Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެޕްސްޓީން ފައިލްސް

އެޕްސްޓީންގެ މައްސަލައިގައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި އަނބިކަނބަލުން ހިލަރީ އާ ސުވާލު ކުރަން މަޖިލީހަށް ހާޒިރު ކުރަނީ

ޖެފްރީ އެޕްސްޓީންގެ މައްސަލައިގައި ބަޔާން ދެއްވުމަށް ކުރީގެ ރައީސް ބިލް ކްލިންޓަނާއި ހިލަރީ ކްލިންޓަން އެއްބަސްވެވަޑައިގަތީ، އެ ބޭފުޅުންނާ ދެކޮޅަށް މަޖިލީހުގެ އިހުތިރާމް ކުޑަކުރުމުގެ މައްސަލައެއް ކުރިއަށް ގެންގޮސްފާނެތީ އެކަމުން ސަލާމަތްވުމަށް. މި ތަހުގީގަކީ ސިޔާސީ މަގްސަދެއްގައި ކުރާ ކަމެއް ކަމަށް އެ ބޭފުޅުން ތުހުމަތު ކުރެއްވި ނަމަވެސް، މައުލޫމާތު އޮޅުވާލިޔަ ނުދިނުމަށްޓަކައި ބަޔާން ދިނުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި. މިއީ 1983 ވަނަ އަހަރަށްފަހު އެމެރިކާގެ ކުރީގެ ރައީސަކު ކޮންގްރެސްގެ ކޮމިޓީއަކަށް ބަޔާން ދެއްވާ ފުރަތަމަ ފަހަރު.

ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2026 | ހުކުރު 01:48
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއަކުން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ރަސްމީގެ، ނަންބަރު 10 ޑައުނިންގް ސްޓްރީޓްގެ ބޭރުގައި ބިލް ކްލިންޓަން އަދި ޖެފްރީ އެޕްސްޓީން ތިއްބަވަނިކޮށް ފެނޭ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއަކުން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ރަސްމީގެ، ނަންބަރު 10 ޑައުނިންގް ސްޓްރީޓްގެ ބޭރުގައި ބިލް ކްލިންޓަން އަދި ޖެފްރީ އެޕްސްޓީން ތިއްބަވަނިކޮށް ފެނޭ. | ގެޓީ އިމޭޖަސް

ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީން ހިންގާފައިވާ ޖަރީމާތައް ތަހުގީގު ކުރަމުންދާ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ކޮމިޓީއެއްގެ ކުރިމައްޗަށް، އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި އޭނާގެ އަނބިކަނބަލުން ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ހާޒިރުކޮށް ސުވާލު ކުރަން ނިންމައިފި އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހިލަރީ ކްލިންޓަނާއި، އެކަމަނާގެ ފިރިކަލުން ކުރީގެ ރައީސް ބިލް ކްލިންޓަން، ހައުސް އޯވަސައިޓް ކޮމިޓީއަށް ބަޔާން ދެއްވުމަށް އެއްބަސްވެވަޑައިގަތީ ދާދި ފަހުންނެވެ.

މީގެ ކުރިން މި ދެ ބޭފުޅުންވެސް ވަނީ ކޮމިޓީއަށް ހާޒިރުވުމަށް އިންކާރު ކުރައްވާފައެވެ. އަދި އެއީ ސިޔާސީ މަގްސަދެއްގައި ކުރާ ކަމެއްގެ ގޮތުގައި އޭރު ސިފަކުރެއްވިއެވެ. ނަމަވެސް، ކޮމިޓީއަށް ހާޒިރުވުމަށް އެއްބަސްވެވަޑައިގަތީ، އެ ބޭފުޅުންނާ ދެކޮޅަށް މަޖިލީހުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ (ކޮންޓެމްޕްޓް އޮފް ކޮންގްރެސް) ކުރިއަށް ގެންގޮސްފާނެތީ އެކަމުން ސަލާމަތްވުމަށެވެ.

ހިލަރީ ކްލިންޓަން ވިދާޅުވެފައިވަނީ އެޕްސްޓީންއާ ބައްދަލުވި ކަމެއް ނުވަތަ ވާހަކަ ދެކެވުނު ކަމެއް ހަނދުމަފުޅު ނެތް ކަމަށެވެ. އެޕްސްޓީންއާ ގާތް ބޭފުޅެއް ކަމަށްވާ ބިލް ކްލިންޓަން ވަނީ، އެއްވެސް ގޯސް ކަމެއް ކުރެއްވިކަމަށް ނުވަތަ އެޕްސްޓީން ހިންގި ޖަރީމާތަކުގެ އެއްވެސް މައުލޫމާތެއް އެނގިވަޑައިގަންނަވާ ކަމަށް އިންކާރު ކުރައްވާފައެވެ.

މީގެ އިތުރުން، ބިލް ކްލިންޓަން ވިދާޅުވީ މީގެ ވިހި އަހަރު ކުރިން އެޕްސްޓީންއާ އޮތް ގުޅުން ކަނޑާލާފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރު މަރުވި އެ މަހުޖަނާ ގުޅުމެއް ބޭއްވުނު ކަމަށްޓަކާ ހިތާމަކުރައްވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ހިލަރީ ބަޔާން ދެއްވުމަށް ހަމަޖެހިފައިވާއިރު ބިލް ކްލިންޓަންގެ ބަޔާން ދެއްވުން އޮންނާނީ މި ހުކުރު ދުވަހު ކަމަށް ބެލެވެއެވެ.

ކޮމިޓީއަށް ހާޒިރުވެ ބަޔާން ދެއްވާނެކަން މި ދެ ބޭފުޅުން ފާއިތުވި ހަފުތާތަކުގައި އިއުލާން ކުރެއްވީ، ކުރިން ގެންގުޅުއްވި ދޫނުދިނުމުގެ ސިޔާސަތު ބަދަލުކުރެއްވުމަށްފަހުއެވެ. 

ކޮމިޓީގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުންވެސް ވަނީ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ.

ކްލިންޓަންގެ ދެމަފިރިކަނބަލުން މީގެ ކުރިން ވަނީ، ކޮމިޓީގެ ރިޕަބްލިކަން ލީޑަރު ޖޭމްސް ކޯމާ މި ތަހުގީގު ކުރިއަށް ގެންދަވަނީ "ވަކި ފަރާތަކަށް ޖެހިފައިވާ ސިޔާސީ" މަގްސަދެއްގައި ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ކޯޓު އަމުރުތަކަކީ ރައީސް ޓްރަމްޕް އަންގަވައިގެން ސިޔާސީ ވާދަވެރިން ލަދުގަންނަވާލުމަށް ހިންގާ އުކުޅެއްގެ ގޮތުގައި އެ ބޭފުޅުން ސިފަކުރެއްވިއެވެ.

އެ ބޭފުޅުން ބާރުއަޅުއްވައި ވިދާޅުވަމުން ގެންދެވީ، އެޕްސްޓީންއާ ގުޅޭގޮތުން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ "މަދު މައުލޫމާތުތައް" ހިމެނޭހެން ހުވާގެ މަތީގައި ބަޔާންތައް މިހާރުވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

އެހެންނަމަވެސް، ބިލް ކްލިންޓަންގެ ތަރުޖަމާނު ވިދާޅުވީ އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުވާނެ ކަމަށާއި، އެއީ "އެންމެންގެ މައްޗަށްވެސް ހަމަހަމަކޮށް ހިނގާނެ އުސޫލެއް ގާއިމުކުރުމަށް" ކުރައްވާ ކަމެއް ކަމަށެވެ.

ޖޭމްސް ކޯމާ ވިދާޅުވީ، ކްލިންޓަންގެ ދެމަފިރިކަނބަލުންގެ ބަޔާން ހޯދުމަށް ކުރާ މަސައްކަތަކީ "ގާނޫނުގެ ކުރިމަތީގައި އެއްވެސް މީހަކު ތަފާތު ނުވާނެ" ކަން ދެއްކުމަށް ދެ ޕާޓީ ގުޅިގެން ކުރާ މަސައްކަތެއް ކަމަށެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީ.އޯ.ޖޭ) އިން އެޕްސްޓީންގެ މައްސަލައިގައި ހޯދާފައިވާ ލިޔެކިޔުންތައް މިހާރު މަރުހަލާތަކަކަށް ބަހާލައިގެން އާންމުކުރަމުންދާއިރު، އޭގެ ތެރޭގައި ހިމެނޭ ލިޔުންތަކާއި ފޮޓޯތަކުން ބިލް ކްލިންޓަން ފެނެ އެވެ.

މި ފައިލްތަކުން ހާމަވާ ގޮތުގައި، އެޕްސްޓީން ޖިންސީ ކުށްތަކަށް ކުށްވެރިވި ފަހުންވެސް، މުޖުތަމައުގެ އިސް ފަންތީގެ ގިނަ ބަޔަކާ އޭނާއާ ދެމެދު ގާތް ގުޅުންތަކެއް އޮތެވެ.

މި ފައިލްތަކުގައި ނަން ހިމެނޭ އެހެން ބޭފުޅުންނެކޭ އެއްފަދައިން، އޭގެ ތެރޭގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނިވަޑައިގަންނަވާއިރު، ލިޔެކިޔުންތަކުގައި ނަން އޮތުމަކީ އެ ބޭފުޅަކު ކުށެއް ކުރެއްވި ކަމުގެ ހެއްކެއް ނޫނެވެ. ޓްރަމްޕަކީވެސް މީގެ ކުރިން އެޕްސްޓީންއާ އެކު ގާތް އެކުވެރިކަމެއް ބޭއްވި ބޭފުޅެކެވެ.

އާންމުކޮށް މިފަދަ ބަޔާންތައް ނަގަނީ ސިއްރުކޮށްގެން ކަމަށްވިޔަސް، ކްލިންޓަންގެ ދެމަފިރިކަނބަލުން ބޭނުންފުޅުވީ ބަޔާން ދިނުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށެވެ. އެއީ ބަޔާނުގެ ވަކި ބައިތަކެއް މީޑިއާއަށް ލީކުކޮށްލިޔަ ނުދިނުމަށެވެ.

މި ހުކުރު ދުވަހު ބިލް ކްލިންޓަން ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ކަމެކެވެ. މިއީ 1983 ވަނަ އަހަރު ޖެރަލްޑް ފޯޑް ބަޔާން ދެއްވި ފަހުން، އެމެރިކާގެ ކުރީގެ ރައީސަކު ކޮންގްރެސްގެ ކޮމިޓީއަކަށް ބަޔާން ދެއްވާ ފުރަތަމަ ފަހަރެވެ.

މަސްދަރު: ބީބީސީ

ޖެފްރީ އެޕްސްޓީންހިލަރީ ކްލިންޓަންބިލް ކްލިންޓަންހައުސް އޮފް ރެޕްރެޒެންޓެޓިވްސްޑޮނަލްޑް ޓްރަމްޕްޖޭމްސް ކޯމަރުއެޕްސްޓީން ފައިލްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތައް އިޒްރޭލާއި ލުބުނާނުން ފޭބުމަށް އަންގައިފި

އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތައް އިޒްރޭލާއި ލުބުނާނުން ފޭބުމަށް އަންގައިފި

25 ފެބުރުއަރީ 2026
މެދުއިރުމަތީގެ މަސްރަހާ މެދު ޓްރަމްޕްގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި ސާފު މެސެޖެއް ނުދެއްވި

މެދުއިރުމަތީގެ މަސްރަހާ މެދު ޓްރަމްޕްގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި ސާފު މެސެޖެއް ނުދެއްވި

25 ފެބުރުއަރީ 2026
އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ މިސައިލް އީރާނުން އުފައްދަން އުޅޭ ކަމަށް ރައީސް ޓްރަމްޕް ކުރެއްވި ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފި

އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ މިސައިލް އީރާނުން އުފައްދަން އުޅޭ ކަމަށް ރައީސް ޓްރަމްޕް ކުރެއްވި ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފި

25 ފެބުރުއަރީ 2026
ވިލާތުގެ ގައުމުތަކާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ވައިގެ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުކޮށްފި

ވިލާތުގެ ގައުމުތަކާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ވައިގެ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުކޮށްފި

24 ފެބުރުއަރީ 2026
އީރާނަށް އެމެރިކާގެ ހަމަލާ ދިނުން އޮތީ ވަރަށް ގާތުގައި ކަމަށް އިޒްރޭލުގެ އޮފިޝަލަކު ހާމަ ކޮށްފި

އީރާނަށް އެމެރިކާގެ ހަމަލާ ދިނުން އޮތީ ވަރަށް ގާތުގައި ކަމަށް އިޒްރޭލުގެ އޮފިޝަލަކު ހާމަ ކޮށްފި

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު