Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންއާ ދެކޮޅަށް ޓްރަމްޕް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އެމެރިކާގެ ކައުންޓަޓެރަރިޒަމް ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި

ސޯޝަލް މީޑިއާގައި އާންމު ކުރެއްވި އިސްތިއުފާގެ ސިޓީގައި ޖޯ ކެންޓް ވިދާޅުވީ، މިހާރު ކުރިއަށްދާ ހަނގުރާމަ އަށް ތާއީދު ކުރުމަކީ އޭނާގެ ޟަމީރު ޤަބޫލު ކުރާ ކަމެއް ނޫން ކަމަށް. އީރާންގެ ފަރާތުން އެމެރިކާ އަށް ކުރިމަތިވާ ނުރައްކަލެއް ނެތް ކަމަށާއި، އެ ހަނގުރާމަ ފަށަން ޖެހުނީ އިޒްރޭލް އާއި އެމެރިކާގައި އޮންނަ އިޒްރޭލްގެ ނުފޫޒު ގަދަ ލޮބީ ގުރޫޕު ތަކުގެ ފިއްތުން ތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މާރިޗު 2026 | އަންގާރަ 15:35
އެމެރިކާގެ ނޭޝަނަލް ކައުންޓަޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު މަގާމުން އިސްތިއުފާ ދެއްވި ޖޯ ކެންޓް އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ނޭޝަނަލް ކައުންޓަޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު މަގާމުން އިސްތިއުފާ ދެއްވި ޖޯ ކެންޓް އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓާސް

އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރިއަށް ގެންދާ ހަނގުރާމައާ ގުޅިގެން، އެމެރިކާގެ ނޭޝަނަލް ކައުންޓަޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖޯ ކެންޓް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ނޭޝަނަލް ކައުންޓަޓެރަރިޒަމް ސެންޓަރަކީ ޓެރަރިޒަމްގެ ނުރައްކާތަކާ ގުޅޭ ގޮތުން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށާއި، ޑިރެކްޓަރު އޮފް ނޭޝަނަލް އިންޓެލިޖެންސް އަށް ލަފާދޭ މުހިންމު އިދާރާ އެކެވެ.

ސޯޝަލް މީޑިއާގައި އާންމު ކުރެއްވި އިސްތިއުފާގެ ސިޓީގައި ޖޯ ކެންޓް ވިދާޅުވީ، މިހާރު ކުރިއަށްދާ ހަނގުރާމަ އަށް ތާއީދު ކުރުމަކީ އޭނާގެ ޟަމީރު ޤަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ. އީރާންގެ ފަރާތުން އެމެރިކާ އަށް ކުރިމަތިވާ ނުރައްކަލެއް ނެތް ކަމަށާއި، އެ ހަނގުރާމަ ފަށަން ޖެހުނީ އިޒްރޭލް އާއި އެމެރިކާގައި އޮންނަ އިޒްރޭލްގެ ނުފޫޒު ގަދަ ލޮބީ ގުރޫޕު ތަކުގެ ފިއްތުން ތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ބޭރުގެ އެހެން ޤައުމުތަކާ ދެކޮޅަށް ކުރާ ހަނގުރާމަތައް ހުއްޓާލުމަށް ރައީސް ޓްރަމްޕް މީގެ ކުރިން ވެވަޑައިގެންފައިވާ ވައުދު ތަކަށް ކެންޓް ވަނީ އިޝާރާތް ކުރައްވައިފަ އެވެ. 

މިއީ އީރާންގެ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާގެ ސަރުކާރުން އިސްތިއުފާ ދެއްވި ފުރަތަމަ ބޭފުޅާ އެވެ.

މަސްދަރު: ބީބީސީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

17 މާރިޗު 2026

ލަރިޖާނީގެ އެކައުންޓުން ލިޔުމެއް ޕޯސްޓު ކޮށްފި، އީރާންގެ ރަސްމީ ބަހެއް ނެތް

17 މާރިޗު 2026
ލަރިޖާނީގެ އެކައުންޓުން ލިޔުމެއް ޕޯސްޓު ކޮށްފި، އީރާންގެ ރަސްމީ ބަހެއް ނެތް
17 މާރިޗު 2026

އީރާންގެ ބަސީޖް ފޯސްގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

17 މާރިޗު 2026
އީރާންގެ ބަސީޖް ފޯސްގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
17 މާރިޗު 2026

މެދު އިރުމަތިން އެމެރިކާގެ ސިފައިން ބޭރުވާން ޖެހޭ، ސަލާމަތާއި ރައްކާތެރިކަން ހޯދާނީ ސަރަހައްދުގެ ޤައުމު ތަކުން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

17 މާރިޗު 2026
މެދު އިރުމަތިން އެމެރިކާގެ ސިފައިން ބޭރުވާން ޖެހޭ، ސަލާމަތާއި ރައްކާތެރިކަން ހޯދާނީ ސަރަހައްދުގެ ޤައުމު ތަކުން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
17 މާރިޗު 2026

ޚަރްޖް އައިލެންޑަށް ހަމަލާ ދީފި ނަމަ، ރައްދުގައި ވަރުގަދަ ހަމަލާ ތަކެއްދީ އެ ޤައުމެއްގެ ތެލުގެ ވަސީލަތްތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

17 މާރިޗު 2026
ޚަރްޖް އައިލެންޑަށް ހަމަލާ ދީފި ނަމަ، ރައްދުގައި ވަރުގަދަ ހަމަލާ ތަކެއްދީ އެ ޤައުމެއްގެ ތެލުގެ ވަސީލަތްތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި
17 މާރިޗު 2026

ހަނގުރާމައާ ގުޅިގެން އެއްވެސް ހާސް ކަމެއް ނެތް، ތެލުގެ ދަތި ކަމެއް ވެސް ނެތް! އެކަމަކު ތެލުގެ އަގު އެންމެ ބޮޑު ކުރި ޤައުމު ތަކުގެ ހަތް ވަަނައިގައި ރާއްޖެ!

17 މާރިޗު 2026
ހަނގުރާމައާ ގުޅިގެން އެއްވެސް ހާސް ކަމެއް ނެތް، ތެލުގެ ދަތި ކަމެއް ވެސް ނެތް! އެކަމަކު ތެލުގެ އަގު އެންމެ ބޮޑު ކުރި ޤައުމު ތަކުގެ ހަތް ވަަނައިގައި ރާއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު