Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ލަރިޖާނީ އަވަހާރަ ކޮށްލުމަަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ޗައިނާ އިން ބުނެފި

އީރާންގެ ދައުލަތުގެ އިސްވެރިން އަވަހާރަ ކޮށްލުމާއި، އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ އެއްގޮތަކަށް ވެސް ބަލައި ގަނެވާނެ އަމަލު ތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މާރިޗު 2026 | ބުރާސްފަތި 10:53
ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އީރާންގެ ކުރީގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އީރާންގެ ކުރީގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ | ރޮއިޓާސް

އިޒްރޭލް އިން ދިން ހަމަލާ ތަކެއްގައި އީރާންގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ އިސްވެރިޔާ އަލީ ލަރިޖާނީ އަވާހަރަ ކޮށްލި ހާދިސާ ޗައިނާ އިން ކުށްވެރި ކޮށްފަ އެވެ. 

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ބައިނަލްއަޤުވާމީ ގުޅުން ތަކުގައި ބާރުގެ ބޭނުން ކުރުމާ ޗައިނާ  އިން އަބަދު ވެސް ދެކޮޅު ހަދާ ކަމަށެވެ. އަދި އީރާންގެ ދައުލަތުގެ އިސްވެރިން އަވަހާރަ ކޮށްލުމާއި، އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ އެއްގޮތަކަށް ވެސް ބަލައި ގަނެވާނެ އަމަލު ތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ލަރިޖާނީ އަވަހާރަ ކޮށްލި ހާދިސާއާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު އިތުރަށް ވިދާޅުވީ، މިފަދަ އަމަލު ތަކުގެ ސަބަބުން ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސް ވެގެން ދާނެ ކަމަށެވެ. ޗައިނާ އިން ވަނީ، އިޒްރޭލް އިން ދިން އެ ހަމަލާ އަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ. 

އިޒްރޭލް އިން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ނުތަނަސްވެފައިވާއިރު، ޗައިނާ އިން ވަނީ ހުރިހާ ފަރާތް ތަކުން ވެސް ކެތްތެރިކަން އިސް ކުރުމަށް ގޮވާލައިފަ އެވެ. ނަމަވެސް، އީރާންގެ އިސްވެރިންނަށް އަމާޒުކޮށް ދޭ ހަމަލާ ތަކަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ބޮޑު ހުރަކެއް ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީ އިން ދެކެ އެވެ. 

ލަރިޖާނީ އަވަހާރަ ކޮށްލުމާ ގުޅިގެން، އީރާން އިން ވަނީ އެކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. ލަރިޖާނީ އަކީ އީރާންގެ އަސްކަރިއްޔާގެ އިތުރުން، ސިޔާސީ މައިދާނުގައި ވެސް ވަރަށް ނުފޫޒު ގަދަ ބޭފުޅެކެވެ. ބުދަ ދުވަހު އީރާން އިން ވަނީ ލަރިޖާނީގެ ޖަނާޒާ ބާއްވައިފަ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޢަލީ ލަރިޖާނީޗައިނާ-އީރާން

އިތުރަށް ކިޔާލަން

19 މާރިޗު 2026

ކެތްތެރި ވެގެން ތިބެވޭނީ ވަކި ވަރަކަށް، ކެތްތެރިކަން ކޮޅުން ލާނެ ދުވަހެއް ނޭނގޭ: ސައުދީގެ ފޮރިން މިނިސްޓަރު

19 މާރިޗު 2026
ކެތްތެރި ވެގެން ތިބެވޭނީ ވަކި ވަރަކަށް، ކެތްތެރިކަން ކޮޅުން ލާނެ ދުވަހެއް ނޭނގޭ: ސައުދީގެ ފޮރިން މިނިސްޓަރު
19 މާރިޗު 2026

ރޫބިއޯ އާއި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހުމާ އެކު، ބިރުވެރިކަން ބޮޑު ވެއްޖެ

19 މާރިޗު 2026
ރޫބިއޯ އާއި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހުމާ އެކު، ބިރުވެރިކަން ބޮޑު ވެއްޖެ
19 މާރިޗު 2026

އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ

19 މާރިޗު 2026
އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ
19 މާރިޗު 2026

ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވަނީ

19 މާރިޗު 2026
ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވަނީ
19 މާރިޗު 2026

ރައްދުގައި އީރާން އިން ދިން ހަމަލާތަކާ ގުޅިގެން ޓްރަމްޕް ފަސް ޖެހިއްޖެ، ވިދާޅުވީ ސައުތު ޕާސް އަށް އިޒްރޭލް އިން އިތުރު ހަމަލާއެއް ނުދޭނެ ކަމަށް

19 މާރިޗު 2026
ރައްދުގައި އީރާން އިން ދިން ހަމަލާތަކާ ގުޅިގެން ޓްރަމްޕް ފަސް ޖެހިއްޖެ، ވިދާޅުވީ ސައުތު ޕާސް އަށް އިޒްރޭލް އިން އިތުރު ހަމަލާއެއް ނުދޭނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު