Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ސީޒަން ކެންސަލް ކުރާނަމަ ލިވަޕޫލަށް ތަށި ދިނުން ހައްގު: ގުންޑޮގާން

30 މާރިޗު 2020 | ހޯމަ 08:00

ޗެމްޕިއަންކަން ހޯދުމަށް ލިވަޕޫލަށް ދެން ބޭނުންވަނީ އެންމެ 6 ޕޮއިންޓު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 މާރިޗު 2020 | ހޯމަ 08:00
މެންޗެސްޓާ ސިޓީގެ ޖަރުމަން މިޑްފީލްޑަރު އިލްކާއި ގުންޑޮގާން

މެންޗެސްޓާ ސިޓީގެ ޖަރުމަން މިޑްފީލްޑަރު އިލްކާއި ގުންޑޮގާން

މިފަހަރުގެ ފުޓްބޯޅަ ސީޒަން ކެންސަލް ކުރާނަމަ، އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ލިވަޕޫލަށް ދިނުން ހައްގު ކަމަށް މެންޗެސްޓާ ސިޓީގެ ޖަރުމަން މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ބުނެފި އެވެ.

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޕްރިމިއާ ލީގުގެ މެޗުތައް ވަނީ އަންނަ އޭޕްރީލް މަހުގެ 30 ގެ ނިޔަލަށް މެދުކަނޑާލާފައެވެ. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެންމެ ކުރީގައި ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާއެކު އެވެ. އެ ޓީމަށް 82 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ ނުވަ މެޗު އޮތްއިރު، 30 އަހަރަށްފަހު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ލިވަޕޫލަށް ދެން ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.

ޖަރުމަންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ގުންޑޮގާން ބުނީ ސީޒަން ކެންސަލް ކުރާނަމަ ލިވަޕޫލަށް ތަށި ދިނުން ހައްގު ކަމަށެވެ. އެކަމަކު ސީޒަން ކެންސަލް ކުރުމަކީ އެއްވެސް ޓީމަކުން ބޭނުންވާނެ ކަމެއް ނޫން ކަމަށާއި، ހުރިހާ ޓީމަކުންވެސް މިހާތަނަށް ވަރަށް ބުރަކޮށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ޔޫރަޕްގެ ގަދަ ފަސް ލީގުގެ ކުޅުންވެސް ވަނީ މެދުކަނޑާލާފައެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ޖަރުމަން ލީގުގެ އިތުރުން ފްރެންޗް ލީގެވެ. އަދި ޔުއެފާ އިން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގުވެސް ފަސްކޮށްފައެވެ.

އަންނަ ސީޒަން ފަށަން ކަނޑައަޅާފައިވާ މުއްދަތުގައި މި ސީޒަނުގެ ބާކީބައި ކުޅެވުމުގެ ފުރުސަތު މިހާރު ލިބިފައިވަނީ، ކުރިއަށް އޮތް ހޫނު މޫސުމަށް ތާވަލުކޮށްފައި އޮތް އޮލިމްޕިކްސް އާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރުމުންނެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ދާދި ފަހުން މިފަހަރުގެ ފުޓްބޯޅަ ސީޒަން ކެންސަލް ކުރުމަށް ގޮވާލާފައެވެ. އަދި ދާދި ފަހުން ޔުއެފާ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ސެފެރިން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަށް އަލުން ފަށަން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް ނުގޮސްފިނަމަ ފުޓްބޯޅަ ސީޒަން ގެއްލުމުގެ ބިރު އެބައޮތް ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

03 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!

03 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!
02 މާރިޗު 2017

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
27 ފެބުރުއަރީ 2017

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

27 ފެބުރުއަރީ 2017
މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި
16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް