Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީގެ ފޮރިން މިނިސްޓަރު ދެއްވައިފި

ސައުދީގެ ފޮރިން މިނިސްޓަރު ވިދާޅުވީ، ހަނގުރާމައިގެ ކުރިން އީރާން އާއި ސައުދީއާ ދެމެދު އޮތް ކުޑަ ކުޑަ އިތުބާރު ވެސް މިހާރު މުޅިން ނެތިގޮސްފައިވާ ކަމަށް. އަދި އީރާން އަށް ކުރަމުން އަންނަ ކަންތައްތަކާއި، އެ ޤައުމުން ނިންމަމުން އަންނަ ނިންމުންތައް އަލުން މުރާޖައާ ކުރުމަށް ވެސް ފޮރިން މިނިސްޓަރު ގޮވާލެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 05:33
ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިޞަލް ބިން ފަރުޙާން

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިޞަލް ބިން ފަރުޙާން | ރޮއިޓާސް

އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ހައްގު ސައުދީ އަރަބިއްޔާ އަށް ލިބިގެންވާ ކަމަށް ވިދާޅުވެ، އެ ޤައުމުގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިޞަލް ބިން ފަރުޙާން ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ. 

ސައުދީގެ ވެރި ރަށް ރިޔާޟުގައި ބުދަ ދުވަހުގެ ރޭ އޮތް އަރަބި އަދި އިސްލާމީ ޤައުމު ތަކުގެ ފޮރިން މިނިސްޓަރުންގެ ކުއްލި ބައްދަލުވުމަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައުދީގެ ފޮރިން މިނިސްޓަރު ވިދާޅުވީ، ހަނގުރާމައިގެ ކުރިން އީރާން އާއި ސައުދީއާ ދެމެދު އޮތް ކުޑަ ކުޑަ އިތުބާރު ވެސް މިހާރު މުޅިން ނެތިގޮސްފައިވާ ކަމަށެވެ. އަދި އީރާނުން ކުރަމުން އަންނަ ކަންތައްތަކާއި، އެ ޤައުމުން ނިންމަމުން އަންނަ ނިންމުންތައް އަލުން މުރާޖައާ ކުރުމަށް ވެސް ފޮރިން މިނިސްޓަރު ގޮވާލެއްވި އެވެ. 

އީރާން އިން މިދިޔަ ބުދަ ދުވަހު ސައުދީގެ ތެޔޮ ސާފު ކުރާ ކާރުޚާނާ އަކަށް ހަމަލާ ދީފައިވާކަން ފާހަގަ ކުރައްވައި ޕްރިންސް ފައިޞަލް ވިދާޅުވީ، އެފަދަ ހަމަލާ ތަކުގެ ބޭނުމަކީ ކޮބައިތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި އެފަދަ އަމަލު ތަކުގެ ނަތީޖާ ހިތްދަތި ވާނެކަން އީރާން އިން ދަންނަން ޖެހޭ ކަމަށް ވެސް ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިޞަލް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިޞަލް ވިދާޅުވީ، ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ޤައުމު ތަކަށް ފިއްތުންތައް ކުރިމަތި ކުރެވިދާނެ ކަމަށް އީރާން އިން ހީކުރުމަކީ، ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އީރާން އިން ކުރިމަތި ކުރާ މިފަދަ ފިއްތުން ތަކުގެ ސަބަބުން، ސިޔާސީ ގޮތުންނާއި، އަޚުލާޤީ ގޮތުން އެ ޤައުމަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށާއި، ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި އަސްކަރީ ފިޔަވަޅު އެޅުމުގެ ޙައްޤު ސައުދީ އިން ދަމަހައްޓާނެ ކަމުގެ އިންޒާރު ވެސް ޕްރިންސް ފައިޞަލް ދެއްވި އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ރައްދުގައި އީރާން އިން ވެސް ގެންދަނީ ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. އެގޮތުން އީރާން އިން އެންމެ ގިނަ ހަމަލާތައް އަމާޒު ކުރަނީ މެދު އިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސް ތަަކަށެވެ. އަދި އެމެރިކާގެ އެމްބަސީ ތަަކަށް ވެސް އީރާން އިން ހަަަމަަލާ އަމާޒު ކުރާއިރު، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވެސް މީގެ ކުރިން ވަނީ އީރާންގެ ހަމަލާތައް ކުށްވެރި ކުރާ ކަމަށް ވިދާޅުވެފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލް-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސައޫދީ އަރަބިއްޔާސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރްޙާންއީރާން-ސައުދީ އަރަބިއްޔާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފްލޮރިޑާގައި ހުންނަ ސެންޓްރަލް ކޮމާންޑު ބޭސް އަށް އިންޒާރެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށައިފި

ފްލޮރިޑާގައި ހުންނަ ސެންޓްރަލް ކޮމާންޑު ބޭސް އަށް އިންޒާރެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށައިފި

19 މާރިޗު 2026
އީރާން އިން ހުރިހާ ރަތް ރޮނގު ހުރަސް ކޮށްފި: ޤަތަރު

އީރާން އިން ހުރިހާ ރަތް ރޮނގު ހުރަސް ކޮށްފި: ޤަތަރު

19 މާރިޗު 2026
ތެހެރާންގައި ބޭއްވި ލަރީޖާނީ އާއި އިތުރު ޝަހީދުންގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ

ތެހެރާންގައި ބޭއްވި ލަރީޖާނީ އާއި އިތުރު ޝަހީދުންގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ

18 މާރިޗު 2026
އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އީރާނުން އަމުރުކޮށްފި

އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އީރާނުން އަމުރުކޮށްފި

18 މާރިޗު 2026
އީރާންގެ އިންޓެލިޖެންސް މިނިސްޓަރު އަވަހާރަ ކޮށްލައިފިން: އިޒްރޭލްގެ ޑިފެންސް މިނިސްޓަރު

އީރާންގެ އިންޓެލިޖެންސް މިނިސްޓަރު އަވަހާރަ ކޮށްލައިފިން: އިޒްރޭލްގެ ޑިފެންސް މިނިސްޓަރު

18 މާރިޗު 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު