Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ދުނިޔޭގެ އެންމެ ބޮޑު ގޭސް ސްޓޭޝަން އަށް އިޒްރޭލް އިން ހަމަލާ ދިނުމުން، ނުތަނަވަސްކަން ބޮޑު ވެއްޖެ

ސައުތު ޕާސް އަށް ދިން ހަމަލާއާ ގުޅިގެން އޮމާން އިން ވަނީ އެކަން ކުށްވެރި ކޮށްފަ އެވެ، އަދި އެ ހަމަލާ އަކީ ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި އޮމާން އިން ސިފަ ކޮށްފައިވޭ. މީގެ އިތުރުން ޔޫއޭއީ އިން ބުނެފައި ވަނީ، އެ ހަމަލާ އަކީ ދުނިޔޭގެ ހަކަތައިގެ ރައްކާތެރި ކަމަށް ނުރައްކާ ވާނެ ހަމަލާއެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މާރިޗު 2026 | ބުރާސްފަތި 06:49
ސައުތު ޕާސް ގޭސް ފީލްޑް ފެސިލިޓީޒްގެ 15 ވަނަ އަދި 16 ވަނަ ފޭސްގެ ސަރަހައްދެއްގައި އެ ތަނުގެ މުވައްޒަފަކު ހިނގާފައި ދަނީ.

ސައުތު ޕާސް ގޭސް ފީލްޑް ފެސިލިޓީޒްގެ 15 ވަނަ އަދި 16 ވަނަ ފޭސްގެ ސަރަހައްދެއްގައި އެ ތަނުގެ މުވައްޒަފަކު ހިނގާފައި ދަނީ. | ރޮއިޓާސް

ދުނިޔޭގެ އެންމެ ބޮޑު ޤުދުރަތީ ގޭސް ސްޓޭޝަން ކަމަށްވާ، ސައުތު ޕާސްއާ ގުޅުން ހުރި އީރާންގެ މަރުކަޒު ތަކަކަށް އިޒްރޭލް އިން ހަމަލާ ދީފައިވާއިރު، އެކަމުގެ ސަބަބުން އީރާން އިން ވެސް ވަރުގަދަ ހަމަލާ ތަކެއް ދީފި އެވެ. 

ސައުތު ޕާސް އަށް ދިން ހަމަލާއާ ގުޅިގެން އޮމާން އިން ވަނީ އެކަން ކުށްވެރި ކޮށްފަ އެވެ، އަދި އެ ހަމަލާ އަކީ ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި އޮމާން އިން ސިފަ ކޮށްފައިވެ އެވެ. މީގެ އިތުރުން ޔޫއޭއީ އިން ބުނެފައި ވަނީ، އެ ހަމަލާ އަކީ ދުނިޔޭގެ ހަކަތައިގެ ރައްކާތެރި ކަމަށް ނުރައްކާ ވާނެ ހަމަލާއެއް ކަމަށެވެ. 

ދުނިޔޭގެ އެންމެ ބޮޑު ގޭސް ސްޓޭޝަން އަށް އިޒްރޭލް އިން ހަމަލާ ދީފައިވާއިރު، މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާންގެ ހަކަތައިގެ ވަސީލަތް ތަަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އިޒްރޭލްގެ މި ހަމަލާއާ ގުޅިގެން، އޭގެ ރައްދުގައި އީރާން ވަނީ މެދު އިރުމަތީގައި ހުރި މުހިންމު ހަަކަތައާ ގުޅުން ހުރި މަރުކަޒު ތަކަށް ހަމަލާ ދީފަ އެވެ. 

ސައުތު ޕާސް އަކީ 9700 އަކަ ކިލޯ މީޓަރުގެ ގޭސް ސްޓޭޝަންގެ ބައެއް ކަަމށްވާއިރު، މި ސްޓޭޝަން އީރާން އާއި ޤަތަރުން ހިއްސާ ކުރެ އެވެ. އީރާންގެ ސައުތު ޕާސް އަކީ މި ސްޓޭޝަންގެ ތިން ބައި ކުޅަ އެއް ބައި ކަމަށްވާއިރު، ޤަތަރުގެ ބަޔަށް ނޯތު ޑޯމް، ނުވަތަ ނޯތު ފީލްޑް ކިޔަ އެވެ. 

މި ގޭސް ސްޓޭޝަން އޮންނަނީ ޕާޝިއަން ގަލްފުގެ ދަށުގައި ކަމަށްވާއިރު، އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކުރުމާ ގުޅިގެން، ގާތް ގަނޑަކަށް 400 ކަނޑުދަތުރު ކުރާ ބޯޓުތައް ހުރީ މި ސަރަހައްދުގައި ހުއްޓިފައި އެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 އިންސައްތަ ކުރިއަށް ދަނީ ހޮރްމޫޒް ކަނޑު އޮޅިންނެވެ. 

މި ގޭސް ސްޓޭޝަންގައި އޮންނަ ޤުދުރަތީ ގޭސްގެ މިންވަރި، 14 އިން 51 ޓްރިލިއަން ކިއުބިކް މީޓަރަށް އަންދާޒާ ކުރެވިފައިވެ އެވެ. ބައިނަލްއަޤުވާމީ ހަކަތައާ ބެހޭ އެޖެންސީ އިން ބުނާ ގޮތުން، އީރާން އަކީ ދުނިޔޭގެ ހަތަރު ވަަނަ އަށް އެންމެ ބޮޑު ޤުދުރަތީ ގޭސް ބޭނުން ކުރާ ޤައުމެވެ.

ސައުތު ޕާސް އަކީ އީރާންގެ ހަކަތައާ ގުޅުން ހުރި ބިންގާ ކަމަށްވާއިރު، އީރާންގެ ކަރަންޓުގެ 80 އިންސައްތަ އުފައްދަނީ ގޭހުން ކަމަށާއި، އެ ގޭސްގެ ބޮޑުބައި ލިބެނީ ސައުތު ޕާސް އިން ކަމަށް ބައިނަލްއަޤުވާމީ ހަކަތައާ ބެހޭ އިދާރާ އިން ބުނެފައިވެ އެވެ. 

މަސްދަރު: އޭބީސީ ނިއުސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސައުތު ޕާރސް ގޭސް ފީލްޑު

އިތުރަށް ކިޔާލަން

19 މާރިޗު 2026

އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީގެ ފޮރިން މިނިސްޓަރު ދެއްވައިފި

19 މާރިޗު 2026
އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީގެ ފޮރިން މިނިސްޓަރު ދެއްވައިފި
19 މާރިޗު 2026

ފްލޮރިޑާގައި ހުންނަ ސެންޓްރަލް ކޮމާންޑު ބޭސް އަށް އިންޒާރެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށައިފި

19 މާރިޗު 2026
ފްލޮރިޑާގައި ހުންނަ ސެންޓްރަލް ކޮމާންޑު ބޭސް އަށް އިންޒާރެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށައިފި
19 މާރިޗު 2026

އީރާން އިން ހުރިހާ ރަތް ރޮނގު ހުރަސް ކޮށްފި: ޤަތަރު

19 މާރިޗު 2026
އީރާން އިން ހުރިހާ ރަތް ރޮނގު ހުރަސް ކޮށްފި: ޤަތަރު
18 މާރިޗު 2026

ތެހެރާންގައި ބޭއްވި ލަރީޖާނީ އާއި އިތުރު ޝަހީދުންގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ

18 މާރިޗު 2026
ތެހެރާންގައި ބޭއްވި ލަރީޖާނީ އާއި އިތުރު ޝަހީދުންގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ
18 މާރިޗު 2026

އީރާންގެ އިންޓެލިޖެންސް މިނިސްޓަރު އަވަހާރަ ކޮށްލައިފިން: އިޒްރޭލްގެ ޑިފެންސް މިނިސްޓަރު

18 މާރިޗު 2026
އީރާންގެ އިންޓެލިޖެންސް މިނިސްޓަރު އަވަހާރަ ކޮށްލައިފިން: އިޒްރޭލްގެ ޑިފެންސް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު