Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

އެންރީކޭގެ އަންދާޒާ، ލިވަޕޫލް އާއި ޕީއެސްޖީ މެޗުން މޮޅުވާ ޓީމެއް ފައިނަލް ކުޅޭނެ!

ފުރަތަމަ މެޗުގެ ނަތީޖާ ނިކުތް ގޮތުން، ޕީއެސްޖީ އަށް މިހާރު އިތުރު ޗޮއިސް އެއް ނެތް ކަމަށް ވެސް އެންރީކޭ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 މާރިޗު 2025 | އަންގާރަ 06:17
ލިވަޕޫލްއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ލިވަޕޫލްއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި ލިވަޕޫލް އާއި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބައްދަލު ކުރާއިރު، އެ މެޗުން މޮޅުވެ އަނެއް ބުރަށް ދާ ޓީމެއް، މިއަހަރުގެ ފައިނަލްގައި ކުޅޭނެ ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަންދާޒާ ކޮށްފި އެވެ.

ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު 1-0 އިން ކާމިޔާބު ކުރީ ލިވަޕޫލް އިންނެވެ. އެ މެޗުގައި ޕީއެސްޖީން ވަނީ މޮޅަށް ކުޅެފަ އެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި ކުޅޭ ދެ ވަނަ ލެގުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެންރީކޭ ބުނީ، މުބާރާތުގެ ފައިނަލްގައި ދެ ޓީމު ބައްދަލު ކުރާއިރު، ލިވަޕޫލް އާއި ޕީއެސްޖީގެ މެޗުން ކުރި ހޯދާ ޓީމެއް އެއްކޮޅުން ފައިނަލްގައި ކުޅޭނެ ކަމަށެވެ.

މީގެ އިތުރުން އެންރީކޭ ބުނީ، ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ދެއްކި ފަދަ މޮޅު ކުޅުމެއް ދެ ވަނަ ލެގުގައި ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ފުރަތަމަ ލެގުގައި ޕީއެސްޖީން ލިވަޕޫލްގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، އެ ހަމަލާތަކަށް ހުރަސް އެޅީ ލިވަޕޫލްގެ ގޯލު ކީޕަރު އެލިސަން ބެކާ އެވެ.

އެންރީކޭ ބުނީ ލިވަޕޫލްގެ އެންފީލްޑުގައި ކުޅޭ މެޗު އުނދަގޫ ވާނެ ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅުމުގައި ސަމާލުކަން ދޭން ޖެހޭ ގިނަ ކަންކަން ހުންނާނެ ކަމަށެވެ. ފުރަތަމަ މެޗުގެ ނަތީޖާ ނިކުތް ގޮތުން، ޕީއެސްޖީ އަށް މިހާރު އިތުރު ޗޮއިސް އެއް ނެތް ކަމަށް ވެސް އެންރީކޭ ބުންޏެވެ.

އޭނާ ބުނީ މޮޅުވުން ނޫން އެހެން ގޮތެއް ނެތް ކަމަށާއި، އޭނާ އާއި ޕީއެސްޖީގެ ކުޅުންތެރިން ތިބީ ދެ ވަނަ ލެގުން މޮޅެއް ހޯދައި، މުބާރާތުގެ އަނެއް ބުރަށް ދިޔުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ތައްޔާރަށް ކަމަށެވެ. ދެ ވަނަ ލެގުގެ ކުރިން ޕީއެސްޖީން ކުރިއަަށް ގެންދިޔަ ފަރިތަކުރުންތަކާ މެދު ވެސް އެންރީކޭ ހުރީ ހިތްހަމަ ޖެހިފަ އެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު، ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު