Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ވެޓަރަންސް ލީގު

ދެ ވަނަ މެޗުގައި ދަ ގްރާންޑޭ އިން ޕޮލިސް ބަލިކޮށްފި

މެޗުގައި ދަ ގްރާންޑޭ އިން ލީޑު ނަގާފައި ވަނިކޮށް، ޕޮލިސް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ފަހު ވަގުތުގައި ލަނޑު ޖަހައިގެން ދަ ގްރާންޑޭ ވަނީ މެޗުން މޮޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މާރިޗު 2025 | އާދީއްތަ 05:24
އެފްއޭއެމް ވެޓަރަންސް ލީގުގައި ދަ ގްރާންޑޭ އަދި ޕޮލިސް ކުލަބު ބައްދަލު ކުރި މެޗުގެ ތެރެއިން

އެފްއޭއެމް ވެޓަރަންސް ލީގުގައި ދަ ގްރާންޑޭ އަދި ޕޮލިސް ކުލަބު ބައްދަލު ކުރި މެޗުގެ ތެރެއިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ، އެފްއޭއެމްގެ ވެޓަރަންސް ލީގުގެ ގުރޫޕު ބީގައި ދަ ގްރާންޑޭ އިން ކުޅުނު ދެ ވަނަ މެޗުގައި، ޕޮލިސް ކުލަބުގެ މައްޗަށް ކުރި ހޯދައިފި އެވެ.

ލީގުގައި ދަ ގްރާންޑޭގެ ފުރަތަމަ މެޗުގައި އެ ޓީމު ބައްދަލު ކޮށްފައި ވަނީ މުއިވެޔޮއާ އެވެ. އެ މެޗު ނިމުނީ ދެ ޓީމު ވެސް އެއްވަރުވެގެންނެވެ.

ދަ ގްރާންޑޭގެ ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ހަވީރު، މާފަންނު ޓާފު ދަނޑުގައި ޕޮލިސްއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މިއީ މުބާރާތުގައި ޕޮލިސް ކުލަބުން ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގައި ދަ ގްރާންޑޭ އިން ލީޑު ނަގާފައި ވަނިކޮށް، ޕޮލިސް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ފަހު ވަގުތުގައި ލަނޑު ޖަހައިގެން ދަ ގްރާންޑޭ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދަ ގްރާންޑޭ އަށް ލީޑު ނަގައިދިނީ ޝުއައިބް އެވެ. މެޗުގެ ދެ ވަނަ ހާފުގައި ނަސީމް ޖެހި ލަނޑުން، ޕޮލިސް ކުލަބުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ވެސް ކޮށްފަ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ޝަހީމް ވަނީ ލަނޑު ޖަހައި މެޗުން ދަ ގްރާންޑޭ މޮޅު ކޮށްދީފަ އެވެ.

މިއަހަރުގެ ވެޓަރަންސް ލީގު ކުރިއަށް ދާނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 10 ޓީމަކުން ބައިވެރިވެ އެވެ.

މުބާރާތް ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕު އޭގައި އޮތީ ދިވެހި ސިފައިންގެ ކުލަބު، ވިލިމާލެ ޔުނައިޓެޑު، ހުޅުމާލޭ ވެޓަރަންސް ކުލަބު، ޒެލޮޓް އަދި ހުއްރިއްޔާ އެވެ. ގުރޫޕު ބީ ގައި ހިމެނެނީ ޕޮލިސް ކުލަބު، ސްޓެލްކޯ، ކުލަބު އީގަލްސް، މުއިވެޔޮ އަދި ދަ ގްރާންޑޭ އެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
14 މާރިޗު 2017

ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން

14 މާރިޗު 2017
ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
14 ފެބުރުއަރީ 2017

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު