Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ފްލޮރިޑާގައި ހުންނަ ސެންޓްރަލް ކޮމާންޑު ބޭސް އަށް އިންޒާރެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށައިފި

ޓެމްޕާގައި ހުންނަ މެކްޑިލް އެއާފޯސް ބޭސް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ހުރިހާ އިންޒާރު ތަކަކީ ވެސް ސީރިއަސް އިންޒާރުތަކެއްގެ ގޮތުގައި ބަލާ ކަމަށާއި، އެ ބޭސްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް. މި ބޭސްގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑް މަރުކަޒު ހިންގާ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މާރިޗު 2026 | ބުރާސްފަތި 05:29
ފްލޮރިޑާގެ ޓަމްޕާގައި ހުންނަ މެކްޑިލް އެއާ ފޯސް ބޭސް އަށް ކުރިމަތިވި ސަލާމަތީ ނުރައްކަލަކާ ގުޅިގެން، ޓަމްޕާ ޕޮލިސް ޑިޕާޓްމަންޓުގެ އޮފިސަރުންނާއި އެމެރިކާގެ އެއާ ފޯސްގެ ސިފައިން އެ ސަރަހައްދުގެ ދަތުރުފަތުރު ހުއްޓުވައި މަގުތައް ބަލަހައްޓަނީ

ފްލޮރިޑާގެ ޓަމްޕާގައި ހުންނަ މެކްޑިލް އެއާ ފޯސް ބޭސް އަށް ކުރިމަތިވި ސަލާމަތީ ނުރައްކަލަކާ ގުޅިގެން، ޓަމްޕާ ޕޮލިސް ޑިޕާޓްމަންޓުގެ އޮފިސަރުންނާއި އެމެރިކާގެ އެއާ ފޯސްގެ ސިފައިން އެ ސަރަހައްދުގެ ދަތުރުފަތުރު ހުއްޓުވައި މަގުތައް ބަލަހައްޓަނީ | ރޮއިޓާސް

އެމެރިކާގެ ފްލޮރިޑާގައި ހުންނަ އެ ޤައުމުގެ ސެންޓްރަލް ކޮމާންޑުގެ ބޭސް އަކަށް ލިބުނު އިންޒާރެއްގެ ސަބަބުން، އެ ބޭސްގައި ތިބި ހުރިހާ އެންމެން ވެސް ރައްކާތެރި ހިސާބު ތަކެއްގައި ތިބުމަށް އަންގައިފި އެވެ. 

ޓެމްޕާގައި ހުންނަ މެކްޑިލް އެއާފޯސް ބޭސް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ހުރިހާ އިންޒާރު ތަކަކީ ވެސް ސީރިއަސް އިންޒާރުތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، އެ ބޭސްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. މި ބޭސްގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑް މަރުކަޒު ހިންގަ އެވެ. 

ލިބުނު އިންޒާރުގެ ތަފްސީލެއް، އަދި އަޅަމުން އަންނަ ރައްކާތެރި ކަމުގެ ފިޔަވަޅު ތަކުގެ އެއްވެސް ތަފްސީލެއް ބޭސް އިން ހާމަ ކޮށްފައި ނުވެ އެވެ. އެހެން ނަމަވެސް، މައުލޫމާތު ލިބެމުން އަންނަ މިންވަރަކު އިތުރު ތަފްސީލް ހާމަ ކުރާނެ ކަމަށް ބުނެފައިވެ އެެވެ. 

އެ އެންގުން އަންގާފައި ވަނީ މި ހަފުތާގެ ކުރީ ކޮޅު، އެ ބޭސްގެ ރައްކާތެރި ކަމުގެ ދަރަޖް އެފްޕީކޮން ޗާލީ އަށް މަތި ކުރުމަށް ފަހު އެވެ. ހޯމަ ދުވަހު ކުރި ޕޯސްޓެއްގައި މެކްޑިލް ވޭސް އިން ބުނީ، މި ފިޔަވަޅަކީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ކުރިން ވިސްނައިގެން އަޅަން ފުރުސަތު ލިބޭ ގޮތަށް އަޅާ ފިޔަވަޅެއް ކަމަށެވެ. 

ހުރިހާ މުވައްޒަފުންނަށް ވަރަށް ސަމާލުކަމާ އެކު ތިބުމަށާއި، ރައްކާތެރި ކަމުގެ ބާރު ތަކުގެ އިރުޝާދު ތަކަށް ސަމާލުކަން ދިނުމާ އެކު، ޞައްޙަ މައުލޫމާތު ވަގުތުން ރިޕޯޓު ކުރުމަށް ވެސް އަންގާފައިވެ އެވެ. 

ސެންޓްރަލް ކޮމާންޑް މަރުކަޒަކީ އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގައި މުހިންމު ދައުރެއް އަދާ ކުރާ މަރުކަޒެކެވެ. އެމެރިކާ އިން އީރާންއާ ދެކޮޅަށް ހިންގާ ހަނގުރާމަ އާއި ދެމުން އަންނަ ހަމަލާ ތަކުގެ އޮޕަރޭޝަން އެޕިކް ފިއުރީގެ ޙަރަކާތްތައް ވެސް މި މަރުކަޒުން ކޯޑިނޭޓު ކުރެ އެވެ. 

މިއީ ފަހަކަށް އައިސް އެމެރިކާގެ އަސްކަރީ ބޭސް ތަކަށް ލިބެމުންދާ އިންޒާރުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ހިނގި ހާދިސާ އެކެވެ.

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާފްލޮރިޑާސެންޓްރަލް ކޮމާންޑް

އިތުރަށް ކިޔާލަން

19 މާރިޗު 2026

އީރާން އިން ހުރިހާ ރަތް ރޮނގު ހުރަސް ކޮށްފި: ޤަތަރު

19 މާރިޗު 2026
އީރާން އިން ހުރިހާ ރަތް ރޮނގު ހުރަސް ކޮށްފި: ޤަތަރު
18 މާރިޗު 2026

އީރާންގެ އިންޓެލިޖެންސް މިނިސްޓަރު އަވަހާރަ ކޮށްލައިފިން: އިޒްރޭލްގެ ޑިފެންސް މިނިސްޓަރު

18 މާރިޗު 2026
އީރާންގެ އިންޓެލިޖެންސް މިނިސްޓަރު އަވަހާރަ ކޮށްލައިފިން: އިޒްރޭލްގެ ޑިފެންސް މިނިސްޓަރު
18 މާރިޗު 2026

އިތުރު ހުއްދައެއް ހޯދުމަކާ ނުލައި، އީރާންގެ އިސްވެރިންނަށް ހަމަލާ ދިނުމަށް އިޒްރޭލްގެ އަސްކަރިއްޔާ އަށް އަންގައިފި

18 މާރިޗު 2026
އިތުރު ހުއްދައެއް ހޯދުމަކާ ނުލައި، އީރާންގެ އިސްވެރިންނަށް ހަމަލާ ދިނުމަށް އިޒްރޭލްގެ އަސްކަރިއްޔާ އަށް އަންގައިފި
18 މާރިޗު 2026

ލަރިޖާނީ އަވަހާރަ ކޮށްލުން ރަޝިޔާ އިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި

18 މާރިޗު 2026
ލަރިޖާނީ އަވަހާރަ ކޮށްލުން ރަޝިޔާ އިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި
18 މާރިޗު 2026

އީރާންގެ އިންޓެލިޖެންސް މިނިސްޓަރަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

18 މާރިޗު 2026
އީރާންގެ އިންޓެލިޖެންސް މިނިސްޓަރަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު