Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ކެތްތެރި ވެގެން ތިބެވޭނީ ވަކި ވަރަކަށް، ކެތްތެރިކަން ކޮޅުން ލާނެ ދުވަހެއް ނޭނގޭ: ސައުދީގެ ފޮރިން މިނިސްޓަރު

ކެތްތެރި ވެގެން ތިބެވޭނީ ވެސް ވަކި ވަރަކަށް ކަމަށް ޕްރިންސް ފައިޞަލް ވަނީ ވިދާޅުވެފައި. އެއާ އެކު ޕްރިން ފައިޞަލް ވިދާޅުވީ އެ ކެތްތެރިކަން ކޮޅުން ލާނީ އެއް ދުވަހުން ކަމެއް، ނުވަތަ ދެ ދުވަހުން ކަމެއް، ނުވަތަ ހަފުތާ އަކުން ކަމެއް ދަންނަވަން ބޭނުންފުޅު ނުވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 10:52
ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިޞަލް ބިން ފަރުޙާން.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިޞަލް ބިން ފަރުޙާން. | ގެޓީ އިމޭޖަސް

އީރާން އިން ސަރަހައްދުގެ ޤައުމު ތަކަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން، ކެތްތެރިކަމާ އެކު ތިބެވޭނީ ވަކި ވަރަކަށް ކަމަށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިޞަލް ބިން ފަރުޙާން ވިދާޅުވެއްޖެ އެވެ.

ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިޞަލް މިހެން ވިދާޅުވެފައި ވަނީ، ބުދަ ދުވަހު ސައުދީ އަރަބިއްޔާގެ ވެރި ރަށް ރިޔާޟުގައި ކުރިއަށް ދިޔަ ޖީސީސީ އާއި، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ފަހު އެވެ.

އީރާން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ޕްރިންސް ފައިޞަލް ވިދާޅުވީ، ސައުދީ އަރަބިއްޔާ އާއި އެ ޤައުމުގެ ބައިވެރިންނަކީ ވަރުގަދަ ޤާބިލުކަން ލިބިގެންވާ ބައެއް ކަމަށެވެ. ނަމަވެސް، މިހާތަނަށް ސައުދީ އިން ކެތްތެރިކަން ދައްކަމުން އައިކަން ފާހަގަ ކުރައްވައި ޕްރިންސް ފައިޞަލް ވިދާޅުވީ، ކެތްތެރި ކަމަކީ ވަކި އިންތަކެއް އޮތް ކަމެއް ކަމަށެވެ. 

ކެތްތެރި ވެގެން ތިބެވޭނީ ވެސް ވަކި ވަރަކަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެއާ އެކު ޕްރިން ފައިޞަލް ވިދާޅުވީ އެ ކެތްތެރިކަން ކޮޅުން ލާނީ އެއް ދުވަހުން ކަމެއް، ނުވަތަ ދެ ދުވަހުން ކަމެއް، ނުވަތަ ހަފުތާ އަކުން ކަމެއް ދަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. މިއީ އީރާން އަށް އަމާޒުކޮށް، ސައުދީގެ ފޮރިން މިނިސްޓަރު ޕްރިން ފައިޞަލް ދެއްވި ވަރަށް ވަރުގަދަ އިންޒާރެކެވެ. 

އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީގެ ފޮރިން މިނިސްޓަރު ދެއްވައިފި
Raajje.mv

އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީގެ ފޮރިން މިނިސްޓަރު ދެއްވައިފި

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެ ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ވެސް ވަނީ ހަމަލާ ދޭން ފަށައިފަ އެވެ. އެގޮތުން އީރާން އިން ވަނީ، ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސް ތަަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފަ އެވެ. އެ ހަމަލާތައް ހުއްޓުވުމުގެ ތެރޭގައި ބައެއް ޤައުމު ތަކަށް ގެއްލުންތައް ލިބިފައިވެ އެވެ.

އީރާން އިން ބުނެފައި ވަނީ އެ ޤައުމުން ސަރަހައްދީ އެެއްވެސް ޤައުމަކަށް އަމާޒުކޮށް ހަމަލާއެއް ނުދޭނެ ކަމަށެވެ. ނަމަވެސް، ސަރަހައްދުގެ ޤައުމު ތަކުގައި އެމެރިކާގެ އަސްކަރީ ބޭސްތައް ހުރުމަކީ، އީރާން އިން އަތް ބަނދެގެން އޮންނަން ޖެހޭ ސަބަބެއް ނޫން ކަމަށް އެ ޤައުމުން ބުނެފައިވެ އެވެ. އަދި އީރާންގެ ހަމަލާތައް އަމާޒު ކުރާނީ އެމެރިކާގެ އަސްކަރީ ބޭސް ތަކަށް ކަަމަށް އެ ޤައުމުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-ސައުދީ އަރަބިއްޔާސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރްޙާން

ކޮމެންޓް

އިތުރަށް ކިޔާލަން

ރޫބިއޯ އާއި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހުމާ އެކު، ބިރުވެރިކަން ބޮޑު ވެއްޖެ

ރޫބިއޯ އާއި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހުމާ އެކު، ބިރުވެރިކަން ބޮޑު ވެއްޖެ

19 މާރިޗު 2026
އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ

އީރާން އިން ގަސްދުގައި ހަމަލާ ދޭ ކަމަށް ވިދާޅުވެ، އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ މިނިސްޓަރުން އީރާންއާ ދެކޮޅަށް ތެދުވެއްޖެ

19 މާރިޗު 2026
ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވަނީ

ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވަނީ

19 މާރިޗު 2026
ރައްދުގައި އީރާން އިން ދިން ހަމަލާތަކާ ގުޅިގެން ޓްރަމްޕް ފަސް ޖެހިއްޖެ، ވިދާޅުވީ ސައުތު ޕާސް އަށް އިޒްރޭލް އިން އިތުރު ހަމަލާއެއް ނުދޭނެ ކަމަށް

ރައްދުގައި އީރާން އިން ދިން ހަމަލާތަކާ ގުޅިގެން ޓްރަމްޕް ފަސް ޖެހިއްޖެ، ވިދާޅުވީ ސައުތު ޕާސް އަށް އިޒްރޭލް އިން އިތުރު ހަމަލާއެއް ނުދޭނެ ކަމަށް

19 މާރިޗު 2026
ދުނިޔޭގެ އެންމެ ބޮޑު ގޭސް ސްޓޭޝަން އަށް އިޒްރޭލް އިން ހަމަލާ ދިނުމުން، ނުތަނަވަސްކަން ބޮޑު ވެއްޖެ

ދުނިޔޭގެ އެންމެ ބޮޑު ގޭސް ސްޓޭޝަން އަށް އިޒްރޭލް އިން ހަމަލާ ދިނުމުން، ނުތަނަވަސްކަން ބޮޑު ވެއްޖެ

19 މާރިޗު 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު