Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެޕްސްޓީން ފައިލްސް

ޕެންޓަގަން އާއި ޖަސްޓިސް ޑިޕާޓްމަންޓުގެ ބޮޑު އިމާރާތެއް އެޕްސްޓީން އަށް ވިއްކާލަން ހުށަހެޅި

އެމެރިކާގެ ޕެންޓަގަންއާ ގާތްގަނޑަކަށް 1.6 ކިލޯމީޓަރު ދުރުގައި ހުންނަ އަސްކަރިއްޔާގެ މުހިންމު އިމާރާތެއް ގަތުމުގެ ފުރުސަތު ޖެފްރީ އެޕްސްޓީންއަށް ލިބިފައިވާކަން އާންމުވި ލިޔެކިޔުންތަކުން ހާމަވެއްޖެ. ގާތްގަނޑަކަށް 116 މިލިއަން ޑޮލަރުގެ މި މުއާމަލާތުގެ އިތުރުން، އެފްބީއައިގެ އޮފީސްތަކެއް ހުންނަ އިމާރާތްތަކަކަށް އިންވެސްޓްކުރުމުގެ ހުށަހެޅުންތަކެއްވެސް އޭނާއަށް ލިބިފައިވާކަން ވަނީ ހާމަވެފައި. މި މައުލޫމާތުތަކާއެކު، އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑާއި އެ ގައުމުގެ އިސްވެރިންނާ އެޕްސްޓީންއާ އޮތް ގާތް ގުޅުމުގެ ސަބަބުން ސަލާމަތީ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައި.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 19:14
ވޮޝިންގޓަން ޑީސީގައި ހުންނަ އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަން މަތިން ނަގާފައިވާ ފޮޓޯއެއް.

ވޮޝިންގޓަން ޑީސީގައި ހުންނަ އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަން މަތިން ނަގާފައިވާ ފޮޓޯއެއް. | އޭއެފްޕީ

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި ފައިލްތަކުން ހާމަވާގޮތުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ސާބިތުވެފައިވާ އަދި މިހާރު މަރުވެފައިވާ ޖެފްރީ އެޕްސްޓީންއަށް، 2016 ވަނަ އަހަރު އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓާ ގުޅުންހުރި ބޮޑު އިމާރާތެއް ގަތުމުގެ ފުރުސަތު ހުށަހަޅާފައިވާ ކަމަށް އިނގިރޭސިވިލާތުގެ އައިޓީވީ ނިއުސްއިން ރިޕޯޓްކޮށްފިއެވެ.

ވާޖިނިއާގެ އާލިންގްޓަންގައި، ޕެންޓަގަންއާ ގާތްގަނޑަކަށް 1.6 ކިލޯމީޓަރު ދުރުގައި ހުންނަ 84,710 އަކަމީޓަރުގެ މި ބޮޑު އިމާރާތަކީ، އިންވެސްޓަރުންނަށް ތައްޔާރުކޮށްފައިވާ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި "މިޝަން-ކްރިޓިކަލް" ނުވަތަ ނުހަނު މުހިންމު ތަނެކެވެ. އަދި މިއީ ޕެންޓަގަން ފިޔަވައި، ޑިފެންސް ޑިޕާޓްމަންޓުގެ ޖާގައާއި އިންފްރާސްޓްރަކްޗާގެ ބޭނުންތައް ފުއްދައިދެވޭނެ އާލިންގްޓަންގައި ހުރި ހަމައެކަނި ބިނާގެ ގޮތުގައިވެސް ވަނީ ސިފަކޮށްފައެވެ.

މި އިމާރާތް ވިއްކުމަށް ހުށަހަޅާފައިވާ އަގަކީ ގާތްގަނޑަކަށް 116 މިލިއަން ޑޮލަރެވެ. މި މުއާމަލާތް ހަމަޖެހިފައިވާ ގޮތުން، އެޕްސްޓީންއަކީ އެ އިމާރާތުގެ އެއް ހިއްސާދާރަކަށް ވުމުގެ އިތުރުން، އަމަލީ ގޮތުން އެމެރިކާ ސަރުކާރުގެ ލޭންޑްލޯޑް އަކަށް ވުމުގެ ފުރުސަތު އޮތެވެ.

މި މުއާމަލާތް ނިމުމަކަށް އައިސް ކުރިއަށްދިޔަކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. ނަމަވެސް، ޖިންސީ ކުށްވެރިއެއްގެ ގޮތުގައި ކަނޑައެޅިފައިވާ މީހަކު، ޕެންޓަގަންއަށް ޚިދުމަތްދޭ މުހިންމު ބިނާއެއްގެ ހިއްސާ ހޯދުމަށް މަސައްކަތްކޮށްފައިވުމަކީ ސަލާމަތީ ގޮތުން ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެކެވެ.

ވޭތުވެދިޔަ މަހު އާންމުކުރި މިލިއަނަކަށްވުރެ ގިނަ އީމެއިލްތަކުގެ ތެރޭގައި ހިމެނޭ އެފްބީއައިގެ އިންފޯމަންޓަކު ލިޔެފައިވާ މެމޯއެއްގައި ބުނެފައިވަނީ، އެޕްސްޓީންއަކީ އިޒްރޭލަށް މަސައްކަތްކޮށްދޭ "މޮސާޑް އެޖެންޓެއް" ކަމަށެވެ.

އެ މެމޯގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އެޕްސްޓީންއަކީ އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު ބަރާކްއާ ގާތް ގުޅުމެއް އޮތް މީހެއް ކަމަށާއި، އޭނާ ޖާސޫސެއްގެ ގޮތުގައި ތަމްރީނުވީވެސް ބަރާކްގެ ދަށުން ކަމުގައެވެ.

އެޕްސްޓީން ވަނީ އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އަދި އަސްކަރީ ޖާސޫސީ އިދާރާގެ އިސްވެރިއެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި އިހޫދު ބަރާކްއާ އެކު ދިހަ އަހަރަށްވުރެ ގިނަ ދުވަހު ގާތް ގުޅުމެއް ބާއްވާފައެވެ. އަދި 2013 އާއި 2017 އާ ދެމެދު ބަރާކް ވަނީ ނިއުޔޯކްގައި ހުންނަ އެޕްސްޓީންގެ ގެއަށް 30 އަށްވުރެ ގިނަ ފަހަރު ޒިޔާރަތްކުރައްވާފައެވެ.

މި ލިޔެކިޔުންތައް އާންމުވުމާ ގުޅިގެން، އެޕްސްޓީންއާއި އިޒްރޭލާ ދެމެދު އޮތް ގުޅުމަށް މިވަނީ ވަރަށް ބޮޑަށް ސަމާލުކަން ހުއްޓިފައެވެ. ބަރާކް ފަދަ ދުނިޔޭގެ ނުފޫޒުގަދަ ފަރާތްތަކާ އޮތް ގުޅުމުގެ އިތުރުން، އިޒްރޭލުގެ އަސްކަރިއްޔާއަށް އެހީތެރިވާ ޖަމިއްޔާތަކަށާއި، ޔަހޫދީ ވަޒަންވެރިންގެ ޖަމިއްޔާއެއް ކަމަށްވާ ޖޫވިޝް ނޭޝަނަލް ފަންޑަށް އެޕްސްޓީން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަން މި ފައިލްތަކުން ހާމަވެއެވެ. އަދި އިޒްރޭލުގެ ޚާރިޖީ ޖާސޫސީ އިދާރާ، މޮސާޑާ އޭނާއާ އޮތް ގުޅުންވެސް މި ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ.

ޕެންޓަގަންއާ ގުޅުންހުރި މި ހުށަހެޅުން ހިމެނެނީ އަލަށް އާންމުކުރި ފައިލްތަކުގައި ހިމެނޭ ތިން ލިޔުމެއްގެ މައްޗަށެވެ. އެއީ އީމެއިލަކާއި، އިންވެސްޓަރުންނަށް ތައްޔާރުކުރި ޕްރެޒެންޓޭޝަނަކާއި، އަދި މުއާމަލާތުގެ ޚުލާސާއެކެވެ.

އަމިއްލަ އަށް އެޕްސްޓީންގެ ވަރަށް ގާތް މީހެއްގެ ގޮތުގައި ސިފަކުރާ ވިޔަފާވެރިޔާ ޑޭވިޑް ސްޓާން ވަނީ މި ހުށަހެޅުން އެޕްސްޓީންއަށް ފޮނުވާފައެވެ. ސްޓާންއަކީ އެޕްސްޓީންގެ ފައިލްތަކުން ހާމަވި މައުލޫމާތުތަކާ ގުޅިގެން، "ދައުލަތުގެ މަގާމެއްގައި ހުރެ ހިންގި ނޭދެވޭ އަމަލުތަކެއްގެ ތުހުމަތުގައި" މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި އެންޑްރޫ މައުންޓްބެޓަން-ވިންޑްސާގެ ގާތް އެހީތެރިއެއްގެ ގޮތުގައިވެސް މަސައްކަތްކުރި މީހެކެވެ.

ޕެންޓަގަން ސަރަހައްދުގެ މި ހުށަހެޅުން ސްޓާން ފޮނުވި އަހަރު، އޭނާ ވަނީ ވިންޑްސާ ކާސަލްގެ ސެއިންޓް ޖޯޖް ހައުސް ޓްރަސްޓްގެ ޑައިރެކްޓަރުކަން ހޯދައި، ސެއިންޓް ޖޭމްސް ޕެލަސްގައި ބޭއްވި ހަފްލާއެއްގައި އޭރުގެ ރާނީ އެލިޒަބަތު ދެވަނައިގެ އަރިހުގައި ހުރުމުގެ ޖާގަ ހޯދާފަ އެވެ.

މީގެ އިތުރުން، 2015 ވަނަ އަހަރު ސްޓާން ވަނީ ރިޗްމަންޑާއި ބޯލްޓިމޯގައި ހުންނަ އެފްބީއައިގެ ދެ އޮފީހަކާއި ކޯޓު އިމާރާތްތަކަކަށް އިންވެސްޓްކުރުމުގެ ވަކި ހުށަހެޅުމެއްވެސް އެޕްސްޓީންއަށް ފޮނުވާފައެވެ. "ސެކްސީ އެސެޓްސް" ނުވަތަ ނުހަނު ފައިދާހުރި މުދަލުގެ ގޮތުގައި ސިފަކޮށްފައިވާ މި މުއާމަލާތަށް ފުރަތަމަ 25 މިލިއަން ޑޮލަރު ބޭނުންވާއިރު، އޭގެ ފަހުން އިތުރު 80 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. މި މުއާމަލާތުގެ މިލްކުވެރިކަން ހަމަޖައްސަން އޮތީ ކޭމަން އައިލެންޑްސްގެ އޮފްޝޯ ކުންފުންޏެއް މެދުވެރިކޮށެވެ.

ޖެފްރީ އެޕްސްޓީންޕެންޓަގަންމޮސާޑްއިހުދު ބަރާކްއެޕްސްޓީން ފައިލްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެންޑްރޫ އަށް ރަސްކަމުގެ ތަޚުތަށް އިސްވުމުގެ ފުރުސަތު މުޅިން ބަންދުވާ ގާނޫނެއް ތައާރަފް ކުރަނީ

އެންޑްރޫ އަށް ރަސްކަމުގެ ތަޚުތަށް އިސްވުމުގެ ފުރުސަތު މުޅިން ބަންދުވާ ގާނޫނެއް ތައާރަފް ކުރަނީ

20 ފެބުރުއަރީ 2026
ޕްރިންސް އެންޑްރޫ ހައްޔަރުކުރުގެ ސަބަބުން ޝާހީ ގަނޑުވަރަށާއި، ޝާހީ އާއިލާއަށާއި، ރަސްކަމުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ހެއްޔެވެ؟

ޕްރިންސް އެންޑްރޫ ހައްޔަރުކުރުގެ ސަބަބުން ޝާހީ ގަނޑުވަރަށާއި، ޝާހީ އާއިލާއަށާއި، ރަސްކަމުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ހެއްޔެވެ؟

20 ފެބުރުއަރީ 2026
މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕްރިންސް އެންޑްރޫ ދޫކޮށްލައިފި

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕްރިންސް އެންޑްރޫ ދޫކޮށްލައިފި

19 ފެބުރުއަރީ 2026
މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި

މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި

19 ފެބުރުއަރީ 2026
އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި

އެޕްސްޓީންގެ ފައިލްތައް ޓްރަމްޕް ފޮރުވާ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު