Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ޕްރިންސް އެންޑްރޫ ހައްޔަރުކުރުގެ ސަބަބުން ޝާހީ ގަނޑުވަރަށާއި، ޝާހީ އާއިލާއަށާއި، ރަސްކަމުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ހެއްޔެވެ؟

ދައުލަތުގެ މަގާމެއްގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި އިނގިރޭސި ރަސްގެފާނުގެ ކޮއްކޯފުޅު އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރ ހައްޔަރުކުރުމާ ގުޅިގެން، ރަސްގެފާނު ވަނީ އާއިލީ ގުޅުމަށްވުރެ ގައުމީ މަސްލަހަތު އިސްކުރައްވައި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައި. މި މައްސަލައިގައި ރަސްގެފާނު ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައިވީ ނަމަވެސް، މިއީ ޝާހީ އާއިލާއާއި ރަސްކަމުގެ ނިޒާމުގެ އަބުރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް. އެންޑްރޫގެ ޝާހީ ލަގަބުތައް އަތުލާފައިވާއިރު، މި ހާދިސާގެ ސަބަބުން ރަސްކަމުގެ މުއައްސަސާއަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައި.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 13:17
އާއިލީ ގުޅުމާއި ރަސްކަމުގެ ވާޖިބުތަކާ ދެމެދު ބެލެންސް ހިފެހެއްޓުމުގައި، ރަސްގެފާނު ކުރައްވަމުން ގެންދަވަނީ ފާހަގަ ކުރެވޭ ފަދަ މަސައްކަތެއް ކަމަށް އިނގިރޭސިވިލާތުގެ މީޑިއާގައި ރިޕޯޓު ކޮށްފައިވޭ.

އާއިލީ ގުޅުމާއި ރަސްކަމުގެ ވާޖިބުތަކާ ދެމެދު ބެލެންސް ހިފެހެއްޓުމުގައި، ރަސްގެފާނު ކުރައްވަމުން ގެންދަވަނީ ފާހަގަ ކުރެވޭ ފަދަ މަސައްކަތެއް ކަމަށް އިނގިރޭސިވިލާތުގެ މީޑިއާގައި ރިޕޯޓު ކޮށްފައިވޭ. | ރޮއިޓާސް

އިނގިރޭސި ރަސްގެފާނުގެ ކޮއްކޯފުޅު އިނގިރޭސި ފުލުހުން ހައްޔަރުކުރި ޚަބަރު މުޅި ދުނިޔެއަށް އޮތީ ފެތުރިފަ އެވެ. އޭނާ ހައްޔަރުކުރީ ސޭންޑްރިންގްހަމްގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅުންނެވެ. ފުލުހުން އޭނާ  ހައްޔަރުކޮށް އޭނާގެ ފޮޓޯ ނަގައި، އިނގިލީގެ ނިޝާން ވެސް ވަނީ ނަގާފަ އެވެ.

މިއީ، މީގެ ދުވަސްކޮޅެއް ކުރިން، ވިންޑްސަރ ގްރޭޓް ޕާކްގައި ހުންނަ 30 ކޮޓަރީގެ ޗާލު "ރޯޔަލް ލޮޖް" ގައި ނުހަނު އަރާމުގައި ދިރިއުޅުއްވަމުން ގެންދެވި ބޭފުޅެކެވެ.

މިއީ މީގެ ހަފުތާތަކެއް ކުރިން، ޝާހީ ގަނޑުވަރު މެދުވެރިކޮށް ބަޔާނެއް ނެރުއްވައި، ތިމަންމަނިކުފާނަކީ ކުށެއް ނެތް، ޚިދުމަތްތެރި ބޭފުޅެއް ކަމަށް ވިދާޅުވި "ޕްރިންސް" އެންޑްރޫއެވެ.

މީގެ މަސްތަކެއް ކުރިން، ޑަޗެސް އޮފް ކެންޓްގެ ޖަނާޒާގައި އާއިލާގެ އެހެން މެންބަރުންނާއެކު ވެސްޓްމިންސްޓަރ ކެތީޑްރަލްގެ ސިޑިމަތީގައި އެންޑްރޫ ހުންނަވަނިކޮށް ފެނިފައިވެއެވެ.

އަދި 2011 ވަނަ އަހަރު އިނގިރޭސިވިލާތުގެ ވިޔަފާރި އާ ބެހޭ މަންދޫބުގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު ވެސް، އެތައް އަހަރެއް ވަންދެން އިންވެސްޓްމަންޓް މަޝްރޫއެއް ކަމަށްވާ "ޕިޗް އެޓް ޕެލަސް" އިޝްތިހާރު ކުރެއްވުމަށް ބަކިންގްހަމް ޕެލަސް އެންޑްރޫ ބޭނުންކުރެއްވި އެވެ.

ގަނޑުވަރުތެރޭގެ ކަންކަން މިހެން ހުރި އިރު ރަސްގެފާނު ހުންނެވި ހާލަތާމެދު ބައެއް މީހުން ގެންދަނީ ކަންބޮޑުވުމާ އެކު ޝުއޫރު ފާޅު ކުރުމުންނެވެ. ރަސްގެފާނަށް ތާއީދުކުރާ ފަރާތްތަކުން ފާހަގަކުރަނީ، ކޮއްކޯފުޅުގެ އަތްޕުޅުން ޝާހީ ލަގަބުތަކާއި ގެކޮޅު އަތުލެއްވުމުގެ އިތުރުން، ތަހުގީގުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ، ރަސްގެފާނު މިހާތަނަށް އަޅުއްވާފައިވަނީ ރަނގަޅު ފިޔަވަޅުތަކެއް ކަމުގަ އެވެ.

އެ ފަރާތްތަކުން ބުނާ ގޮތުގައި، ރަސްގެފާނު އަޅުއްވާފައި ވަނީ ވަރަށް ހަލުވި އަދި ވަރަށް ހަރުދަނާ ފިޔަވަޅުތަކެކެވެ.

މި ގޮތުން އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރ ހައްޔަރުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ގަނޑުވަރުން ނެރުނު ބަޔާނަކަށް ވެސް އެ ފަރާތްތަކުން އިޝާރާތް ކުރެ އެވެ. އެ ބަޔާނުގައި، ރަސްގެފާނާއި އެންޑްރޫއާ ދެމެދު އޮތް ލޭގެ ގުޅުމާ ބެހޭ އެއްވެސް ވާހަކައެއް ފާހަގަކޮށްފައެއް ނުވެ އެވެ.

އެ ބަޔާނުގައި ރަސްގެފާނު ވިދާޅުވެފައި ވަނީ، "އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރގެ މައްޗަށް ކުރެވޭ ދައުލަތުގެ މަގާމެއްގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތާ" މެދު "އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ" ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކަށް "ރަސްގެފާނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ" ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރަސްގެފާނުގެ ދިފާއުގައި ވާހަކަދައްކާ ފަރާތްތަކުން ބުނަނީ، މިއީ އާއިލީ ގުޅުމަށްވުރެ ބޮޑަށް ރަސްގެފާނު ގައުމީ މަސްލަހަތު އިސްކުރެއްވުން ކަމަށެވެ.

ރަސްގެފާނުގެ ހަޔާތުނާމާ ލިޔުއްވި އަދި އެމަނިކުފާނުގެ ގާތް އެކުވެރިއެއް ކަމަށްވާ ޖޮނަތަން ޑިމްބްލްބީ، ބުރާސްފަތި ދުވަހު ބީބީސީގެ "ވޯލްޑް އެޓް ވަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޝާހީ އާއިލާ އާއި ރަސްކަމުގެ ނިޒާމާ ދެމެދު ސާފު ރޮނގެއް އޭނާ ދަމާލެއްވިއެވެ.

އެންޑްރޫ ހައްޔަރުކުރުމާ ގުޅޭގޮތުން އޭނާ ވިދާޅުވީ، "މީގެ ސަބަބުން ރަސްކަމުގެ ނިޒާމަށް ގެއްލުމެއް ލިބޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑުމެން ޖެހޭނީ އާއިލާއާ ރަސްކަމުގެ މުއައްސަސާއަކީ ދެ ކަމެއްގެ ގޮތުގައި ދެކެން،" ކަމަށެވެ.

"އެއީ ވަރަށް މުހިންމު ކަމެއް. އެ ދެ ކަންތައް އެއްކޮށްލުމަކީ ވަރަށް ފަސޭހައިން ވެދާނެ ކަމެއް،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، މި ހައްޔަރުކުރުމުގެ ސަބަބުން ޝާހީ އާއިލާއަށާއި ގަނޑުވަރަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެއެވެ. އަދި އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރއާ މެދުވެސް އާންމު އެހެން ކުށްވެރިއަކާ މެދު އަމަލުކުރާ އުސޫލުން އަމަލުކުރުމުން، ރަސްކަމަށް ލިބޭ ގެއްލުން ކުޑަވާނެ އެވެ.

ޝާހީ އާއިލާގެ އިރުޝާދުގެ ދަށުން މަސައްކަތްކުރާ ގަނޑުވަރުގެ މުއައްސަސާއިން، އާއިލާގެ މެންބަރުންގެ ރަސްމީ ޒިންމާތަކާއި އެބޭފުޅުންގެ އަމިއްލަ ދިރިއުޅުމާ ދެމެދު ފަރަގު ގެންގުޅޭކަން ފާހަގަވެ އެވެ.

އެގޮތުން އެންޑްރޫ ރަސްމީ ޒިންމާތަކުން ދުރުވެވަޑައިގަތުމާއެކު، ގަނޑުވަރުން އެމަނިކުފާނު ތަމްސީލުކުރުން ވެސް ހުއްޓާލިއެވެ.

ނަމަވެސް، ގަނޑުވަރަށް މުހިންމު ކަމާ އެކު ދަމަހައްޓާ މި ފަރަގަކީ ގިނަ އާންމު ރައްޔިތުންނަށް ފެންނަ ފަރަގެއް ނޫނެވެ. އާންމުންނަށް ގަނޑުވަރާއި، ޝާހީ އާއިލާ އާއި، ރަސްކަމުގެ ނިޒާމަކީ ވެސް އެކައްޗެކެވެ.

އެންޑްރޫ ބަކިންގްހަމް ޕެލަސްގެ ބެލްކަނީން ނުފެނި ދުވަސްކޮޅެއް ދިޔަ ނަމަވެސް، ފާއިތުވި 60 އަށްވުރެ ގިނަ އަހަރު އޭނާ އަކީ، އެމަނިކުފާނުގެ ބައްޕާފުޅު ޕްރިންސް ފިލިޕް ވިދާޅުވާ ފަދައިން "އާއިލީ ވިޔަފާރި" ގެ ބައިވެރިއެކެވެ.

މިއީ "އަމިއްލަ ކަމެއް" ކަމަށް ބުނާ ބުނުމަކީ ބަލައިގަނެވޭނެ ވާހަކައެއް ނޫނެވެ. މައުންޓްބެޓަން-ވިންޑްސަރ އަކީ ކުރީގެ ޕްރިންސް އެންޑްރޫ އެވެ. އަދި އޭނާ އަކީ އަދިވެސް ރަސްކަމުގެ ތަޚުތަށް އިސްކުރެވޭނެ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ވާރުތަވަމުން އަންނަ ރަސްކަމެއްގެ މައިގަނޑު އަސާސަކީ ޝާހީ ލެޔެވެ.

އެމަނިކުފާނަކީ އާންމު ރައްޔިތެއްގެ ގޮތުގައި ބެލި ކަމުގައި ވިޔަސް، ޝާހީ އާއިލާއާ އޮތް ގުޅުމާއި ގަނޑުވަރާ އޮތް ގުޅުމަކީ ވަކިކުރެވޭނެ އެއްޗަކަށް ނުވުމާއެކު، މި މައްސަލައިގެ ތެރޭގައި ޝާހީ ވެރިކަން ޝާމިލު ނުވާނެ ގޮތެއް ނޯންނާނެ އެވެ.

ތަހުގީގުތަކަށް "ފުރިހަމައަށް" އެއްބާރުލުން ދެއްވާނެ ކަމަށް ރަސްގެފާނު ވެވަޑައިގެންފައިވާ ވައުދުގެ ތެރެއިން ދެން ފެންމަތިވާނީ ކޮން ކަންތައްތަކެއް ކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟

ގަނޑުވަރުން ފާހަގަކުރަނީ ރަސްގެފާނު މިހާތަނަށް އަޅުއްވާފައިވަނީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ހަރުކަށި ފިޔަވަޅުތަކެވެ. އެއީ އެންޑްރޫގެ ލަގަބުތަކާއި ގެކޮޅު އަތުލެއްވުމާއި، ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ކަމާބެހޭ ފަރާތްތަކުގެ ނިންމުންތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވުމެވެ.

އާއިލީ ގުޅުމާއި، ރަސްކަމުގެ ނިޒާމުގެ ކުރިމަތީގައި އޮތް މަސްއޫލިއްޔަތު ބެލެންސް ކުރެއްވުމުގައި ރަސްގެފާނު ކުރައްވަމުން ގެންދަވަނީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

ރަސްގެފާނަށް ތާއީދުކުރާ ފަރާތްތަކުން އެމަނިކުފާނު މިކަމުގައި އަމަލުކުރައްވަމުން ގެންދަވާ ގޮތް ރަނގަޅު ކަމަށް ބުނަމުން ގެންދާއިރު ރަސްކަމުގެ ނިޒާމަށް ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދާނީ މިއަށްވުރެ ކުރިން ފިޔަވަޅު ނޭޅީ ކީއްވެގެންހެއްޔެވެ؟ އެކި ތުހުމަތުތަކާއި ރިޕޯޓްތައް ފެންމަތިވަމުން ދިޔައިރު، އެކަންކަން ބަލަން ބޭނުންނުވީ ކީއްވެގެންހެއްޔެވެ؟ އަދި ކުރީގެ ޕްރިންސްއާ މެދު އަމަލުކުރާ ގޮތް ބަދަލުވީ ކޮން ހިސާބަކުން، ކޮން ސަބަބަކާ ހުރެހެއްޔެވެ؟

މިއަދުގެ މި ހަލަބޮލިކަން މައިތިރިވެގެން ދިޔަ ކަމުގައި ވިޔަސް  ގަނޑުވަރަށާއި، ޝާހީ އާއިލާއަށާއި، ރަސްކަމުގެ ނިޒާމަށް ލިބެން އޮތް ގެއްލުން މިހާރު ވެސް ވަނީ ލިބިފައެވެ. ދެން އޮތް ސުވާލަކީ، ކުރިއަށް އޮތީ އަދި ކިހާވަރެއްގެ ގޮންޖެހުންތަކެއް ބާވައެވެ؟

މަސްދަރު: ބީބީސީ

އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރބަކިންހަމް ޕެލެސްޖޮނަތަން ޑިމްބްލްބީޕްރިންސް ފިލިޕްވެސްޓްމިންސްޓަރ ކެތީޑްރަލްއެޕްސްޓީން ފައިލްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕްރިންސް އެންޑްރޫ ދޫކޮށްލައިފި

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕްރިންސް އެންޑްރޫ ދޫކޮށްލައިފި

19 ފެބުރުއަރީ 2026
މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި

މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި

19 ފެބުރުއަރީ 2026
“ޑީޕީ ވާރލްޑް” ގެ ޗެއަރމަން ކަމުގެ މަގާމުންނާއި ސީއީއޯ ގެ މަޤާމުން ސުލްޠާން އަޙްމަދު ބިން ސުލައިމް އިސްތިއުފާ ދެއްވައިފިި.

“ޑީޕީ ވާރލްޑް” ގެ ޗެއަރމަން ކަމުގެ މަގާމުންނާއި ސީއީއޯ ގެ މަޤާމުން ސުލްޠާން އަޙްމަދު ބިން ސުލައިމް އިސްތިއުފާ ދެއްވައިފިި.

13 ފެބުރުއަރީ 2026
އެޕްސްޓީންއާ އޮތް ގުޅުމުގެ މައްސަލާގައި ނޯވޭގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި

އެޕްސްޓީންއާ އޮތް ގުޅުމުގެ މައްސަލާގައި ނޯވޭގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2026
ރައީސް ވަހީދު އެޕްސްޓީން އަށް ހުށަހެޅުއްވި ފުއްގިރި، ފަހުން ބިޑަކާ ނުލައި މި ރަށް ބަޔަކަށް ދިން މައްސަލަ ރައީސް ޔާމީން އަށް ވެސް ކުރިމަތިވި!

ރައީސް ވަހީދު އެޕްސްޓީން އަށް ހުށަހެޅުއްވި ފުއްގިރި، ފަހުން ބިޑަކާ ނުލައި މި ރަށް ބަޔަކަށް ދިން މައްސަލަ ރައީސް ޔާމީން އަށް ވެސް ކުރިމަތިވި!

11 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު