Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިކްޓަރީ ސްޕޯޓްސް ކުލަބު

އާތީ އަލުން ވިކްޓްރީ އަށް!

އާތީގެ އިރުޝާދުގެ ދަށުން ވިކްޓްރީން މިހާރު ވަނީ އެ ކުލަބުގެ ފަރިތަކުރުންތައް ވެސް ރަސްމީކޮށް ފަށައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މާރިޗު 2025 | ހޯމަ 05:44
ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކޯޗަކަށް ހަމަޖެއްސި މުޙައްމަދު އާތިފް (އާތީ)

ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކޯޗަކަށް ހަމަޖެއްސި މުޙައްމަދު އާތިފް (އާތީ)

ފުރަތަމަ ޑިވިޝަންގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކޯޗަކަށް، މުޙައްމަދު އާތިފް (އާތީ) ހަމަޖައްސައިފި އެވެ.

ވިކްޓްރީ އިން ވަނީ އެ ޓީމުގެ ކޯޗުކަމާ އާތީ ހަވާލުވެފައިވާކަން ހާމަކޮށްފަ އެވެ. އަދި އެ ކުލަބުގެ އެއްބަސްވުމުގައި ވެސް އާތީ ވަނީ ސޮއި ކޮށްފަ އެވެ.

އާތީގެ އިރުޝާދުގެ ދަށުން ވިކްޓްރީން މިހާރު ވަނީ އެ ކުލަބުގެ ފަރިތަކުރުންތައް ވެސް ރަސްމީކޮށް ފަށައިފަ އެވެ. މިއީ ފަސް އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު، ވިކްޓްރީ އަލުން ފުރަަތަމަ ޑިވިޝަންގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އާތީ ވިކްޓްރީގައި މަސައްކަތް ކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ވެސް އާތީ ވަނީ ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކަކަށް އިރުޝާދު ދީފަ އެވެ.

އެންމެ ފަހުން އާތީ މަސައްކަތް ކޮށްފައި ވަނީ އޮޑި ސްޕޯޓްސް ކުލަބުގަ އެވެ. އާތީގެ އިރުޝާދުގެ ދަށުން އެ ކުލަބުން ވަނީ މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މީގެ އިތުރުން ކުލަބު ވެލެންސިއާ، ކުލަބު އީގަލްސް، ޔުނައިޓެޑު ވިކްޓަރީ އަދި ޓީސީ ސްޕޯޓްސް ކުލަބަށް ވެސް އާތީ ވަނީ އިރުޝާދު ދީފަ އެވެ.

ވިކްޓްރީން ވަނީ ފުރަތަމަ ޑިވިޝަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކުޅުންތެރިން ތަކެއްގެ ސޮއި ހޯދައި، ޓީމުގެ ސްކޮޑު ވަރުގަދަ ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
11 ފެބުރުއަރީ 2017

ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް

11 ފެބުރުއަރީ 2017
ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު