Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ރޫބިއޯ އާއި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހުމާ އެކު، ބިރުވެރިކަން ބޮޑު ވެއްޖެ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާއި ޕެންޓަގަންގެ ވެރިޔާ ދިރިއުޅުއްވާ އަސްކަރީ މަރުކަޒެއްގެ މަތިން ކާކުކަން ނޭނގޭ ޑްރޯންތަކެއް އުދުހުނު މައްސަލައެއް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަން ފަށައިފި. މި ހާދިސާއާ ގުޅިގެން އެ ދެ ބޭފުޅުންގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، އެހެން ތަނަކަށް ބަދަލުކުރުމާ މެދު މަޝްވަރާ ކުރެވުނު ނަމަވެސް، އަދި އެފަދަ ފިޔަވަޅެއް އަޅާފައެއް ނުވޭ. ސަލާމަތީ ބާރުތަކުން މިކަމަށް ބޮޑަށް ސަމާލުވެފައިވަނީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެމެރިކާގެ އެލާޓް ލެވެލް މަތިކޮށްފައިވާ ދަނޑިވަޅެއްގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 08:15
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި، ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި، ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު. | ގެޓީ އިމޭޖަސް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޫ ރޫބިއޯ އާއި، ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހެން ފެށުމާ އެކު، އެކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.

މިކަން ރިޕޯޓު ކޮށްފައި ވަނީ ވޮޝިންޓަން ޕޯސްޓުގަ އެވެ. އެކަމާ ގުޅޭ މައުލޫމާތު ހުރި ތިން މަސްދަރަކުން ބުދަ ދުވަހު ބުނެފައި ވަނީ، ފޯޓް މެކްނެއާ އަސްކަރީ މަރުކަޒުގެ މަތިން މިދިޔަ ހަފުތާގެ ތެރޭގައި ޑްރޯން ތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެއީ ގޮތް ނޭނގޭ ޑްރޯން ތަކެއް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. 

ވޮޝިންޓަން ޕޯސްޓުގައި ބުނެފައި ވަނީ އެ ޑްރޯން ތަކަކީ ކޮން ބައެއްގެ އެއްޗެއް ކަމެއް، ނުވަތަ ކޮން ތަނަކުން އައި އެއްޗެއް ކަމެއް އެމެރިކާގެ އޮފިޝަލުންނަށް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ރޫބިއޯ އާއި ހެގްސެތު އެހެން ތަނަކަށް ބަދަލު ކުރުމާ މެދު އޮފިޝަލުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް، ވޮޝިންޓަން ޕޯސްޓުގައި ބުނެފައިވެ އެވެ. ނަމަވެސް، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ، މިހާތަނަށް ރޫބިއޯ އާއި ހެގްސެތު އެހެން ތަނަކަށް ބަދަލު ކޮށްފައި ނުވާ ކަމަށެވެ. 

މި ހާދިސާ ދިމާވެފައި މި ވަނީ، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން، އެމެރިކާގެ އެލާޓް ލެވެލް ވެސް މަތި ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި، ޕެންޓަގަން އިން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. 

ޕެންޓަގަންގެ ތަރުޖަމާނު ސޯން ޕާނެލް ވަނީ، މި ހާދިސާއާ ގުޅިގެން ވޮޝިންޓަން ޕޯސްޓަށް މައުލޫމާތު ދިނުމަށް އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، ސާލަމަތީ ސަބަބު ތަކަށްޓަކައި ސެކްރެޓަރީ ހެގްސެތު ވަޑައިގަންނަވާ ތަންތަނާއި، އުޅުއްވާ ތަން ތަނުގެ މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށެވެ. އަދި އެ ފަދަ މައުލޫމާތުތައް ރިޕޯޓު ކުރުމަކީ، ނުހަނު ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާމާކޯ ރޫބިއޯ ޕީޓް ހެގްސެތު

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ

އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ

19 މާރިޗު 2026
ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވަނީ

ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވަނީ

19 މާރިޗު 2026
ރައްދުގައި އީރާން އިން ދިން ހަމަލާތަކާ ގުޅިގެން ޓްރަމްޕް ފަސް ޖެހިއްޖެ، ވިދާޅުވީ ސައުތު ޕާސް އަށް އިޒްރޭލް އިން އިތުރު ހަމަލާއެއް ނުދޭނެ ކަމަށް

ރައްދުގައި އީރާން އިން ދިން ހަމަލާތަކާ ގުޅިގެން ޓްރަމްޕް ފަސް ޖެހިއްޖެ، ވިދާޅުވީ ސައުތު ޕާސް އަށް އިޒްރޭލް އިން އިތުރު ހަމަލާއެއް ނުދޭނެ ކަމަށް

19 މާރިޗު 2026
ދުނިޔޭގެ އެންމެ ބޮޑު ގޭސް ސްޓޭޝަން އަށް އިޒްރޭލް އިން ހަމަލާ ދިނުމުން، ނުތަނަވަސްކަން ބޮޑު ވެއްޖެ

ދުނިޔޭގެ އެންމެ ބޮޑު ގޭސް ސްޓޭޝަން އަށް އިޒްރޭލް އިން ހަމަލާ ދިނުމުން، ނުތަނަވަސްކަން ބޮޑު ވެއްޖެ

19 މާރިޗު 2026
އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީގެ ފޮރިން މިނިސްޓަރު ދެއްވައިފި

އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީގެ ފޮރިން މިނިސްޓަރު ދެއްވައިފި

19 މާރިޗު 2026

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު