Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ތުރުކީގެ ލެޖެންޑް ރުސްޓޫ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ އެޑްމިޓްކޮށްފި

މިހާރު އޭނާގެ ހާލު ގޯސްކަމަށް ރިޕޯޓުތައް ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 30 މާރިޗު 2020 | ހޯމަ 06:47
ތުރުކީގެ ގޯލްކީޕަރު ރުސްޓޫ ރެކްބާ

ތުރުކީގެ ގޯލްކީޕަރު ރުސްޓޫ ރެކްބާ

ތުރުކީގެ ގޯލްކީޕަރު ރުސްޓޫ ރެކްބާ ކޮރޯނާވައިރަހަށް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ، ހާލު ސީރިއަސްވުމުގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

ކުރިން ބާސެލޯނާ، ފެނަބާޗޭ އަދި ބެސެކްޓަސްއަށް ކުޅެފައިވާ އުމުރުން 46 އަހަރުގެ ރުސްޓޫ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީގެ ދެ ދުވަހެއް ކުރިންނެވެ. އަދި މިހާރު އޭނާގެ ހާލު ގޯސްވުމުގެ ސަބަބުން ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.

ރުސްޓޫގެ އަންހެނުން އައިސިލް ރެކްބާ ބުނީ ކުއްލިއަކަށް ރުސްޓޫގެ ހާލަތު ގޯސްވުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި އެއްވެސް ބައްޔަކަށް ބޭސްކުރަމުން ނުދާ މީހަކު އެހާ ބޮޑަށް ހާލު ސީރިއަސްވާނެ ކަމަށް ކުރިން ހީނުކުރާ ކަމަށެވެ.

ތުރުކީ ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ރުސްޓޫ އަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ތުރުކީން ތިންވަނަ ހޯދިއިރު، އެޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ބާސެލޯނާ އަށް ތިން އަހަރު ކުޅެދީ ކާމިޔާބީތަކެއް ހޯދި ރުސްޓޫ ކުޅުން ހުއްޓާލާފައިވަނީ 2012 ވަނަ އަހަރުއެވެ.

ތުރުކީގެ ގޯލްކީޕަރު ރުސްޓޫ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، މީގެ ކުރިން ތުރުކީގެ ގަލަތަސަރާއީގެ ކޯޗު ފާތިހު ތެރިމް އާއި ނައިބު ރައީސް އަބްދުލްރަހީމް އަލްބާރަކް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

މީގެ ކުރިން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ފުޓްބޯޅަ ކުޅުންތެރިންނާއި ބައެއް ކޯޗުން ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ތުރުކީގައިވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 9،217 އަށް އަރާފައެވެ. އަދި މި ވައިރަސް ޖެހިގެން ތުރުކީން 131 މީހަކު ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2020

ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

13 މާރިޗު 2020
ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
12 މާރިޗު 2020

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

12 މާރިޗު 2020
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
12 މާރިޗު 2020

ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

12 މާރިޗު 2020
ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
11 މާރިޗު 2020

ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

11 މާރިޗު 2020
ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
18 ޖެނުއަރީ 2020

އެފްއޭއެމްއާއި ކޮކާކޯލާ އަދި އެމްއެސްއެމް އިން ލެޖެންޑް ފުޓުބޯޅަ މެޗެއް މި މަހު 24 ގައި ބާއްވަނީ

18 ޖެނުއަރީ 2020
އެފްއޭއެމްއާއި ކޮކާކޯލާ އަދި އެމްއެސްއެމް އިން ލެޖެންޑް ފުޓުބޯޅަ މެޗެއް މި މަހު 24 ގައި ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު