Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އީރާން ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން އިސްތިއުފާ ދެއްވި ޖޯ ކެންޓްގެ މައްސަލައެއް އެފްބީއައި އިން ތަހުގީގު ކުރަނީ

ނިއުޔޯކް ޓައިމްސް އާއި ސީބީއެސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މައުލޫމާތު ތަކެއް ލީކު ކުރި ކަމަށް ބުނެ އެފްބީއައި އިން ވަނީ ޖޯ ކެންޓްގެ މައްސަލަ ތަހުގީގު ކުރަން ފަށާފައި. އަދި އެއީ އޭނާ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ފަށާފައިވާ ތަހުގީގެއް ކަމަށް ވެސް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މާރިޗު 2026 | ބުރާސްފަތި 10:54
މަޤާމުން އިސްތިއުފާ ދެއްވި އެމެރިކާގެ ނޭޝަނަލް ކައުންޓަޓެރަރިޒަމް ސެންޓަރުގެ ކުރީގެ ޑިރެކްޓަރު ޖޯ ކެންޓް.

މަޤާމުން އިސްތިއުފާ ދެއްވި އެމެރިކާގެ ނޭޝަނަލް ކައުންޓަޓެރަރިޒަމް ސެންޓަރުގެ ކުރީގެ ޑިރެކްޓަރު ޖޯ ކެންޓް. | ގެޓީ އިމޭޖަސް

އެމެރިކާ އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން މަގާމުން އިސްތިއުފާ ދެއްވި އެމެރިކާގެ ނޭޝަނަލް ކައުންޓަޓެރަރިޒަމް ސެންޓަރުގެ ކުރީގެ ޑިރެކްޓަރު ޖޯ ކެންޓްގެ މައްސަލައެއް، އެފްބީއައި އިން ތަހުގީގު ކުރަން ފަށައިފި އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ސިޓީއެއް ފޮނުވުމަށް ފަހު، ޖޯ ކެންޓް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އަންގާރަ ދުވަހު އެވެ. އެގޮތުން އޭނާ ވިދާޅުވެފައި ވަނީ، އެމެރިކާ އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ އަށް ތާއީދު ކުރެވެން ނެތް ކަމަށެވެ. އަދި އެއީ އޭނާގެ އަމިއްލަ ޟަމީރު ޤަބޫލު ކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެ ސިޓީގައި އޭނާ ވަނީ، އީރާންގެ ފަރާތުން އެމެރިކާ އަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ފާހަގަ ކުރައްވައިފަ އެވެ. 

ނިއުޔޯކް ޓައިމްސް އާއި ސީބީއެސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މައުލޫމާތު ތަކެއް ލީކު ކުރި ކަމަށް ބުނެ އެފްބީއައި އިން ވަނީ ޖޯ ކެންޓްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ. އަދި އެއީ އޭނާ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ފަށާފައިވާ ތަހުގީގެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ އެ ތަހުގީގު ކުރިއަށް ގެންދާތާ މިހާރު ގާތް ގަނޑަކަށް މަސް ދުވަސް ވެފައިވާ ކަމަށެވެ. 

އެކަމާ ގުޅޭ ގޮތުން އެފްބީއައި އިން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. 

އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާގެ ކައުންޓަޓެރަރިޒަމް ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި
Raajje.mv

އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާގެ ކައުންޓަޓެރަރިޒަމް ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި

ކެންޓް އަކީ އެމެރިކާގެ ރައީސް ޓްރަމްޕްއާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހަކަށްވާއިރު، އޭނާ އަކީ ޓްރަމްޕްގެ ވަފާތެރި ސަޕޯޓަރެކެވެ. ޓްރަމްޕްގެ ވެރި ކަމުގައި އޭނާ އައްޔަން ކުރެއްވީ ނޭޝަނަލް ކައުންޓަޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރުގެ މަގާމަށެވެ. އެ މަގާމަށް އޭނާ އައްޔަން ކުރައްވާފައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު އއެވެ. އޭނާ އަކީ ޓެރަރިޒަމްގެ ކަންކަމުގައި އެމެރިކާގެ ރައީސް އަށް ލަފާ ވެސް އަރުވަން ހުންނެވި ބޭފުޅާ އެވެ. 

ކެންޓް އިސްތިއުފާ ދެއްވުމާ އެކު ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ މަގާމުން އިސްތިއުފާ ދެއްވުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި ކެންޓް އަކީ ސަލާމަތީ ކަންކަމުގައި ވަަރަށް ބަލިކަށި މީހެއް ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރައްވާފައިވެ އެވެ. ޓްރަމްޕްގެ އިތުރުން، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެެރޮލިން ލެވިޓް ވަނީ، އިސްތިއުފާގެ ސިޓީގައި ކެންޓް ފާހަގަ ކޮށްފައިވާ ކަންކަން ދޮގު ކޮށްފަ އެވެ. 

މަސްދަރު: އޭއެފްޕީ

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާޖޯ ކެންޓްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން

އިތުރަށް ކިޔާލަން

19 މާރިޗު 2026

ލަރިޖާނީ އަވަހާރަ ކޮށްލުމަަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ޗައިނާ އިން ބުނެފި

19 މާރިޗު 2026
ލަރިޖާނީ އަވަހާރަ ކޮށްލުމަަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ޗައިނާ އިން ބުނެފި
19 މާރިޗު 2026

ކެތްތެރި ވެގެން ތިބެވޭނީ ވަކި ވަރަކަށް، ކެތްތެރިކަން ކޮޅުން ލާނެ ދުވަހެއް ނޭނގޭ: ސައުދީގެ ފޮރިން މިނިސްޓަރު

19 މާރިޗު 2026
ކެތްތެރި ވެގެން ތިބެވޭނީ ވަކި ވަރަކަށް، ކެތްތެރިކަން ކޮޅުން ލާނެ ދުވަހެއް ނޭނގޭ: ސައުދީގެ ފޮރިން މިނިސްޓަރު
19 މާރިޗު 2026

ރޫބިއޯ އާއި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހުމާ އެކު، ބިރުވެރިކަން ބޮޑު ވެއްޖެ

19 މާރިޗު 2026
ރޫބިއޯ އާއި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހުމާ އެކު، ބިރުވެރިކަން ބޮޑު ވެއްޖެ
19 މާރިޗު 2026

އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ

19 މާރިޗު 2026
އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ
19 މާރިޗު 2026

ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވަނީ

19 މާރިޗު 2026
ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު