Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އެންޑްރޫގެ މައްސަލައިގައި ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، ޤާނޫނަށް ވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށް

21 ފެބުރުއަރީ 2026 | ހޮނިހިރު 07:07

ބޮޑު ވަޒީރު ސްޓާމާގެ އިންޓަވިޔުގައި ވަނީ، އެމެރިކާގެ ކޮންގްރެސްގައި އެންޑްރޫ ހެކި ބަސް ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައި. މިއީ މި މައްސަލައިގައި މީގެ ކުރިން ވެސް ބޮޑު ވަޒީރު ވިދާޅުވަމުން އަންނަ ވާހަކަ އެކެވެ. އެންޑްރޫއާ ގުޅުން ހުރި މައުލޫމާތެއް އެއްވެސް މީހެއްގެ އަތުގައި ހުރި ނަމަ، އެ މައުލޫމާތެއް ހިއްސާ ކުރަން ޖެހޭނެ ކަމަށް ވެސް ސްޓާމާ ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ފެބުރުއަރީ 2026 | ހޮނިހިރު 07:07
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ޤާނޫނަށް ވުރެ މަތީގައި އެއްވެސް މީހަކަށް ނުުހުރެވޭނެ ކަމަށް ވިދާޅުވެ، އެންޑްރޫ މައުންޓްބެޓަން-ވިންޑްސާގެ މައްސަލައިގައި އެ ޤައުމުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވާހަކަ ދައްކަވައިފި އެވެ. 

ބީބީސީ އަށް ދެއްވި އިންޓަވިޔުއެއްގައި ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، ޤާނޫނަށް ވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށާއި، އެންޑްރޫގެ މައްސަލައިގައި ވެސް އެ އުސޫލު ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ. 

އެ އިންޓަވިޔުގައި ވާހަކަ ދައްކަވަމުން ސްޓާމާ ވިދާޅުވީ، އެންޑްރޫ އަމިއްލަފުޅަށް ޕޮލިހަށް ހާޒިރުވާން ޖެހޭނެތޯ، ނުވަތަ ނޫންތޯ ނިންމާނީ ފުލުހުން ކަމަށެވެ. އެކަމަކު ޤާނޫނުގެ ކުރިމަތީގައި ހުރިހާ މީހުން ހަމަހަމަ ވާނެ ކަމަށާއި، އެއްވެސް މީހަކަށް ޤާނޫނަށް ވުރެ މަތީގައި ނުހުރެވޭނެ ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ. ބޮޑު ވަޒީރު ސްޓާމާ މިހެން ވިދާޅުވީއިރު، އިނގިރޭސިވިލާތުގެ ފުލުހުން ވަނީ އެންޑްރޫ ހައްޔަރު ކޮށްފަ އެވެ. 

ތެމްސް ވެލީގެ ފުލުހުން އެންޑްރޫ ހައްޔަރުކޮށް ބަންދު ކޮށްފައިވާއިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅުން ބާއްވައި، އަންހެނުންނާއި އަންހެން ކުދިންނަށް އަނިޔާ ކުރުމާއި، ޖިންސީ އަނިޔާ ކުރުމުގައި ބައިވެރިވެފައިވާ ކަމުގެ ތުހުމަތެވެ. އެންޑްރޫގެ މައްޗަށް ކުރެވޭ އެންމެހާ ތުހުމަތު ތަކަށް އޭނާ ވަނީ އިންކާރު ވެސް ކޮށްފަ އެވެ. 

އެންޑްރޫގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ފެންމަތިވެފައި ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމު ކޮށްފައިވާ ލިޔުން ތަކުންނެވެ. އެ ލިޔުން ތަކުގައި ވަނީ އެންޑްރޫ އާއި އެޕްސްޓީންއާ ދެމެދު ގާތް ގުޅުމެއް އޮތް ކަމަށް ފާހަގަވެފަ އެވެ. އާންމު ކޮށްފައިވާ ފޮޓޯ ތަކުގައި އެޕްސްޓީން އާއެކު އެންޑްރޫ އުޅޭ މަންޒަރު ވެސް ފެނެ އެވެ. އެއާ އެކު، ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކާއި، ވިޔަފާރީގެ މުއާމަލާތްތައް އެންޑްރޫ، އެޕްސްޓީން އަށް ފޮނުވާފައިވާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. 

ބޮޑު ވަޒީރު ސްޓާމާގެ އިންޓަވިޔުގައި ވަނީ، އެމެރިކާގެ ކޮންގްރެސްގައި އެންޑްރޫ ހެކި ބަސް ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ މި މައްސަލައިގައި މީގެ ކުރިން ވެސް ބޮޑު ވަޒީރު ވިދާޅުވަމުން އަންނަ ވާހަކަ އެކެވެ. އެންޑްރޫއާ ގުޅުން ހުރި މައުލޫމާތެއް އެއްވެސް މީހެއްގެ އަތުގައި ހުރި ނަމަ، އެ މައުލޫމާތެއް ހިއްސާ ކުރަން ޖެހޭނެ ކަމަށް ވެސް ސްޓާމާ ވަނީ ވިދާޅުވެފަ އެވެ. 

މި މައްސަލައިގައި އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އިން ވެސް ވަނީ އެންޑްރޫއާ ދެކޮޅަށް ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ޝާހީ ގަނޑުވަރުން އޭނާ ބޭރުކޮށްލުމަށް ފަހު، އޭނާ އަށް ދީފައިވާ ލަޤަބު ވެސް ވަނީ އަތުލައިފަ އެވެ. މީގެ އިތުރުން ޝާހީ އާއިލާގެ ވެރިކަން ވާރުތަވާ ތަރުތީބުން، ނުވަތަ ލައިން އޮފް ސަކްސެޝަން އިން އެންޑްރޫ އުނިކުރުމަށް ޓަކައި ޚާއްޞަ ގާނޫނެއް ތައާރަފު ކުރުމަށް ސަރުކާރުން ވިސްނަމުން ދާކަމަށް ބީބީސީގައި ވަނީ ބުނެފަ އެވެ.

މަސްދަރު: ބީބީސީ

އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރޖެފްރީ އެޕްސްޓީންބީބީސީކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)އިނގިރޭސިވިލާތްޝާހީ އާއިލާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2026

ޕެންޓަގަން އާއި ޖަސްޓިސް ޑިޕާޓްމަންޓުގެ ބޮޑު އިމާރާތެއް އެޕްސްޓީން އަށް ވިއްކާލަން ހުށަހެޅި

20 ފެބުރުއަރީ 2026
ޕެންޓަގަން އާއި ޖަސްޓިސް ޑިޕާޓްމަންޓުގެ ބޮޑު އިމާރާތެއް އެޕްސްޓީން އަށް ވިއްކާލަން ހުށަހެޅި
20 ފެބުރުއަރީ 2026

އެންޑްރޫ އަށް ރަސްކަމުގެ ތަޚުތަށް އިސްވުމުގެ ފުރުސަތު މުޅިން ބަންދުވާ ގާނޫނެއް ތައާރަފް ކުރަނީ

20 ފެބުރުއަރީ 2026
އެންޑްރޫ އަށް ރަސްކަމުގެ ތަޚުތަށް އިސްވުމުގެ ފުރުސަތު މުޅިން ބަންދުވާ ގާނޫނެއް ތައާރަފް ކުރަނީ
20 ފެބުރުއަރީ 2026

ޕްރިންސް އެންޑްރޫ ހައްޔަރުކުރުގެ ސަބަބުން ޝާހީ ގަނޑުވަރަށާއި، ޝާހީ އާއިލާއަށާއި، ރަސްކަމުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ހެއްޔެވެ؟

20 ފެބުރުއަރީ 2026
ޕްރިންސް އެންޑްރޫ ހައްޔަރުކުރުގެ ސަބަބުން ޝާހީ ގަނޑުވަރަށާއި، ޝާހީ އާއިލާއަށާއި، ރަސްކަމުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ހެއްޔެވެ؟
19 ފެބުރުއަރީ 2026

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕްރިންސް އެންޑްރޫ ދޫކޮށްލައިފި

19 ފެބުރުއަރީ 2026
މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕްރިންސް އެންޑްރޫ ދޫކޮށްލައިފި
19 ފެބުރުއަރީ 2026

މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި

19 ފެބުރުއަރީ 2026
މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި
18 ފެބުރުއަރީ 2026

ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ

18 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ
18 ފެބުރުއަރީ 2026

އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި

18 ފެބުރުއަރީ 2026
އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި
14 ފެބުރުއަރީ 2026

ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ އަވަހާރަކޮށްލީ ބޮކުގެ ވިހަ ބޭނުންކޮށްގެން ކަމަށް އިނގިރޭސިވިލާތުން ބުނެފި

14 ފެބުރުއަރީ 2026
ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ އަވަހާރަކޮށްލީ ބޮކުގެ ވިހަ ބޭނުންކޮށްގެން ކަމަށް އިނގިރޭސިވިލާތުން ބުނެފި
12 ފެބުރުއަރީ 2026

އެޕްސްޓީންއާ އޮތް ގުޅުމުގެ މައްސަލާގައި ނޯވޭގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2026
އެޕްސްޓީންއާ އޮތް ގުޅުމުގެ މައްސަލާގައި ނޯވޭގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި
11 ފެބުރުއަރީ 2026

ރައީސް ވަހީދު އެޕްސްޓީން އަށް ހުށަހެޅުއްވި ފުއްގިރި، ފަހުން ބިޑަކާ ނުލައި މި ރަށް ބަޔަކަށް ދިން މައްސަލަ ރައީސް ޔާމީން އަށް ވެސް ކުރިމަތިވި!

11 ފެބުރުއަރީ 2026
ރައީސް ވަހީދު އެޕްސްޓީން އަށް ހުށަހެޅުއްވި ފުއްގިރި، ފަހުން ބިޑަކާ ނުލައި މި ރަށް ބަޔަކަށް ދިން މައްސަލަ ރައީސް ޔާމީން އަށް ވެސް ކުރިމަތިވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް