Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެޕްސްޓީން ފައިލްސް

އެންޑްރޫ އަށް ރަސްކަމުގެ ތަޚުތަށް އިސްވުމުގެ ފުރުސަތު މުޅިން ބަންދުވާ ގާނޫނެއް ތައާރަފް ކުރަނީ

ޖެފްރީ އެޕްސްޓީންއާ އޮތް ގުޅުމުގެ މައްސަލައިގައި އިނގިރޭސި ޝާހީ އާއިލާގެ ތަރުތީބުން އެންޑްރޫ އުނިކުރުމަށް ޚާއްޞަ ގާނޫނެއް ހުށަހެޅުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުން. ފުލުހުންގެ ތަހުގީގުތައް ނިމުމުން އަޅާ މި ފިޔަވަޅަށް ސިޔާސީ އެކި ޕާޓީތަކުން ތާއީދުކުރާއިރު، މީގެ ސަބަބުން އޭނާއަށް ރަސްކަމުގެ ތަޚުތަށް އިސްވުމުގެ ފުރުސަތު ދާއިމީކޮށް ބަންދުވާނެ. މި ބަދަލާއެކު "ކައުންސެލަރ އޮފް ސްޓޭޓް" ގެ މަގާމުވެސް އެންޑްރޫއަށް ގެއްލޭނެ ކަމަށް ބެލެވޭ.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 18:58
އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރގެ ޝަރަފުވެރި ލަގަބުތައް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އޭނާގެ ކިބައިން ވަނީ ވަކިކޮށްފައި.

އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރގެ ޝަރަފުވެރި ލަގަބުތައް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އޭނާގެ ކިބައިން ވަނީ ވަކިކޮށްފައި. | ޕީއޭ މީޑިއާ

ޝާހީ އާއިލާގެ ވެރިކަން ވާރުތަވާ ތަރުތީބުން ނުވަތަ "ލައިން އޮފް ސަކްސެޝަން" އިން އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރ އުނިކުރުމަށްޓަކައި ޚާއްޞަ ގާނޫނެއް ތައާރަފުކުރުމަށް ސަރުކާރުން ވިސްނަމުންދާކަން ބީބީސީ އިން ރިޕޯޓް ކޮށްފި އެވެ.

މި ފިޔަވަޅަކީ ފުލުހުން ކުރިއަށްގެންދާ ތަހުގީގުތައް ނިމުމުން އަޅާނެ ފިޔަވަޅެއް ކަމަށާއި، މި ބަދަލާއެކު އެންޑްރޫއަށް ރަސްކަމުގެ ތަޚުތަށް އިސްވުމުގެ ފުރުސަތު މުޅިން ބަންދުވެގެންދާނެ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާ އޮތް ގުޅުމުގެ މައްސަލައިގައި ކުރިމަތިވި ފިއްތުންތަކާ ގުޅިގެން، މިދިޔަ އޮކްޓޫބަރު މަހު "ޕްރިންސް" ނުވަތަ އަމީރުގެ ލަގަބާއެކު އެހެނިހެން ޝަރަފުވެރި ލަގަބުތައް އަތުލާފައިވީ ނަމަވެސް، ރަސްގެފާނުގެ ކޮއްކޯފުޅު އެންޑްރޫ އަދިވެސް ހުންނެވީ ތަޚުތަށް އިސްވާ ތަރުތީބުގެ އަށްވަނައިގައެވެ.

އިނގިރޭސި ތަޚުތު ވާރުތަވާ ގޮތް ފެންނަ ޗާޓެއް.
އިނގިރޭސި ތަޚުތު ވާރުތަވާ ގޮތް ފެންނަ ޗާޓެއް.

ދައުލަތުގެ މަގާމެއްގައި ހުރެ ހިންގި ނުރަނގަޅު އަމަލުތަކެއްގެ ތުހުމަތުގައި ބަންދުކުރުމަށްފަހު، 11 ގަޑިއިރު ފަހުން ބުރާސްފަތި ދުވަހުގެ ރޭ އެންޑްރޫ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އޭނާ އަދިވެސް ގެންދަވަނީ ތަކުރާރުކޮށް އިންކާރު ކުރައްވަމުންނެވެ.

ހުކުރު ދުވަހު، އެންޑްރޫ ގިނަ އަހަރުތަކެއް ވަންދެން ދިރިއުޅުއްވި 30 ކޮޓަރީގެ "ރޯޔަލް ލޮޖް" އަށް ފުލުހުންގެ އުޅަނދުތައް ވަދެ ނުކުމެ ހަދާ މަންޒަރު ވަނީ ފެނިފައެވެ.

އެއް ވަގުތެއްގައި އެ ސަރަހައްދުގައި 20 އަށްވުރެ ގިނަ އުޅަނދު ޕާކުކޮށްފައި އޮތް ނަމަވެސް، އޭގެ ތެރެއިން ތަހުގީގާއި ފާސްކުރުމުގެ މަސައްކަތުގައި ބައިވެރިވަނީ ކިތައް އުޅަނދުކަމެއް ސާފެއް ނުވެއެވެ.

އެންޑްރޫ ހައްޔަރުކުރި ތޭމްސް ވެލީ ޕޮލިހުން، އަންނަ ހޯމަ ދުވަހާ ހަމައަށް ރޯޔަލް ލޮޖް ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބެލެވޭ ކަމަށް ބީބީސީން ރިޕޯޓުކުރެއެވެ.

ސަރުކާރުން މިފަދަ ގާނޫނެއް ގެނައުމަށް ހުށަހަޅާފައިވަނީ ލިބަރަލް ޑިމޮކްރެޓްސް އަދި އެސް.އެން.ޕީ ފަދަ ބައެއް ސިޔާސީ ޕާޓީތަކުގެ މެންބަރުން އެކަމަށް ތާއީދުކުރާކަން ހާމަކުރުމާ ގުޅިގެންނެވެ.

ނަމަވެސް، ޝާހީ އާއިލާއަށް ފާޑުކިޔާ ލޭބަރ ޕާޓީގެ ބައެއް މެންބަރުން ބީބީސީއަށް ބުނެފައިވަނީ، ކުރީގެ ޑިއުކް އޮފް ޔޯކް (އެންޑްރޫ) ތަޚުތާ އަރާ ހަމަވުމަކީ ވަރަށް ނާދިރު ކަމަކަށްވާތީ، މިފަދަ ގާނޫނެއް ގެނައުމުގެ މުހިންމުކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހު ޑައުނިންގް ސްޓްރީޓުން ބުނެފައިވަނީ ތަރުތީބަށް ބަދަލު ގެނައުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. މިފަދަ ބަދަލެއް ގެނައުމަށްޓަކައި ޕާލަމެންޓުގެ ދެ މަޖިލީހުން ފާސްކުރާ ގާނޫނެއް ބޭނުންވާނެއެވެ. އަދި ޗާލްސް ރަސްގެފާނަކީ ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށް ބަލާ ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ތާއީދުވެސް މިކަމަށް ބޭނުންވާނެއެވެ.

އެންމެ ފަހުން ޕާލަމެންޓުގެ ގާނޫނަކުން ތަޚުތުގެ ތަރުތީބަށް ބަދަލެއް ގެނައީ 2013 ވަނަ އަހަރުއެވެ. އެއީ ކެތޮލިކް ދީނުގެ މީހުންނާ ކައިވެނިކުރުމުގެ ސަބަބުން ތަރުތީބުން އުނިކޮށްފައިވާ ފަރާތްތަކަށް އަލުން އެ ފުރުސަތު ދިނުމަށެވެ.

ގާނޫނެއްގެ ދަށުން މީހަކު ތަރުތީބުން އުނިކުރި އެންމެ ފަހު ފަހަރަކީ 1936 ވަނަ އަހަރެވެ. އެއީ އެޑްވަރޑް އަށްވަނަ ރަސްކަން ދޫކޮށްލެއްވުމާ ގުޅިގެން، އޭނާއާއި އޭނާގެ ދަރިފަސްކޮޅު ތަރުތީބުން އުނިކުރި ފަހަރެވެ.

ލިބަރަލް ޑިމޮކްރެޓްސްގެ ލީޑަރު ސަރ އެޑް ޑޭވީ ވިދާޅުވީ، ފުލުހުންގެ މަސައްކަތަށް އެއްވެސް ނުފޫޒެއް ނެތި، މިނިވަންކަމާއެކު އެ މަސައްކަތް ކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއީ އެކަށީގެންވާ ވަގުތު ޖެހުމުން ޕާލަމެންޓުން ވިސްނަންޖެހޭނެ ކަމެއް ކަމަށާއި، އެންޑްރޫއަށް ދުވަހަކުވެސް ރަސްކަމަށް ނާދެވޭނެކަން ކަށަވަރުކުރުމަށް ޝާހީ އާއިލާއިން ބޭނުންވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

އެސް.އެން.ޕީގެ ވެސްޓްމިންސްޓަރ ލީޑަރު ސްޓީވަން ފްލިން ވިދާޅުވި ގޮތުގައި، ގާނޫނެއް ބޭނުންވާ ނަމަ އެންޑްރޫ ތަރުތީބުން އުނިކުރުމަށް އެ ޕާޓީން ތާއީދުކުރާނެއެވެ. ޔޯކް ސެންޓްރަލް ދާއިރާގެ ލޭބަރ މެންބަރު ރޭޗަލް މަސްކެލް ވެސް ވަނީ މިކަމަށް ތާއީދުކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ތަޚުތުގެ ތަރުތީބުންނާއި "ކައުންސެލަރ އޮފް ސްޓޭޓް" ގެ މަގާމުން އެންޑްރޫ ވަކިކުރުމަށް ގެންނަ ގާނޫނަށް ތާއީދުކުރައްވާނެ ކަމަށެވެ.

"ކައުންސެލަރ އޮފް ސްޓޭޓް" އަކީ ރަސްގެފާނު އާލާސްކަންފުޅާ އުޅުއްވާ ވަގުތުތަކުގައި ނުވަތަ ގައުމުން ބޭރުގައި އުޅުއްވާ ވަގުތުތަކުގައި ރަސްގެފާނުގެ މަސްއޫލިއްޔަތުތަކާ ހަވާލުވާ ފަރާތްތަކެވެ. އާންމު އުސޫލުން މި މަގާމަށް އައްޔަންކުރަނީ ޝާހީ އާއިލާގެ ރަސްމީ މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅުންނެވެ.

ހައުސް އޮފް ކޮމަންސްގެ ލައިބްރަރީން ބުނާ ގޮތުގައި، ތަޚުތުގެ ތަރުތީބުން އެންޑްރޫ އުނިކޮށްފި ނަމަ، އޭނާއަށް އެ މަގާމުވެސް ގެއްލޭނެއެވެ.

އެޕްސްޓީންއާ އޮތް ގުޅުމާ ގުޅޭގޮތުން ބީބީސީގެ ނިއުސްނައިޓް ޕްރޮގްރާމަށް ދިން އިންޓަވިއުއަކަށްފަހު އާންމުންގެ ނުރުހުން އަމާޒުވުމުން، 2019 ވަނަ އަހަރު އެންޑްރޫ ވަނީ ޝާހީ ރަސްމީ ޒިންމާތަކުން ދުރުވެވަޑައިގެންފައެވެ.

އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރޖެފްރީ އެޕްސްޓީންކިންގް ޗާލްސްއެޕްސްޓީން ފައިލްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕްރިންސް އެންޑްރޫ ހައްޔަރުކުރުގެ ސަބަބުން ޝާހީ ގަނޑުވަރަށާއި، ޝާހީ އާއިލާއަށާއި، ރަސްކަމުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ހެއްޔެވެ؟

ޕްރިންސް އެންޑްރޫ ހައްޔަރުކުރުގެ ސަބަބުން ޝާހީ ގަނޑުވަރަށާއި، ޝާހީ އާއިލާއަށާއި، ރަސްކަމުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ހެއްޔެވެ؟

20 ފެބުރުއަރީ 2026
މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕްރިންސް އެންޑްރޫ ދޫކޮށްލައިފި

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕްރިންސް އެންޑްރޫ ދޫކޮށްލައިފި

19 ފެބުރުއަރީ 2026
މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި

މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި

19 ފެބުރުއަރީ 2026
އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި

އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި

18 ފެބުރުއަރީ 2026
“ޑީޕީ ވާރލްޑް” ގެ ޗެއަރމަން ކަމުގެ މަގާމުންނާއި ސީއީއޯ ގެ މަޤާމުން ސުލްޠާން އަޙްމަދު ބިން ސުލައިމް އިސްތިއުފާ ދެއްވައިފިި.

“ޑީޕީ ވާރލްޑް” ގެ ޗެއަރމަން ކަމުގެ މަގާމުންނާއި ސީއީއޯ ގެ މަޤާމުން ސުލްޠާން އަޙްމަދު ބިން ސުލައިމް އިސްތިއުފާ ދެއްވައިފިި.

13 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު