަކާއި، މުނިފޫހިފިލުވާ ސަރަހައްދުތަކުގެ އިތުރުން ފަތުރުވެރިކަމުގެ މަންޒިލްތަކަކީ އެ ގައުމުގެ ދުޝްމަނުންނަށް ރައްކާތެރި ތަންތަނެއް ނޫނެވެ.

މި އިންޒާރާއެކު، މެދުއިރުމަތީގެ ބޭރުން އެކި ސަރަހައްދުތަކަށް އަމާޒުކޮށް ނުރަސްމީ އުސޫލުތަކުން ހަމަލާދީ، ނުފޫޒު ފޯރުވުމަށް އީރާނުން އަލުން މަސައްކަތް ކޮށްފާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.

މި ހަފުތާގެ ކުރީކޮޅު އިޒްރޭލުން އީރާނުގެ ކަނޑުގެ ސަރަހައްދުގައި އޮންނަ "ސައުތު ޕާސް" ގޭސް ފީލްޑަށް ބޮން އެޅުމާ ގުޅިގެން، އީރާނުން ވަނީ ގަލްފުގެ އަރަބި ގައުމުތަކުގައި ހުރި ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައެވެ.

އެގޮތުން ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އީރާނުގެ ޑްރޯންތަކުން ކުވެއިތުގެ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ދިން ދެ ހަމަލާއެއްގައި އެތަނުގައި ވަނީ އަލިފާން ރޯވެފައެވެ. ހަމަލާ އަމާޒުވި "މިނާ އަލް އަހްމަދީ" ރިފައިނަރީއަކީ ދުވާލަކު 730،000 ފީފާ ތެޔޮ ސާފުކުރުމުގެ ގާބިލުކަން ހުރި، މެދުއިރުމަތީގައި ހުރި އެންމެ ބޮޑު އެއް ކާރުޚާނާއެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާންސައުތު ޕާސްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮރްމޫޒް ކަނޑުއޮޅި 48 ގަޑިއިރު ތެރޭގައި އެއްކޮށް ހުޅުވާނުލައިފިނަމަ، އީރާނުގެ އިންޖީނުގެތައް "ފުނޑުފުނޑުކޮށްލާނެ" ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

ހޮރްމޫޒް ކަނޑުއޮޅި 48 ގަޑިއިރު ތެރޭގައި އެއްކޮށް ހުޅުވާނުލައިފިނަމަ، އީރާނުގެ އިންޖީނުގެތައް "ފުނޑުފުނޑުކޮށްލާނެ" ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

22 މާރިޗު 2026
އިޒްރޭލުގެ ނިއުކްލިއާ މަރުކަޒު ހުންނަ ޑިމޯނާ ސަރަހައްދަށް އީރާނުން ވަރުގަދަ ހަމަލާތަކެއްދީ ސިއްސުވާލައިފި

އިޒްރޭލުގެ ނިއުކްލިއާ މަރުކަޒު ހުންނަ ޑިމޯނާ ސަރަހައްދަށް އީރާނުން ވަރުގަދަ ހަމަލާތަކެއްދީ ސިއްސުވާލައިފި

22 މާރިޗު 2026
އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓާލުމަށް ސުވިޒަލޭންޑް ސަރުކާރުން ނިންމައިފި

އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓާލުމަށް ސުވިޒަލޭންޑް ސަރުކާރުން ނިންމައިފި

20 މާރިޗު 2026
އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

20 މާރިޗު 2026
ގަލްފުގެ ތެލާއި ގޭސް ސަޕްލައި އާންމު ހާލާތަކަށް އަންނާނީ ހަމަސް ދުވަސް ފަހުން: އައި.އީ.އޭ

ގަލްފުގެ ތެލާއި ގޭސް ސަޕްލައި އާންމު ހާލާތަކަށް އަންނާނީ ހަމަސް ދުވަސް ފަހުން: އައި.އީ.އޭ

20 މާރިޗު 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު