Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ރައްދުގައި އީރާން އިން ދިން ހަމަލާތަކާ ގުޅިގެން ޓްރަމްޕް ފަސް ޖެހިއްޖެ، ވިދާޅުވީ ސައުތު ޕާސް އަށް އިޒްރޭލް އިން އިތުރު ހަމަލާއެއް ނުދޭނެ ކަމަށް

އެކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، ވަރަށް އަގު ހުރި އަދި މުހިންމު ތަނެއްގެ ގޮތުގައި ބެލެވޭ ސައުތު ޕާސް ފީލްޑް އަށް އިޒްރޭލް އިން ދެން އިތުރު ހަމަލާއެއް ނުދޭނެ ކަމަށް. ނަމަވެސް، ޤަތަރަށް ހަމަލާ ދިނުމަކީ އީރާން އިން ނިންމު ބުއްދިވެރި ނިންމުމެއް ނޫން ކަަމަށާއި، އެއްވެސް ކުށެއް ނެތް ޤަތަރަށް އިތުރު ހަމަލާއެއް ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 06:51
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާންގެ ސައުތު ޕާސް ގޭސް ފީލްޑް އަށް އިޒްރޭލް އިން ދިން ހަމަލާ އަކީ އެމެރިކާ އަށް އެނގިގެން ދީފައިވާ ހަމަލާއެއް ނޫން ކަމަށާއި، އެ ހަމަލާގައި ޤަތަރުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ޓްރަމްޕް، އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާންގެ ސައުތު ޕާސް ގޭސް ފީލްޑް އަށް ވަރުގަދަ ހަމަލާއެއް ދީފައިވާ ކަމަށެވެ. ނަމަވެސް، އެ ހަމަލާގެ އެއްވެސް މައުލޫމާތެއް އެމެރިކާ އަށް ކުރިން ލިބިފައި ނުވާ ކަމަށާއި، އަދި ޤަތަރަކީ އެއްވެސް ސިފައެއްގައި އެކަމުގައި ބައިވެރިވި، ނުވަތަ އެފަދަ ކަމެއް ހިންގާފާނެ ކަމުގެ މައުލޫމާތު އެނގިފައި އޮތް ޤައުމެއް ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އިޒްރޭލްގެ ހަމަލާއާ ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އީރާން އިން ވަނީ، ޤަތަރުގެ ރަސް ލައްފާންގައި ހުންނަ ގޭސް ފެސިލިޓީ އަކަށް ހަމަލާ ދީފަ އެވެ. އެކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، ވަރަށް އަގު ހުރި އަދި މުހިންމު ތަނެއްގެ ގޮތުގައި ބެލެވޭ ސައުތު ޕާސް ފީލްޑް އަށް އިޒްރޭލް އިން ދެން އިތުރު ހަމަލާއެއް ނުދޭނެ ކަމަށެވެ. ނަމަވެސް، ޤަތަރަށް ހަމަލާ ދިނުމަކީ އީރާން އިން ނިންމި ބުއްދިވެރި ނިންމުމެއް ނޫން ކަަމަށާއި، އެއްވެސް ކުށެއް ނެތް ޤަތަރަށް އިތުރު ހަމަލާއެއް ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕްގެ ޓުރުތު ސޯޝަލް މީޑިއާގައި އޭނާ ކުރެއްވި ޕޯސްޓު
ޓްރަމްޕްގެ ޓުރުތު ސޯޝަލް މީޑިއާގައި އޭނާ ކުރެއްވި ޕޯސްޓު

އެއާ އެކު، އީރާން އަށް ވަރުގަދަ އިންޒާރެއް ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ޤަތަރަށް އިތުރު ހަމަލާއެއް ދީފި ޙާލަތެއްގައި، އިޒްރޭލްގެ އެހީތެރިކަމާ އެކު ނުވަތަ އިޒްރޭލްގެ އެހީތެރިކަމާ ނުލައި ވިތަސް، އެމެރިކާ އިން ނިކުމެ ސައުތު ޕާސް ގޭސް ފީލްޑް އެއްކޮށް ގޮއްވާލާނެ ކަމަށެވެ. އަދި އެ ހަމަލާ އަކީ އީރާން އިން ދުވަހަކު ވެސް ދެކެފައި ނުވާ ފަދަ ބާރުގަދަ އަދި ނުރައްކާތެރި ހަމަލާ އަކަށް ވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

މި ހާދިސާއާ ގުޅިގެން މެދު އިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އިޒްރޭލް އިން އީރާންގެ ހަކަތަ އުފައްދާ މަރުކަޒު ތަކަށް ހަމަލާ ދިނުމާއި، އޭގެ ބަދަލުގައި އީރާން އިން ޤަތަރުގައި ހުރި ވަސީލަތް ތަކަށް ހަމަލާ ދިނުމަކީ ސަރަހައްދީ ހަމަ ޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސައުތު ޕާރސް ގޭސް ފީލްޑުއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ބޮޑު ގޭސް ސްޓޭޝަން އަށް އިޒްރޭލް އިން ހަމަލާ ދިނުމުން، ނުތަނަވަސްކަން ބޮޑު ވެއްޖެ

ދުނިޔޭގެ އެންމެ ބޮޑު ގޭސް ސްޓޭޝަން އަށް އިޒްރޭލް އިން ހަމަލާ ދިނުމުން، ނުތަނަވަސްކަން ބޮޑު ވެއްޖެ

19 މާރިޗު 2026
އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީގެ ފޮރިން މިނިސްޓަރު ދެއްވައިފި

އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީގެ ފޮރިން މިނިސްޓަރު ދެއްވައިފި

19 މާރިޗު 2026
ފްލޮރިޑާގައި ހުންނަ ސެންޓްރަލް ކޮމާންޑު ބޭސް އަށް އިންޒާރެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށައިފި

ފްލޮރިޑާގައި ހުންނަ ސެންޓްރަލް ކޮމާންޑު ބޭސް އަށް އިންޒާރެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށައިފި

19 މާރިޗު 2026
އީރާން އިން ހުރިހާ ރަތް ރޮނގު ހުރަސް ކޮށްފި: ޤަތަރު

އީރާން އިން ހުރިހާ ރަތް ރޮނގު ހުރަސް ކޮށްފި: ޤަތަރު

19 މާރިޗު 2026
ތެހެރާންގައި ބޭއްވި ލަރީޖާނީ އާއި އިތުރު ޝަހީދުންގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ

ތެހެރާންގައި ބޭއްވި ލަރީޖާނީ އާއި އިތުރު ޝަހީދުންގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ

18 މާރިޗު 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު