Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން

އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ވަޙީދު އިސްތިއުފާ ދެއްވީ އެމަނިކުފާނު އަންގަވައިގެން ކަމަށް، ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީ އިން އެ ސުވާލު ކުރުމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ މައްސަލަ ސަމާލުކަމަށް އައުމާ އެކު، އިސްތިއުފާ ދެއްވުމަށް ރައީސް ވަޙީދަށް އެމަނިކުފާނު އެންގެވި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މާރިޗު 2026 | ހޯމަ 11:34
ރައީސް މުޢިއްްޒު އާއި، ކުރީގެ ރައީސް ވަޙީދު ކުރެއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން

ރައީސް މުޢިއްްޒު އާއި، ކުރީގެ ރައީސް ވަޙީދު ކުރެއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން | ރައީސް އޮފީސް

އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ކުރީގެ ރައީސް ޑޮކްޓަރު މުޙައްމަދު ވަޙީދު ޙަސަން މަގާމުން އިސްތިއުފާ ދެއްވީ، އެމަނިކުފާނު އަންގަވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން އެޕްސްޓީންގެ ފައިލްތައް އާންމު ކުރިއިރު، ރައީސް ވަޙީދު އާއި އެޕްސްޓީންއާ ދެމެދު ގާތް ގުޅުންތަކެއް އޮތް ކަމަށް ވަނީ ހާމަވެފަ އެވެ. އޭރު ވަޙީދު ހުންނެވީ، ރައީސް މުޢިއްޒުގެ ޚާއްސަ މުޝީރުގެ މަޤާމުގަ އެވެ. 

އެ ފައިލް ތަކުގައިވާ ގޮތުން، ރައީސް ވަޙީދު ވެރިކަމުގެ ހުވާ ކުރެއްވުމާ އެކު އެމަނިކުފާނަށް މަރުޙަބާ ކިޔައި މެސެޖު ކުރި މީހުންގެ ތެރޭގައި އެޕްސްޓީން ވެސް ހިމެނެ އެވެ. މީގެ އިތުރުން އެޕްސްޓީންގެ ޕްރައިވެޓު ރަށެއް ރާއްޖޭގައި ތަރައްޤީ ކުރުމުގެ މަޝްވަރާތައް ވެސް ކޮށްފައިވާއިރު، އެޕްސްޓީން މެދުވެރިކޮށް ފޮތަކަށް ފަންޑު ހޯދުމަށް ވެސް ވަޙީދު ވަނީ މަސައްކަތް ކުރައްވައިފަ އެވެ. 

އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ޑރ. ވަހީދު ގެ ނަން މަދުވެގެން 240 ފަހަރު، ވަހީދު އާއި އެޕްސްޓީން އަކީ ވަރަށް ގާތް ދެ މީހުން، ވަހީދުގެ އިންތިޚާބުގައި އެޕްސްޓީންގެ އެހީތެރިކަން!
Raajje.mv

އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ޑރ. ވަހީދު ގެ ނަން މަދުވެގެން 240 ފަހަރު، ވަހީދު އާއި އެޕްސްޓީން އަކީ ވަރަށް ގާތް ދެ މީހުން، ވަހީދުގެ އިންތިޚާބުގައި އެޕްސްޓީންގެ އެހީތެރިކަން!

މީގެ އިތުރުން އެކި ފަހަރު މަތިން ރައީސް ވަޙީދު، އެޕްސްޓީންއާ ބައްދަލު ކުރައްވާފައިވާ ކަމަށް ވެސް ވަނީ ހާމަވެފަ އެވެ. އެގޮތުން ރައީސް ވަޙީދު ވެރިކަަމަށް ވަޑައިގެންނެވުމުގެ ކުރިން، އެޕްސްޓީންގެ ގޭގައި ވެސް ވަނީ އޭނާއާ ބައްދަލު ކޮށްފަ އެވެ. އޭގެ ފަހުން ވެރި ކަަމަށް ވަޑައިގެން، އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުގައި ވެސް ވަނީ އެޕްސްޓީންއާ ބައްދަލު ކުރައްވައިފަ އެވެ.

އާންމުންގެ ގިނަ ފާޑު ކިޔުން ތަކެއް އަމާޒުވީއިރު ވެސް، އެ މައްސަލައާ ގުޅިގެން ރައީސް މުޢިއްޒު، ވަޙީދު މަގާމުން ވަކި ކުރައްވާފައި ނުވެ އެވެ. އޭގެ ދުވަސް ތަކެއް ފަހުން، ފެބްރުވަރީ މަހުގެ ތިން ވަނަ ދުވަހު ވަޙީދު ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީ އިން އެ ސުވާލު ކުރުމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ މައްސަލަ ސަމާލުކަމަށް އައުމާ އެކު، އިސްތިއުފާ ދެއްވުމަށް ރައީސް ވަޙީދަށް އެމަނިކުފާނު އެންގެވި ކަމަށެވެ. އެހެންކަމުން، މަގާމުން ވަކި ކުރެއްވުމުގެ ބަދަލުގައި، އިސްތިއުފާ ދެއްވުމުގެ ފުރުސަތު ރައީސް މުޢިއްޒު ދެއްވާފައިވާކަން މި ވަނީ ހާމަވެފަ އެވެ.

ޖެފްރީ އެޕްސްޓީންއެޕްސްޓީން ފައިލްސްއެޕްސްޓީން-ޑރ.ވަހީދުކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2026

ހޮޓް ޓަބެއްގައި އިނީ ކޮން އަންހެނެއް ކަމެއް ނޭނގޭ، ޖިންސީ އެއްވެސް ގުޅުމެއް ނުހިންގަން: ބިލް ކްލިންޓަން

28 ފެބުރުއަރީ 2026
ހޮޓް ޓަބެއްގައި އިނީ ކޮން އަންހެނެއް ކަމެއް ނޭނގޭ، ޖިންސީ އެއްވެސް ގުޅުމެއް ނުހިންގަން: ބިލް ކްލިންޓަން
27 ފެބުރުއަރީ 2026

އެޕްސްޓީންގެ މައްސަލާގައި ހިލަރީ ކްލިންޓަން ކޮންގްރެސްއަށް ހާޒިރުކޮށްފި

27 ފެބުރުއަރީ 2026
އެޕްސްޓީންގެ މައްސަލާގައި ހިލަރީ ކްލިންޓަން ކޮންގްރެސްއަށް ހާޒިރުކޮށްފި
27 ފެބުރުއަރީ 2026

އެޕްސްޓީންގެ މައްސަލައިގައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި އަނބިކަނބަލުން ހިލަރީ އާ ސުވާލު ކުރަން މަޖިލީހަށް ހާޒިރު ކުރަނީ

27 ފެބުރުއަރީ 2026
އެޕްސްޓީންގެ މައްސަލައިގައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި އަނބިކަނބަލުން ހިލަރީ އާ ސުވާލު ކުރަން މަޖިލީހަށް ހާޒިރު ކުރަނީ
24 ފެބުރުއަރީ 2026

ހައްޔަރު ކުރިތާ ގިނައިރު ތަކެއް ނުވަނީސް، ކަފާލާތުގެ ދަށުން މެންޑެލްސަން ދޫކޮށްލައިފި

24 ފެބުރުއަރީ 2026
ހައްޔަރު ކުރިތާ ގިނައިރު ތަކެއް ނުވަނީސް، ކަފާލާތުގެ ދަށުން މެންޑެލްސަން ދޫކޮށްލައިފި
23 ފެބުރުއަރީ 2026

ދައުލަތުގެ މަގާމެއްގައި ހުރެ ހިންގި ނަހަމަ އަމަލުތަކެއްގެ ތުހުމަތުގައި، އިނގިރޭސިވިލާތުގެ ކުރީގެ ސަފީރު ޕީޓާ މަންޑެލްސަން ލަންޑަން ފުލުހުން ހައްޔަރުކޮށްފި

23 ފެބުރުއަރީ 2026
ދައުލަތުގެ މަގާމެއްގައި ހުރެ ހިންގި ނަހަމަ އަމަލުތަކެއްގެ ތުހުމަތުގައި، އިނގިރޭސިވިލާތުގެ ކުރީގެ ސަފީރު ޕީޓާ މަންޑެލްސަން ލަންޑަން ފުލުހުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު