Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލަބު އީގަލްސް

އީގަލްސް ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕަށް

އީގަލްސްއަށް އޭއެފްސީ ކަޕްގެ ޕްލޭއޮފުން ފުރުސަތު ލިބުނީ އެފްއޭ ކަޕް ކެންސަލް ކުރުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 31 މާރިޗު 2020 | އަންގާރަ 00:42
ކްލަބު އީގަލްސް

ކްލަބު އީގަލްސް

މި ސީޒަނުގެ އެފްއޭ ކަޕް ކެންސަލް ކުރުމުން، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ޓީމުގެ ހައިސިއްޔަތުން ކްލަބު އީގަލްސް އަށް 2021 ވަނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ލިބިއްޖެ އެވެ.

މިއީ އީގަލްސްއަށް އޭޝިއާގެ ދެވަނަ ފަންތީގެ ކްލަބު މުބާރާތުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.

2019/2020 ވަނަ އަހަރުގެ އެފްއޭ ކަޕް ކެންސަލްކުރީ މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ކްލަބުތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އެފްއޭ ކަޕް ކެންސަލް ކުރިއިރު، މީގެ ކުރިން ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅެފައެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގައެއް ލިބޭނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނަށެވެ. އަދި ޕްލޭއޮފްގެ ޖާގަ ލިބޭނީ އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށެވެ. އެކަމަކު މި ސީޒަނުގެ އެފްއޭ ކަޕް ކެންސަލް ކުރުމުން، ލީގުގެ ދެވަނަ ޓީމު ކަމަށްވާ އީގަލްސްއަށް ވަނީ ޕްލޭއޮފްގެ ޖާގައެއް ލިބިފައެވެ. ލީގު ޗެމްޕިއަންކަން ހޯދާ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ހޯދާފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.

އޭއެފްސީ ކަޕުން ކްލަބު އީގަލްސް ފުރަތަމަ ފަހަރަށް ޖާގައެއް ހޯދިއިރު، މި މުބާރާތުގައި މިހާތަނަށް ރާއްޖޭގެ 6 ޓީމެއް ވަނީ ވާދަކޮށްފައެވެ. އެއީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު، މާޒިޔާ، ވިކްޓަރީ ސްޕޯޓްސް ކްލަބު، ކްލަބު ވެލެންސިއާ، ވީބީ އައްޑޫ އެފްސީ އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.

އެގޮތުން މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ދެ ޓީމު އަންނަނީ ވާދަކުރަމުންނެވެ. އެއީ މާޒިޔާ އާއި ޓީސީ އެވެ.

އެކަމަކު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން އޭއެފްސީން ވަނީ މާޗު މަހާއި އޭޕްރީލް މަހު އޭއެފްސީ ކަޕްގެ ހުރިހާ ސަރަހަދެއްގައި ކުޅެން ތާވަލުކޮށްފައި ހުރި މެޗުތައް ފަސްކޮށްފައެވެ. ދެން އެ މެޗުތައް ކުޅޭނެ ތާރީޚެއް އޭޕްރީލް މަހަށްފަހު ކަނޑައަޅާނެ ކަމަށް އޭއެފްސީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު