Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް ޖޫމް މަހު ސްރީ ލަންކާގައި

12 މާރިޗު 2025 | ބުދަ 05:35

ސްރީ ލަންކާގައި މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ނިންމާފައި ވަނީ ނޭޕާލްގެ ކަތަމަންޑޫގައި އަންގާރަ ދުވަހު އޮތް ސާފްގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2025 | ބުދަ 05:35
ނޭޕާލްގެ ކަތަމަންޑޫގައި އަންގާރަ ދުވަހު ބޭއްވި ސާފްގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން

ނޭޕާލްގެ ކަތަމަންޑޫގައި އަންގާރަ ދުވަހު ބޭއްވި ސާފްގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން

މިއަހަރުގެ ސަރަހައްދީ ފުޓުބޯޅަ މުބާރާތް (ސާފް) ޗެމްޕިއަންޝިޕް ސްރީ ލަންކާގައި ބާއްވަން ނިންމައިފި އެވެ.

މިއަހަރުގެ މުބާރާތް ސްރީ ލަންކާގައި ބާއްވަން ނިންމާފައި ވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން، ޖުލައި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ފަހުން ސްރީ ލަންކާގައި ސާފް ޗެމްޕިއަންޝިޕް ބާއްވާފައި ވަނީ 2008 ވަނަ އަހަރު އެވެ. އެއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ ލަންކާގެ އިތުރުން، ރާއްޖެ ގުޅިގެން ކޯ ހޯސްޓު ކުރާ ގޮތަށެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލްގައި އިންޑިއާ ބަލިކޮށް ރާއްޖެ އިން ވަނީ ޗެމްޕިއަންކަން ހޯދައިފި އެވެ.

ސްރީ ލަންކާގައި މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ނިންމާފައި ވަނީ ނޭޕާލްގެ ކަތަމަންޑޫގައި އަންގާރަ ދުވަހު އޮތް ސާފްގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބާއްވާފައި ވަނީ 2023 ވަނަ އަހަރު އެވެ. އިންޑިއާގެ ބެންގަލޫރުގައި ކުރިއަށް ގެންދިޔަ އެ މުބާރާތް ކާމިޔާބު ކުރީ ވެސް އިންޑިއާ އިންނެވެ.

އެ އަހަރުގެ މުބާރާތުގައި ސްރީ ލަންކާ ވާދަކޮށްފައެއް ނުވެ އެވެ. އެއީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ސްރީ ލަންކާގެ ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑު ކޮށްފައި އޮތުމުންނެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފޯމެޓު ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ނިންމިކަން މީގެ ކުރިން ސާފް އިން ވަނީ އިއުލާން ކޮށްފަ އެވެ. ނަމަވެސް، އެކަށީގެންވާ މިންވަރަށް ތައްޔާރުވެވިފައި ނުވާތީ، އައު ފޯމެޓަށް މުބާރާތް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާއިރު، ފީފާ އިން ވަނީ ދިވެހި ރާއްޖެ ނޯމަލައިޒް ކޮށްފަ އެވެ. ނަމަވެސް ގިނަ ދުވަސްތަކަކަށްފަހު، ރާއްޖޭގެ ސީނިއާ ޤައުމީ ޓީމުގެ ފަރިތަކުރުންތަށް ވަނީ ފަށައިފަ އެވެ. އެއީ މި މަހު ކުޅޭ ބައިނަލްއަޤުވާމީ ރަޙުމަތްތެެރިކަމުގެ މެޗު އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް