އޮޑި އަތުން ހޯދި މޮޅާއެކު އީގަލްސް އޮތީ 12 މެޗުން 16 ޕޮއިންޓާ އެކު ލީގު ތާވަލްގެ ހަ ވަނަ މަގާމުގައި. އީގަލްސް އަތުން ބަލިވެ އޮޑި އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 12 މެޗުން 28 ޕޮއިންޓާ އެކު. އޮޑި ބަލިވުމާ އެކު، އެއް ވަަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ ހަ ޕޮއިންޓުގެ ލީޑެއް ލިބިފައި.