މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މުބާރާތެއް. މުބާރާތުގައި ޖުމުލަ ހަތަރު ޤައުމެއް ވާދަ ކުރޭ. އެއީ ރާއްޖެ އާއި އަފްޣާނިސްތާންގެ އިތުރުން ބަންގްލަދޭޝް އާއި ޕާކިސްތާން.