Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ހޮޓް ޓަބެއްގައި އިނީ ކޮން އަންހެނެއް ކަމެއް ނޭނގޭ، ޖިންސީ އެއްވެސް ގުޅުމެއް ނުހިންގަން: ބިލް ކްލިންޓަން

އެ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއެއްގައި ފެންނަނީ އަންހެނަކާ އެކު، ހޮޓް ޓަބެއްގައި ބިލް ކްލިންޓަން އިންނަވާ މަންޒަރު. ނަމަވެސް އެއީ ކޮން އަންހެނެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ އޭނާ ބަޔާން ދެއްވި. އަދި އެ މީހާ އެކު އެއްވެސް ޖިންސީ ގުޅުމެއް ހިންގާފައި ނުވާނެ ކަމަށް، ބިލް ކްލިންޓަންގެ ބަޔާނުގައި ވިދާޅުވެފައިވާ ކަމަށް ބީބީސީ އިން ވަނީ ރިޕޯޓު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 08:06
އެމެރިކާގެ މިހާރު ރައީސް ޑޮނަލްޑް ޓްރަމްޕް ހުވާ ކުރެއްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ބޭއްވި ރަސްމިއްޔާތުގައި، އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ބައިވެރިވެ ވަޑައިގަންނަވަނީ

އެމެރިކާގެ މިހާރު ރައީސް ޑޮނަލްޑް ޓްރަމްޕް ހުވާ ކުރެއްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ބޭއްވި ރަސްމިއްޔާތުގައި، އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ބައިވެރިވެ ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

އެމެރިކާާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅުމެއް އޮތް ކަމަށް ބުނާ މައްސަލައިގައި، އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ކޮންގްރެސްގެ ކޮމެޓީ އަށް ހާޒިރުވެ ބަޔާން ދެއްވައިފި އެވެ. 

ބިލް ކްލިންޓަން ވިދާޅުވީ، އެޕްސްޓީން ހިންގި އެއްވެސް ކުށެއް، އަދި ޖަރީމާއެއްގެ މައުލޫމާތު އޭނާ އަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެޕްސްޓީންއާ ގުޅޭ ގޮތުން އާންމު ކޮށްފައިވާ ފައިލްތަކުގައި އޭނާގެ ނަން އޮތް ނަމަވެސް، އެއްވެސް ގޯސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި، އެފަދަ މަންޒަރެއް ވެސް ފެނިވަޑައިގެންފައި ނުވާ ކަމަށް ބިލް ކްލިންޓަން ވަނީ ވިދާޅުވެފަ އެވެ. 

ބިލް ކްލިންޓަންގެ ކުރިން، އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ވެސް ވަނީ ކޮންގްރެސްގެ ކޮމެޓީ އަށް ހާޒިރުވެ ބަޔާން ދެއްވައިފަ އެވެ. ހިލަރީ ކްލިންޓަންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، އެޕްސްޓީންގެ ކުށް ތަކުގެ އެއްވެސް މައުލޫމާތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. 

ކޮންގްރެެސްގެ ހައުސް އޯވަސައިޓް ކޮމެޓީ އިން ބިލް ކްލިންޓަންއާ ސުވާލު ކޮށްފައި ވަނީ، އެޕްސްޓީންގެ ފައިލްތަކުގައި ފެންނަން ހުރި ފޮޓޯތަކާ ގުޅޭ ގޮތުންނެވެ. އޭގެ ތެރެއިން އެއް ފޮޓޯއެއްގައި ފެންނަނީ އަންހެނަކާ އެކު، ހޮޓް ޓަބެއްގައި ބިލް ކްލިންޓަން އިންނަވާ މަންޒަރެވެ. ނަމަވެސް އެއީ ކޮން އަންހެނެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ އޭނާ ބަޔާން ދެއްވި އެވެ. އަދި އެ މީހާ އެކު އެއްވެސް ޖިންސީ ގުޅުމެއް ހިންގާފައި ނުވާނެ ކަމަށް، ބިލް ކްލިންޓަންގެ ބަޔާނުގައި ވިދާޅުވެފައިވާ ކަމަށް ބީބީސީ އިން ވަނީ ރިޕޯޓު ކޮށްފަ އެވެ. 

ބަޔާން ދެއްވަމުން ބިލް ކްލިންޓަން ވިދާޅުވެފައި ވަނީ، އެޕްސްޓީން ހިންގަމުން ދިޔަ ކަންތައް ތަކުގެ ކުޑަވެސް ހިލަމެއް ލިބިވަޑައިގެންނެވި ނަމަ، އޭނާއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާނެ ކަމަށެވެ. އަދި އޭނާގެ އަމިއްލަ އަތުން، އެޕްސްޓީން ފުލުހުންނާ ހަވާލު ވެސް ކުރާނެ ކަމުގައި ބިލް ކްލިންޓަން ވިދާޅުވެފައިވެ އެވެ. ހަމަ އެއާ އެކު، އެޕްސްޓީންގެ މަތިންދާ ބޯޓުގައި ދުވަހަކު ދަތުރު ވެސް ނުކުރެއްވީސް ކަމަށް އޭނާ ވިދާޅުވި އެވެ. 

ފައިލް ތަކުގައި ހިމަނާފައިވާ ފޮޓޯ ތަކަށް އިޝާރާތް ކުރައްވައި ބިލް ކްލިންޓަން ވިދާޅުވީ، ކިތަންމެ ގިނަ ފޮޓޯ ތަކެއް ދައުރު ކުރި ނަމަވެސް، އެޕްސްޓީންގެ ކުށްތަކުގެ މައުލޫމާތު އޭނާ އަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މި މައްސަލައިގެ އިންސާފު ޤާއިމު ކުރުމަށްޓަަކައި، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އިން ހުރިހާ ފައިލް ތަކެއް، އަދި ލިޔެ ކިޔުންތަކެއް އާންމު ކުރަން ޖެހޭ ކަމަށް ވެސް ބިލް ކްލިންޓަން ވަނީ ވިދާޅުވެފަ އެވެ. 

ހައުސް އޯވަސައިޓް ކޮމެޓީގެ ރިޕަބްލިކަން ޗެއާމަން ޖޭމްސް ކޯމާ ވިދާޅުވީ، ބިލް ކްލިންޓަންގެ ބަޔާނަކީ ވަރަށް ނަތީޖާ ނެރެވުނު ބަޔާނެއް ކަމަށާއި، އޭނާ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވި ކަމަށެވެ. އަދި މިއީ، އެމެރިކާގެ ތާރީޚުގައި ވެސް ކޮންގްރެސްގެ ކޮމެޓީ އަކަށް މިހާތަނަށް ބަޔާން ދެއްވާފައިވާ އެންމެ މަތީ ފަންތީގެ ދެ ބޭފުޅުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. މީގެ ކުރިން 1974 ވަނަ އަހަރު ރައީސް ޖެރަލްޑް ފޯޑް ވެސް ވަނީ، ކޮމެޓީ އަށް ހާޒިރުވެ ވަޑައިގެންފަ އެވެ. ކޮންގްރެސްގެ ރެކޯޑު ތަކުން ދައްކާ ގޮތުގައި މިހާތަނަށް ރައީސުން އަދި ކުރީގެ ރައީސުންގެ ގޮތުގައި ތިއްބެވި ހަ ބޭފުޅަކު ކޮމެޓީ އަށް ވަޑައިގެންފައިވާއިރު، ބިލް ކްލިންޓަން އަކީ ހަތް ވަނަ ރައީސް އެވެ.

މި ބަޔާން ދިނުމުގެ ތެރޭގައި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އެޕްސްޓީންއާ އޮތް ގުޅުމާ ބެހޭ ގޮތުން ވެސް ސުވާލު ކޮށްފައިވެ އެވެ. ކޮމެޓީގައި ހިމެނޭ ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުން ވިދާޅުވީ، ބިލް ކްލިންޓަން ދެއްވާފައިވާ މައުލޫމާތަށް ބަލާއިރު، ޓްރަމްޕް ވެސް މި ކޮމެޓީ އަށް ހާޒިރުކޮށް ސުވާލު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، ޖޭމްސް ކޯމާ ވިދާޅުވެފައި ވަނީ ޓްރަމްޕްގެ މައްޗަށް ކުރެވޭ އެންމެހާ ތުހުމަތު ތަކުން އޭނާ ބަރީއަވެފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެެ. 

މަސްދަރު: ބީބީސީ

ބިލް ކްލިންޓަންޖެފްރީ އެޕްސްޓީންހިލަރީ ކްލިންޓަންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ ކޮންގްރެސްއެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލް އިން އީރާން އަށް ހަމަލާ ދީފި

އިޒްރޭލް އިން އީރާން އަށް ހަމަލާ ދީފި

28 ފެބުރުއަރީ 2026
އީރާން އަކީ ނުހައްގުން މީހުން ބަންދު ކުރާ ޤައުމެއް ކަމަށް އެމެރިކާާ އިން ކަނޑައަޅައިފި

އީރާން އަކީ ނުހައްގުން މީހުން ބަންދު ކުރާ ޤައުމެއް ކަމަށް އެމެރިކާާ އިން ކަނޑައަޅައިފި

28 ފެބުރުއަރީ 2026
އީރާންއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވަނިކޮށް، ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވަނީ

އީރާންއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވަނިކޮށް، ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވަނީ

28 ފެބުރުއަރީ 2026
ބައިޑަން އާންމު ފްލައިޓެއްގައި ދަތުރު ކުރައްވައި، އާންމުންނާ އެކު ފޮޓޯ ނެންގެވުމުގައި

ބައިޑަން އާންމު ފްލައިޓެއްގައި ދަތުރު ކުރައްވައި، އާންމުންނާ އެކު ފޮޓޯ ނެންގެވުމުގައި

28 ފެބުރުއަރީ 2026
އީރާންގެ މަޝްވަރާތަކާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، ހަމަލާ ދިނުމާ މެދު އަދި ގޮތެއް ނުނިންމާ

އީރާންގެ މަޝްވަރާތަކާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، ހަމަލާ ދިނުމާ މެދު އަދި ގޮތެއް ނުނިންމާ

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު