Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޓްރަމްޕްގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވަނީ

މި ދަތުރުފުޅުގައި ސާޖިއޯ ގޯ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ވަނީ ބެލެވިފައި. ނަމަވެސް، އެމެރިކާ އިން ވެސް އަދި ރާއްޖެ އިން ވެސް އެފަދަ ކަމެއް ފާހަގަ ކޮށްފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މާރިޗު 2026 | ބުރާސްފަތި 07:07
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ސާޖިއޯ ގޯ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ސާޖިއޯ ގޯ. | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު، ސާޖިއޯ ގޯ ދިވެހި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސާޖިއޯ ގޯ އަކީ އެމެރިކާގެ ފަރާތުން ދެކުނު އޭޝިއާ އަދި މެދު ތެރޭގެ އޭޝިއާ އަށް ކަނޑަ އަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބެވެ. ސަރަހައްދީ ޤައުމު ތަކަށް ކުރައްވާ ދަތުރުފުޅުގައި ބުރާސްފަތި ދުވަހު އޭނާ ވަނީ ސްރީ ލަންކާ އަށް ވަޑައިގެންފަ އެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ބުނެފައި ވަނީ، ސާޖިއޯ ގޯގެ މި ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ ޤައުމު ތަކާ އެކު އޮންނަ ގުޅުން ބަދަހި ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ބުރާސްފަތި ދުވަހު ފެއްޓެވި މި ދަތުރުފުޅު ކުރިއަށް ދާނީ މާޗު މަހުގެ 24 ވަނަ ދުވަހާ ހަމައަށެވެ. 

ސްރީ ލަންކާ އަށް ފަހު، ދެން ސާޖިއޯ ގޯ ވަޑައިގަންނަވާނީ ރާއްޖެ އެވެ. ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ އިސްވެެރިންނާ ބައްދަލު ކުރައްވައި، ދެ ޤައުމުގެ ދެ މެދުގައި އޮތް ބައިލެޓްރަލް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ސަލާމަތީ ދާއިރާ އިން އެއްބާރުލުން ދިނުމާއި، އުމްރާނީ ތަރައްޤީ އަދި އިޤްތިޞާދީ ކުރިއެރުމަށް އެމެރިކާ އިން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތައް ދެނެގަތުން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ދަތުރުފުޅުގައި ސާޖިއޯ ގޯ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ. ނަމަވެސް، އެމެރިކާ އިން ވެސް އަދި ރާއްޖެ އިން ވެސް އެފަދަ ކަމެއް ފާހަގަ ކޮށްފައި ނުވެ އެވެ. 

ސާޖިއޯ ގޯ ރާއްޖެ ވަޑައިގަންނަވާ މި ދުވަސްވަރު ދިމާވެފައި މި ވަނީ، އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާާންއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ދުވަސްވަރާ އެވެ. 

މަސްދަރު: ދި މޯނިންގް

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ރާއްޖެ-އެމެރިކާސާޖިއޯ ގޯއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

19 މާރިޗު 2026

ރައްދުގައި އީރާން އިން ދިން ހަމަލާތަކާ ގުޅިގެން ޓްރަމްޕް ފަސް ޖެހިއްޖެ، ވިދާޅުވީ ސައުތު ޕާސް އަށް އިޒްރޭލް އިން އިތުރު ހަމަލާއެއް ނުދޭނެ ކަމަށް

19 މާރިޗު 2026
ރައްދުގައި އީރާން އިން ދިން ހަމަލާތަކާ ގުޅިގެން ޓްރަމްޕް ފަސް ޖެހިއްޖެ، ވިދާޅުވީ ސައުތު ޕާސް އަށް އިޒްރޭލް އިން އިތުރު ހަމަލާއެއް ނުދޭނެ ކަމަށް
19 މާރިޗު 2026

ދުނިޔޭގެ އެންމެ ބޮޑު ގޭސް ސްޓޭޝަން އަށް އިޒްރޭލް އިން ހަމަލާ ދިނުމުން، ނުތަނަވަސްކަން ބޮޑު ވެއްޖެ

19 މާރިޗު 2026
ދުނިޔޭގެ އެންމެ ބޮޑު ގޭސް ސްޓޭޝަން އަށް އިޒްރޭލް އިން ހަމަލާ ދިނުމުން، ނުތަނަވަސްކަން ބޮޑު ވެއްޖެ
19 މާރިޗު 2026

އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީގެ ފޮރިން މިނިސްޓަރު ދެއްވައިފި

19 މާރިޗު 2026
އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީގެ ފޮރިން މިނިސްޓަރު ދެއްވައިފި
19 މާރިޗު 2026

ފްލޮރިޑާގައި ހުންނަ ސެންޓްރަލް ކޮމާންޑު ބޭސް އަށް އިންޒާރެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށައިފި

19 މާރިޗު 2026
ފްލޮރިޑާގައި ހުންނަ ސެންޓްރަލް ކޮމާންޑު ބޭސް އަށް އިންޒާރެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށައިފި
19 މާރިޗު 2026

އީރާން އިން ހުރިހާ ރަތް ރޮނގު ހުރަސް ކޮށްފި: ޤަތަރު

19 މާރިޗު 2026
އީރާން އިން ހުރިހާ ރަތް ރޮނގު ހުރަސް ކޮށްފި: ޤަތަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު