Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޕްސްޓީން، ޑރ. ވަހީދު

އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ޑރ. ވަހީދު ގެ ނަން މަދުވެގެން 240 ފަހަރު، ވަހީދު އާއި އެޕްސްޓީން އަކީ ވަރަށް ގާތް ދެ މީހުން، ވަހީދުގެ އިންތިޚާބުގައި އެޕްސްޓީންގެ އެހީތެރިކަން!

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީން އާ ގުޅުންހުރި މިލިއަން އާ ފައިލްތައް އާންމުކޮށްފައިވާއިރު، ހާމަކޮށްފައިވާ އީމެއިލް ތަކުން ހާމަވާ ގޮތުގައި އެޕްސްޓީން އާއި ޑރ. ވަހީދު އާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތް ކަމަށާއި، ވަހީދުގެ ދަރިކަލުން ޖެފްރީ ސާލިމް ވެސް އެޕްސްޓީން އަށް ތައާރުފް ކޮށްދެއްވާފައިވާކަން ފާހަގަކުރެވޭ.

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 18:10
ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އައްޔަންކުރައްވާފައި.

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އައްޔަންކުރައްވާފައި. | ރައީސް އޮފީސް

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން، ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީން އާ ގުޅުންހުރި އެތައް މިލިއަން އާ ފައިލްތަކެއް އާންމުކުރި އިރު އޭގެ އެތައް ތަނެއް ގައި ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ނަން އައިސްފައިވާކަން ފާހަގަ ކުރެވިއްޖެ އެވެ.

މިއީ މިދިޔަ އަހަރު ފާސްކުރި ގާނޫނެއްގެ ދަށުން، އެމެރިކާ ސަރުކާރުން މިހާތަނަށް އާންމުކުރި އެޕްސްޓީން އާ ގުޅޭ އެންމެ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެވެ.

Advertisement - newsAdvertisement

މިދިޔަ ހުކުރު ދުވަހު އާންމުކުރި މި މައުލޫމާތުތަކުގެ ތެރޭގައި ތިން މިލިއަން ސަފުހާގެ ލިޔެކިޔުމާއި، 180،000 ފޮޓޯ އަދި 2،000 ވީޑިއޯ ހިމެނެ އެވެ. މި ތަކެތި އާންމުކޮށްފައި ވަނީ، އެޕްސްޓީން އާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތަކެއް ހާމަކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވި ގާނޫނުގައި ބަޔާންކޮށްފައިވާ ސުންގަޑި ހަމަވިތާ ހަ ހަފުތާ ފަހުންނެވެ.

އެމެރިކާ ސަރުކާރުން ހާމަ ކުރި ލިޔުންތަކަށް ބަލާއިރު ރައީސް ޑރ. މުއިއްޒުގެ ޚާއްޞަ މަންދޫބުގެ މަޤާމު ދެއްވާފައިވާ، ކުރީގެ ރައީސް ޑރ. ވަހީދު އާ އެޕްސްޓީން އާ ވަރަށް ގާތް ގުޅުމެއް އޮތް ކަން ހާމަވާ އެތައް އީމެއިލް އެއް ދެފަރާތުގެ ދެމެދުގައި ބަދަލުކޮށްފައިވެ އެވެ.

އެޕްސްޓީން އާ ޑރ. ވަހީދު އާ ދެމެދު އުފެދިފައިވާ ގާތް ކަމުގެ ތެރެއިން ވަހީދުގެ ދަރިކަލުން ޖެފްރީ ސާލިމް ވެސް އެޕްސްޓީން އަށް ތައާރުފް ކޮށްދެއްވާ މުއާމަލާތްތައް ތިން ފަރާތުގެ މެދުގައި ހިނގާފައިވާ ކަން ވެސް ފާހަގަ ކުރެވެ އެވެ.

ޑރ. ވަހީދު އެޕްސްޓީން އަށް ފޮނުއްވާފައިވާ މެއިލް ތަކަކީ މީހަކު މެދުވެރި ކުރުމެއް ނެތި ވެރިކަމުގައި ހުންނަވައިގެން އަމިއްލަ އަށް ފޮނުއްވާފައިވާ މެއިލްތަކެއްކަން ފާހަގަ ކުރެވެ އެވެ.

ވަހީދު ވެރިކަމަށް ވަޑައިގަތީ ބަޣާވަތެއްގެ ތެރެއިން ކަމަށް ކުރެވިފައި އޮތް ތުހުމަތާ އެކު އެކަން އެނޫން ގޮތަކަށް ދެއްކުމަށް ވަހީދުގެ ސަރުކާރުން އެކުލަވާލި މަޝްހޫރު ކޯނީ ރިޕޯޓު ވެސް އެޕްސްޓީން އަށް ފޮނުވިކަން އެއް މެއިލުން ހާމަވެ އެވެ. އަދި އެ ރިޕޯޓު ފޮނުވުމުން އެޕްސްޓީންގެ ރަހުމަތްތެރިއަކަށް އެ ރިޕޯޓު ދިރާސާ ކުރުމަށް ފޮނުވި އެވެ.

"ތިޔަ ފޮނުވި ކޯނީ ރިޕޯޓް ބަލައި ދިރާސާކޮށް މިހާރު ވަނީ ނިންމާލެވިފަ އެވެ. މީގެ އިތުރުން ބޮސްޓަންގައި ހުރެގެން، ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ކުރަންޖެހޭ ބައެއް އިތުރު ދިރާސާތައްވެސް އަހަރެން ވަނީ ކޮށްފައެވެ." އެޕްސްޓީން އަށް މެގީ ކިޔާ ފަރާތަކުން ފޮނުވި މެއިލެއް ގައިވެ އެވެ.

އެޕްސްޓީން ފައިލްސް އިން ޑރ. ވަހީދު އާ ގުޅޭ ގޮތުން ހިނގާފައިވާ ކޮމިއުނިކޭޝަން އެއްގެ އިމޭޖެއް.
އެޕްސްޓީން ފައިލްސް އިން ޑރ. ވަހީދު އާ ގުޅޭ ގޮތުން ހިނގާފައިވާ ކޮމިއުނިކޭޝަން އެއްގެ އިމޭޖެއް.

"ސާފުކޮށް އެނގެން އޮތް ކަމަކީ، ތިބާގެ ރަޙުމަތްތެރިޔާ، ރައީސް ވަޙީދު މިހާރު ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިގެން މި އުޅުއްވަނީ ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ނުހަނު ނާޒުކު އަދި އޮޅުންބޮޅުން ބޮޑު ދަނޑިވަޅެއްގައި ކަމެވެ. ހަރުކަށި އިސްލާމީ ފިކުރު ފެތުރެމުންދާ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާއި، ރާއްޖޭގެ ޑިމޮކްރަސީގެ ދަތުރު ކުރިއަށްދާނެ ގޮތަކާމެދު އުފެދިފައިވާ ސުވާލުތައް މީގެ ތެރޭގައި ހިމެނެއެވެ،" މެގީ އެޕްސްޓީން އަށް ލިޔެފައިވެ އެވެ.

މެގީ ގެ މެއިލް ގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭން ގައި ރައީސް ވަހީދަށް އެހީތެރިކަން ދިނުމަށް ހުރީ ތައްޔާރަށް ކަމަށް ބުނެފައިވެ އެވެ.

"ކެމްޕޭނާ ގުޅޭގޮތުން އަހަންނަށް ފެންނަ ފުރަތަމަ ޚިޔާލުތައް އިތުރަށް ޙިއްޞާކޮށް، މަޝްވަރާކުރުމަށް އަހަރެން މިހުރީ އުފަލުންނެވެ." އޭނާ ބުނެފައިވެ އެވެ.

މިއީ، ޖޭމްސް ޕީ. މެގީ އަށް އެޕްސްޓީން ފޮނުވި އީމެއިލަކަށް އޭނާ ދީފައިވާ ޖަވާބު ކަމަށްވާއިރު، ޑރ. ވަހީދާ ބެހޭ ގޮތުން އެޕްސްޓީން ފޮނުވި މެއިލް ގައި ވަހީދަކީ އޭނާގެ "ގާތް އެކުވެރިއެއް" ކަމަށް ލިޔެފައިވެ އެވެ.

އެޕްސްޓީން ފައިލްސް ގައި ޑރ. ވަހީދު އާ ގުޅޭ ގޮތުން ހިނގާފައިވާ މުއާމަލާތެއްގެ އިމޭޖެއް.
އެޕްސްޓީން ފައިލްސް ގައި ޑރ. ވަހީދު އާ ގުޅޭ ގޮތުން ހިނގާފައިވާ މުއާމަލާތެއްގެ އިމޭޖެއް.

އެ މެއިލް ގައި ވަހީދު ކުރިއަށް އޮތް އަހަރު ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ކަމަށާއި އެކަމަށް ވަހީދަށް އެހީތެރިކަން ބޭނުންވާ ކަމަށް ލިޔެފައިވެ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަ ކޮށްފައިވާ ލިޔުން ތަކުގެ ތެރޭގައި އެޕްސްޓީން އާއި ވަހީދު އަދި ވަހީދު ގެ ދަރިކަލުން ޖެފްރީ ބައްދަލު ކޮށްފައިވާ ކަން ވެސް ހާމަވެ އެވެ.

ވަހީދު އާއި އެޕްސްޓީން އާ ދެމެދު ހިނގާފައިވާ މުއާމަލާތެއްގެ އިމޭޖެއް.
ވަހީދު އާއި އެޕްސްޓީން އާ ދެމެދު ހިނގާފައިވާ މުއާމަލާތެއްގެ އިމޭޖެއް.

އޭޕްރީލް 22، 2014 ގައި އެޕްސްޓީންގެ ފަރާތުން ޑރ. ވަހީދަށް ފޮނުވާފައިވަ އީމެއިލެއް ގައި "މެއި މަހުގެ 19 ވާ ހޯމަ ދުވަހުގެ ރޭގަނޑު 7:00 ގައި ޖެފްރީގެ ގޭގައި އޮންނަ ރޭގަނޑުގެ ކެއުމަކަށް ވަހީދާއި ދަރިފުޅު ޖެފް އަށް ވަޑައިގެންނެވިދާނެތޯ،" އަހާފައިވެ އެވެ.

އެ މެއިލް އަށް ޖާވާބު ދެއްވަމުން ޑރ. ވަހީދު ޙަސަން ލިޔުއްވާފައިވަނީ ދާނެ ކަމަށާއި، "ކުއްލި ބަދަލެއް އަތުވެއްޖެނަމަ، އަޅުގަނޑު އެކަން އަންގާލާނަން،" ކަމަށެވެ.

ޖެފްރީ އެޕްސްޓީންޑރ. މުހައްމަދު ވަހީދު ހަސަންއެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްޖެފްރީ ސާލިމްކޯނީ ރިޕޯޓުއެޕްސްޓީން-ޑރ.ވަހީދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑރ. ވަހީދު އެޕްސްޓީން އަށް: މިއުޅެނީ މުސްކުޅި ރައީސް މައުމޫނަށް ރަނގަޅު ފިލާވަޅެއް ދޭން، ސިޔާސީ ކަންކަމުން ދުރަށް ގޮސް، ރިޓަޔަރ ކޮށްގެން ހުންނަވަން ދަސްކޮށްދޭން!

ޑރ. ވަހީދު އެޕްސްޓީން އަށް: މިއުޅެނީ މުސްކުޅި ރައީސް މައުމޫނަށް ރަނގަޅު ފިލާވަޅެއް ދޭން، ސިޔާސީ ކަންކަމުން ދުރަށް ގޮސް، ރިޓަޔަރ ކޮށްގެން ހުންނަވަން ދަސްކޮށްދޭން!

01 ފެބުރުއަރީ 2026
އެޕްސްޓީން ފައިލް ގައި ޑިއުކް އާއި ރަޝިޔާ އަންހެންކުއްޖަކާ ބައްދަލު ކުރުމާއި، ބިލްގޭޓްސް އަށް ޖިންސީ ގުޅުމުން ބައްޔެއް ޖެހުނު ވާހަކަ އާއި މަސްކް މަޖާ ކުރަން ދާން އުޅުނު ވާހަކަ!

އެޕްސްޓީން ފައިލް ގައި ޑިއުކް އާއި ރަޝިޔާ އަންހެންކުއްޖަކާ ބައްދަލު ކުރުމާއި، ބިލްގޭޓްސް އަށް ޖިންސީ ގުޅުމުން ބައްޔެއް ޖެހުނު ވާހަކަ އާއި މަސްކް މަޖާ ކުރަން ދާން އުޅުނު ވާހަކަ!

31 ޖެނުއަރީ 2026
އެޕްސްޓީން ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ޓްރަމްޕް އަށް ތައާރުފް ކޮށްދީފައި

އެޕްސްޓީން ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ޓްރަމްޕް އަށް ތައާރުފް ކޮށްދީފައި

20 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޖިންސީ ކުށްވެރިޔާ އެޕްސްޓީންގެ ފައިލްތައް އާންމު ކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް އަމުރުކުރާ ބިލު ޓްރަމްޕް ތަސްދީގު ކުރައްވައިފި

ޖިންސީ ކުށްވެރިޔާ އެޕްސްޓީންގެ ފައިލްތައް އާންމު ކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް އަމުރުކުރާ ބިލު ޓްރަމްޕް ތަސްދީގު ކުރައްވައިފި

20 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު