Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަޑިއޯ މާނޭ

މާނޭ ގަތުމަށް ރެއާލުން ތައްޔާރުވަނީ

މާނޭ ގަތުމަށް ރެއާލުން ތައްޔާރުވަމުން އަންނަނީ ރެއާލްގެ ކޯޗު ޒިނެދިން ޒިދާންގެ އެދުމުގެ މަތިން

އަތޫފް އާތިފް
އަތޫފް އާތިފް | 31 މާރިޗު 2020 | އަންގާރަ 14:51
ސަޑިއޯ މާނޭ

ސަޑިއޯ މާނޭ

ލިވަޕޫލްގެ ސެނެގާލް ފޯވާޑް ސަޑިއޯ މާނޭ ގަތުމަށް ރެއާލް މެޑްރިޑުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މާނޭ ގަތުމަށް ރެއާލުން ތައްޔާރުވަމުން އަންނަނީ ރެއާލްގެ ކޯޗު ޒިނެދިން ޒިދާންގެ އެދުމުގެ މަތިންނެވެ. އަދި މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލުމަށް މާނޭވެސް ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މާނޭގެ އިތުރުން ލިވަޕޫލްގެ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ގަތުމަށްވެސް ރެއާލުން އަންނަނީ ތައްޔާރުވަމުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ސީޒަނަށްފަހު ސަލާހްވެސް ލިވަޕޫލު ދޫކޮށްދާނެއެވެ.

ފްރާންސްގެ ކުރީގެ މިޑްފިލްޑަރު މުހައްމަދު ސިސޯކޯ ބުނީ ސަލާހު އަށް ވުރެ މާނޭ ގަތުމަށް ރެއާލުން މަސައްކަތް ކުރާނެ ކަމަށާއި މާނޭގެ ކުޅުމާއި މެދު ރެއާލްގެ ކޯޗު ޒިދާން ހިތްހަމަޖެހޭ ކަމަށެވެ.

ސަލާހް އަދި މާނޭ ލިވަޕޫލު ދޫކޮށްދިޔަ ނަމަވެސް އޭނާ ކުޅޭ މަގާމު ފޫބައްދާނެ ކުޅުންތެރިން ލިވަޕޫލުގައި ތިބޭނެ ކަމަށްވެސް ސިސޯކޯ ބުންޏެވެ.

ސައުތެމްޕްޓަނުން 2016 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވުމަށްފަހު މާނޭ އަންނަނީ އެޓީމުގައި ތަފާތު ދައްކަމުންނެވެ. އެގޮތުން މާނޭ ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 118 މެޗުގައި 59 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2017

ކްލޮމްއާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ: މާނޭ

28 ނޮވެމްބަރު 2017
ކްލޮމްއާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ: މާނޭ
18 އޮކްޓޯބަރު 2017

އަނިޔާގައި ހުރި މާނޭ ސެނެގާލްގެ ގައުމީ ސްކޮޑުގައި ހިމަނައިފި

18 އޮކްޓޯބަރު 2017
އަނިޔާގައި ހުރި މާނޭ ސެނެގާލްގެ ގައުމީ ސްކޮޑުގައި ހިމަނައިފި
10 އޮކްޓޯބަރު 2017

އަނިޔާގެ ސަބަބުން މާނޭ ހަ ހަފްތާ އަށް ކުޅުމާ ދުރަށް

10 އޮކްޓޯބަރު 2017
އަނިޔާގެ ސަބަބުން މާނޭ ހަ ހަފްތާ އަށް ކުޅުމާ ދުރަށް
31 ޖުލައި 2017

ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ

31 ޖުލައި 2017
ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ
20 ޖޫން 2017

ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް

20 ޖޫން 2017
ޔުނައިޓެޑަށް މޮރާޓާ ވިއްކާލުމަށް ރެއާލުން އެއްބަހެއް ނުވޭ: ރެއާލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު