Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

އަންނަ އަހަރުގެ ޖުލައި މަހަށް އޮލިމްޕިލްސް ތާވަލުކޮށްފި

އޮލިމްޕިކްސް ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޖުލައި 23 އިން އޮގަސްޓް 8 އަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 މާރިޗު 2020 | ހޯމަ 13:39
އޮލިމްޕިކްސް 2020

އޮލިމްޕިކްސް 2020

މިއަހަރުގެ ހޫނު މޫސުމުގައި ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތް އޮލިމްޕިކް ގޭމްސް، އަންނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ތާވަލުކޮށްފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އޮލިމްޕިކް ގޭމްސް ފަސްކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމީ ގިނަ ގައުމުތަކުން އެކަމަށް ގޮވާލުމުންނެވެ. މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ.

އައިއޯސީ އިން ހޯމަ ދުވަހު ވަނީ އަންނަ އަހަރު ގޭމްސް ބާއްވާނެ ތާރީޚު ކަނޑައަޅާފައެވެ. އެގޮތުން އަންނަ އަހަރުގެ ޖުލައި 23 އިން އޮގަސްޓް 8 އަށް އޮލިމްޕިކްސް ބާއްވާއިރު، ޕެރަލިމްޕިކްސް ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޮގަސްޓް 24 އިން ސެޕްޓެމްބަރު 5 އަށެވެ.

2021 ވަނަ އަހަރަށް އޮލިމްޕިކްސް ފަސްކުރި ނަމަވެސް، އަންނަ އަހަރުގެ ގޭމްސްގައިވެސް ބޭނުންކުރާނެ ނަމަކީ "އޮލިމްޕިކްސް 2020" އެވެ.

އޮލިމްޕިކްސް ބާއްވަން ކުރިން ހަމަޖެހިފައި އޮތް ތާރީޚުގައި ގޭމްސް ބޭއްވޭނެ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އެންމެ ފުރަތަމަ ވިދާޅުވުމުން، އެކަމާ ގުޅިގެން ގިނަ ގައުމުތަކުގެ އޮލިމްޕިކްސް އޯގަނައިޒަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މި ތާރީޚުގައި އޮލިމްޕިކްސް ބާއްވާނަމަ، މި ގޭމްސްގައި ވާދަނުކުރަން ކެނެޑާ އާއި އޮސްޓްރޭލިއާއިން ވެސް ނިންމި އެވެ. އެހެންކަމުން އައިއޯސީގެ ރައީސް ވަނީ ޖަޕާން ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށްފަހު ގޭމްސް ފަސްކުރަން ނިންމާފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން މިހާތަނަށް ކޮވިޑް-19 ފެނިފައިވާއިރު، ޖަޕާނުގައި މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ވައިރަސް ޖެހިފައެވެ. އަދި އެ ގައުމުން މި ބަލީގައި މިހާތަނަށް 54 މީހަކު ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު