Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗުކަމާއި ހަވާލުވާން ތައްޔާރު: ޒަވީ

ބާސާއިން ކުރިން ހުށަހެޅި ހުށަހެޅުމަށް ޒަވީ ވަނީ ދެކޮޅު ހަދާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 29 މާރިޗު 2020 | އާދީއްތަ 13:44
ޒަވީ ހެނާންޑޭޒް

ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗުކަމާއި ހަވާލުވާން މިހާރު ތައްޔާރުކަމަށް އެ ކްލަބުގެ ކުރީގެ ކުޅުންތެރިޔާ ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ޒަވީ ވަނީ މީގެ ކުރިން ބާސާގެ ކޯޗުކަމާއި ހަވާލުވާން ހުށަހެޅުމުން އެ ހުށަހެޅުމަށް ދެކޮޅު ހަދައިފައެވެ. އޭރު ޒަވީ ބުނަމުން އައީ ބާސާގެ ކޯޗުކަމާއި ހަވާލުވާން އަދި އަވަސް ކަމަށެވެ.

ޒަވީ ބުނީ އޭނާ ބާސާއަށް ބަދަލުވާން ބާސާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލްގެ އިތުރުން ބާސާގެ ޗީފް އެގްޒެކެޓިވް އޮސްކާ ގްރޫ އެދުނު ކަމަށާއި ނަމަވެސް އޭނާ މި އެއްބަސްވުމާއި ދެކޮޅު ހެދީކަމަށެވެ. ސަބަބަކީ ބާސެލޯނާ ކަހަލަ ބޮޑު ކްލަބެއްގެ ކޯޗުކަމާއި ހަވާލުވާން އަދި އަވަސް ވުމުން ކަމަށާއި، ނަމަވެސް ބާސާގެ ކޯޗު ކަމާއި ހަވާލުވުން އެއީ އޭނާގެ ހުވަފެނެއް ކަމަށެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޒަވީ ބުނީ ބާސާގެ ކޯޗު ކަމާއި ހަވާލުވުން އެއީ އަބަދުވެސް އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށާއި، އަދި އޭނާ މިހާރު ހުރީ ބާސާގެ ކޯޗު ކަމާއި ހަވާލުވާން ތައްޔާރަށް ކަމަށެވެ. ޒަވީ އިތުރަށް ބުނީ ބާސާއިން ކުރިން ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހެދީ އޭރު ބާސާއަށް ކޯޗު ކޮށްދެވޭނެ ފެންވަރު ނެތްކަމަށް އަމިއްލައަށް ގަބޫލުކުރާތީ ކަމަށާއި، ނަމަވެސް އެވިސްނުން ބަދަލުވެ މިހާރު ބާސާގެ ކޯޗު ކަމާއި ހަވާލުވެ ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މީގެ ދެމަސް ކުރިން ބާސާއިން ޒަވީއަށް ހުށަހެޅި ހުށަހެޅުމާއި ދެކޮޅު ހެދުމުން ބާސާއިން ވަނީ އެޓީމުގެ ކޯޗުކަމަށް ސެޓިއެން ހަމަޖައްސައިފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުންނަމަ، ބާސެލޯނާއިން ސެޓިއެން އާއި މަގާމު ހަވާލުކުރީ އޭނާ އަކީ ޒަމާނުއްސުރެ ބާސެލޯނާ ކުޅެމުން އަންނަ، ސްޓައިލް ދަންނަ އެޓޭކިން ސްޓައިލަށް ކުޅުވަމުން އަންނަ ކޯޗަކަށް ވުމުން ކަމަށެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އަބަދުވެސް ތައްޔާރުވަނީ މެޗަކަށްފަހު މެޗަކަށް: ސޮބާ

24 އެޕްރީލު 2017
އަބަދުވެސް ތައްޔާރުވަނީ މެޗަކަށްފަހު މެޗަކަށް: ސޮބާ
22 އެޕްރީލު 2017

ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ

22 އެޕްރީލު 2017
ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
30 މާރިޗު 2017

ޑެހެއާގެ ރިޕްލޭސްމަންޓަށް ޔުނައިޓުން ތައްޔާރުވަނީ

30 މާރިޗު 2017
ޑެހެއާގެ ރިޕްލޭސްމަންޓަށް ޔުނައިޓުން ތައްޔާރުވަނީ
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު