Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ފްލިކް ބުނީ ފޯކަސް ގެއްލުވާލައިގެން ނުވާނެ ކަމަށް!

ދެ ވަނަ ލެގަށް ބާސެލޯނާ އިން ތައްޔާރުވީ ވަރަށް ރަނގަޅަށް ކަމަށާއި، ޓީމުގެ ފަރިތަކުރުންތައް ވެސް ދިޔައީ ހިތްހަމަ ޖެހޭ ގޮތުގައި ކަމަށް ފްލިކް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 މާރިޗު 2025 | އަންގާރަ 06:17
މީގެ ކުރިން ބާސެލޯނާ އިން ކުޅުނު މެޗެއްގައި އެ ޓީމުގެ ކޯޗު ހަންސީ ފްލިކް

މީގެ ކުރިން ބާސެލޯނާ އިން ކުޅުނު މެޗެއްގައި އެ ޓީމުގެ ކޯޗު ހަންސީ ފްލިކް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި ބެންފީކާއާ ދެކޮޅަށް ނިކުންނައިރު، ބާސެލޯނާ އިން ފޯކަސް ގެއްލުވާލައިގެން ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ބެންފީކާގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ބާސެލޯނާ އިން ވަނީ 1-0 އިން ކާމިޔާބު ކޮށްފަ އެވެ. އެހެންކަމުން، ބާސެލޯނާގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުން ބަލި ނުވެ ފަރުޖައްސާލައިގެން އެ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދޭނެ އެވެ.

ދެ ވަނަ ލެގުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފްލިކް ބުނީ، ދެ ވަނަ ލެގުގައި ބެންފީކާ އަށް ޕްރެޝަރު ކުރުވަން ޖެހޭނެ ކަމަށެވެ. އެއާއެކު ޑިފެންސްގައި ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް އޭނާ ފާހަގަ ކުރި އެވެ.

ޚާއްސަކޮށް ފުރަތަމަ ލެގުގައި ބެންފީކާ އިން ވަނީ އެ ޓީމަކީ ކައުންޓަރ އެޓޭކުގައި ނުރައްކާތެރި ޓީމެއްކަން ދައްކާފައި ކަމަށާއި، ބާސެލޯނާ އިން އެކަމާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް ފްލިކް ބުނެފައިވެ އެވެ.

މެޗުން މޮޅުވުމަށް ބާސެލޯނާ އިން ކުރަން ޖެހޭ އެންމެ ބޮޑު ކަމަކީ މެޗުގެ ފޯކަސް ގެއްލުވާ ނުލައި، ރަނގަޅު ކުޅުމެއް ދެއްކުން ކަމަށް އޭނާ ބުންޏެވެ. ދެ ވަނަ ލެގަށް ބާސެލޯނާ އިން ތައްޔާރުވީ ވަރަށް ރަނގަޅަށް ކަމަށާއި، ޓީމުގެ ފަރިތަކުރުންތައް ވެސް ދިޔައީ ހިތްހަމަ ޖެހޭ ގޮތުގައި ކަމަށް ފްލިކް ބުންޏެވެ.

ދެ ވަނަ ލެގަށް ނިކުންނައިރު މިއީ ބާސެލޯނާ އަށް ވަރަށް މުހިންމު ވަގުތެއްގެ ގޮތުގައި ފްލިކް ސިފަ ކުރި އެވެ. އޭނާ ބުނީ މުޅި ކުލަބު އޮތީ މޮޅެއް ހޯދައި، ކުރިއަށް ދާން ބޭނުންވެފައި ކަމަށެވެ. ބާސެލޯނާގެ ކުޅުންތެރިންނަށް އޭނާގެ ފުރިހަމަ އިތުބާރު އޮންނަ ކަމަށާއި، އެކަން ޙާސިލު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮންނަ ކަމަށް ފްލިކް ބުންޏެވެ.

ބާސެލޯނާ އާއި ބެންފީކާ ބައްދަލު ކުރާ ދެ ވަނަ ލެގުގެ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން، 10:45 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ގަދަ ހަތަރެއްގެ ޖާގަ ލިބުނީ ޗެލްސީ، ޓޮޓެންހަމް، ސިޓީ އަދި ލިވަޕޫލްއަށް

ޕްރިމިއާ ލީގު: ގަދަ ހަތަރެއްގެ ޖާގަ ލިބުނީ ޗެލްސީ، ޓޮޓެންހަމް، ސިޓީ އަދި ލިވަޕޫލްއަށް

22 މެއި 2017
މެޗު ފަސޭހަ ނުވާނެ، ވިކްޓޮރީއަކީ ރާއްޖޭގައި އޮތް އެންމެ ރަނގަޅު އެއްޓީމް: ސެކުލޯސްކީ

މެޗު ފަސޭހަ ނުވާނެ، ވިކްޓޮރީއަކީ ރާއްޖޭގައި އޮތް އެންމެ ރަނގަޅު އެއްޓީމް: ސެކުލޯސްކީ

20 މެއި 2017
ޔުވެންޓަސް ކޮޅަށް ގޯލު ޖަހަން ފަސޭހައެއް ނުވާނެ: ފަލްކާއޯ

ޔުވެންޓަސް ކޮޅަށް ގޯލު ޖަހަން ފަސޭހައެއް ނުވާނެ: ފަލްކާއޯ

03 މެއި 2017
ވިކްޓްރީ އަކީ ލީގުގައި އެންމެ ވަރުގަދަ އެއް ޓީމު، ދެޓީމަށްވެސް ފަސޭހައެއްނުވާނެ: ސެކުލޮވްސްކީ

ވިކްޓްރީ އަކީ ލީގުގައި އެންމެ ވަރުގަދަ އެއް ޓީމު، ދެޓީމަށްވެސް ފަސޭހައެއްނުވާނެ: ސެކުލޮވްސްކީ

23 އެޕްރީލު 2017
ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް

ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް

08 އެޕްރީލު 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު